Roadha Mihaaru
ހިޔާ ފްލެޓްގެ ކުދިންނަށް ސްކޫލް ބަސް ހަމަޖައްސަނީ

ހިޔާ ފްލެޓަށް ބަދަލުވާ ދަރިވަރުންނަށް މާލޭގެ ސްކޫލްތަކަށް އާދެވޭ ގޮތް ހަމަޖައްސާނަން: މިނިސްޓަރު

24 ނޮވެމްބަރ 2021

ހުޅުމާލޭގެ ހިޔާ ފްލެޓްތަކަށް ބަދަލުވާ އާއިލާތަކުގެ ދަރިވަރުންގެ ތެރެއިން، ހުޅުމާލޭގެ ސްކޫލްތަކުން ޖާގަ ނުލިބޭ ދަރިވަރުން، މިހާރު ވެސް ތިބި ސްކޫލްތަކަށް ދެވޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސާނެ ކަަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހުޅުމާލޭގެ ހިޔާ ފްލެޓްތަކަށް ބަދަލުވާ އާއިލާތަކުގެ ދަރިވަރުންގެ ތެރެއިން، ހުޅުމާލޭގެ ސްކޫލްތަކުން ޖާގަ ނުލިބޭ ދަރިވަރުން، މިހާރު ވެސް ތިބި ސްކޫލްތަކަށް ދެވޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސާނެ ކަަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބުު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ހިޔާއަށް ބަދަލުވާ އާއިލާތަކުގެ ކުދިން މިހާރު ކިޔަވާ ސްކޫލްތަކަށް ދެވޭ ގޮތް ހަމަޖެއްސުމުގެ އިތުރުން، ހުރަވީ ސްކޫލުން ވެސް 1،500 ކުދިންނަށް ޖާގަ ލިބޭނެ ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި މިހާރު އެއް ދަންފަޅިއަށް ކިޔަވައިދޭ ހުރަވީ ސްކޫލް ދެ ދަންފަޅިއަށް ބަދަލުކޮށްގެން އިތުކުރެވޭނެ ޖާގަ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދެވަނަ ފިޔަވަހީގައި ސްކޫލްތައް އެޅެންދެން އޮތް އިންތިޒާމަކީ ކޮބައިތޯ މެމްބަރު ސުވާލުކުރެއްވުމުންނެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ މާލޭ ސްކޫލްތަކުން އެކޮޅަށް ދާ ކުދިންނަށް ހަމަ މިނީ ބަސް ބާއްވައިގެން، ބަހުގެ ޒަރިއްޔާއިން އެކުދިން މިހާރު އުޅޭ ސްކޫލަށް އަައުމުގެ ފުރުސަތު ދިނުން،" އައިޝަތު އަލީ ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. އޭނާ ވިދާޅުވީ ހިޔާ ފްލެޓަށް ބަދަލުވާ ކުދިން މާލޭގެ ސްކޫލްތަކަށް އަންނަން ސަރުކާރުން، މިނީބަސް ހަމަޖައްސައިދޭނެ ކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

މިނިސްޓަރު ވިދާޅުވި ގޮތުގައި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްކޫލްތައް އެޅުމުގެ ގިނަ މަސައްކަތްތަކެއް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. ސަލާހުއްދީން ސްކޫލްގެ ނަމުގައި އަޅާ ސްކޫލްގެ މަސައްކަތް މިހާރު ވެސް ފަށައިގެން ކުރިއަށް އެބަދާކަމަށާއި އާރްސީސީއާ ހަވާލުކޮށްގެން ކޮންޓްރެކްޓަ ފައިނޭންސިން އުސޫލުން ވެސް ސްކޫލެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަދި އިތުރު ދެ ސްކޫލަަކަށް އަޅުގަނޑުމެން މިހާރު ވަނީ ކޮންޓްރެކްޓާ ފައިނޭންސިންއަށް އިއުލާނު ވެސް ކުރެވިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފޭސްގައި ހިންގި ހިޔާ ޕްރޮޖެކްޓްގެ ދަށުން އެޅި ފްލެޓްތައް ލިބުނު ބައެއް އާއިލާތައް މިހާރު ވަނީ އެ ފްލެޓްތަަކަށް ބަދަލުވެފަ އެވެ. މިނިސްޓަރާ ސުވާލުކުރައްވަމުން ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ގާތްގަނޑަކަށް 800 ޔުނިޓަށް މިހާރު ވެސް މީހުން ގޮސްފައިވާ ކަމަށެވެ. އަދި އަންނަ ޑިސެމްބަރު މަސް ނިމޭ އިރުު 1،500 ވަރަކަށް ފްލެޓަށް މީހުން ވަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.