15 ނޮވެމްބަރ 2021
ޑްރަގްގެ ވަބާއިން މި ޖީލު ސަލާމަތްކުރުމަށް ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގަން ރާއްޖޭން ބޭރުގެ ފަރާތްތަަކަށް ފުރުސަތު ދޭން އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ގޮވާލައްވައިފި އެވެ.
ޑްރަގްގެ ވަބާއިން މި ޖީލު ސަލާމަތްކުރުމަށް ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގަން ރާއްޖޭން ބޭރުގެ ފަރާތްތަަކަށް ފުރުސަތު ދޭން އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ގޮވާލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަޖެޓް ބަހުސްގައި ހަސަން ވިދާޅުވީ މަސްްތުވާތަކެތިން މީހުން ސަލާމަތްކުރަން ކުރާ މަސައްކަތުގައި ސަރުކާރުގެ ސިޔާސަަތަށް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމަށެވެ. އިންސާނީ ވަސީލަތްތައް ރާއްޖޭގައި ހުރި ގޮތުން އެއީ ދިވެހިންނަށް ކުރެވިދާނެ ކަމެއްގެ ގޮތުގައި ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ކުރަން ދަތި، ކުރަން ނޭނގޭ ކަންތައްތައް އަދި ކުރަން އުނދަގޫ ކަންތައްތައް އަބަދުވެސް ކުރަނީ ބޭރުގެ ފަރާތްތަކުގެ އެހީގައި. އަޅުގަނޑު މި ދަންނަވާ އެހީގެ ވާހަކަ އަކީ ބޭރުގެ ފަރާތްތަކުން މި ތަނުގައި ރިހެބް ސެންޓަރުތައް ހިންގުމުގެ ވާހަކަ،" ހަސަން ވިދާޅުވި އެވެ.
ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ރިހެބިލިޓޭޝަންތައް ހިންގުމުގެ ފުރުސަތު ވަރަށް އަވަހަށް ނުދީފިއްޔާ ކުރިއަށް އޮތް ޖީލު ސަލާމަތް ކުރެވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބަޖެޓަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން އަންނަ އަހަރު ވެސް އެކަން ކުރިއަށް ގެންދަން އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ ޒުވާން ޖީލު މަސްތުވާތަކެތިން ސަލާމަތްކުރަން ހާއްސަ މަސަައްކަތްތަކެއް ސަރުކާރުން ކުރަން ޖެހޭ ކަމަށާއި އެހެން ނޫނީ ކުރިއަށް އޮތް ޖީލު ވެސް ސަލާމަތް ނުކުރެވޭނެ ކަމަށެވެ.
މަސްތުވާތަކެތިން މީހުން ސަލާމަތްކުރުމަށް ނެޝަނަލް ޑްރަގް އެޖެންސީއަށް 129 މިލިޔަން ރުފިޔާ ދޭން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައި އެބަ އޮތެވެ. އޭގެ ތެރެއިން 117 މިލިޔަން ރުފިޔާ އަކީ މަސްތުވާތަކެތި ބޭނުންކުރަން ފެށުން ހުއްޓުވަން (ޕްރިވެންޝަން) އަށް ކުރާ މަސައްކަތްތަކަށާއި މީހުންނަށް ފަރުވާ ދިނުމަށް ކުރާ މަސައްކަތްތަކަށް ކަނޑައަޅާފައިވާ ފައިސާ އެވެ.
ނަމަވެސް ރާއްޖޭގައި އިންސާނީ ވަސީލަތްތައް ހުރި ގޮތުން އެ މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ހަސަން ވިދާޅުވި އެވެ.
ބޮޑު ހިޔާނާތުގެ ފުރިހަމަ ރިޕޯޓެއް ބޭނުން: އީވާ
ހަމަލާގެ މައްސަލައަށް ސަމާލުކަން ކުޑަވުމުގެ ޝަކުވާކޮށްފި
އަންނަ އަހަރުގެ ބަޖެޓް ކުދި ބަދަލުތަކާ އެކު ފާސްކޮށްފި
ސިޔާސަތުތައް ޕާޓީގެ ތަސައްވަރާ އެއްގޮތެއް ނޫން: ހަސަން
ކުންފުނިތައް ގިނަކުރަނީ ފައްޔާޒަށް ބާރު ދިނުމަށް
ބަޖެޓަކީ ޅޮސް ލަކުޑި ކަމަށް ނަޝީދު ސިފަކުރައްވައިފި
ބަޖެޓް ބަހުސަށް ޖަލްސާތައް ދިގުދަންމާލައިފި
ހަސަން އާއި ޝިފާޒް ބައިވެރިވާން ކައުންސިލުން ފާހެއްނުވި
ފައްޔާޒު އެކަހެރިވެވަޑައިގަތުމަށް ނަޝީދު އެދިވަޑައިގެންފި
ކޮރަޕްޝަން ހުއްޓުވަން ސަރުކާރުން އިސްނަގަންޖެހޭ: ހަސަން