12 ނޮވެމްބަރ 2021
ދާދި ފަހުން ތާލިބާނުންގެ އަތްދަށަށް ގައުމު ދިއުމާ އެކު އަފްގާން ދޫކޮށްދާން ބޭނުންވި މީހުން ގައުމުން ބޭރަށް ގެންދަން ވައިގެ މަގުން ހިންގި އޮޕަރޭޝަންތަކަށް ބިނާކޮށް ހަދާ ފިލްމެއްގައި ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ޓޮމް ހާޑީ އާއި ޝަނިން ޓޭޓަމް މަސައްކަތްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ދާދި ފަހުން ތާލިބާނުންގެ އަތްދަށަށް ގައުމު ދިއުމާ އެކު އަފްގާން ދޫކޮށްދާން ބޭނުންވި މީހުން ގައުމުން ބޭރަށް ގެންދަން ވައިގެ މަގުން ހިންގި އޮޕަރޭޝަންތަކަށް ބިނާކޮށް ހަދާ ފިލްމެއްގައި ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ޓޮމް ހާޑީ އާއި ޝަނިން ޓޭޓަމް މަސައްކަތްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ދެ ތަރިން ޕްރޮޑިއުސަރުންގެ ގޮތުގައި ވެސް ހިއްސާވާ ފިލްމު ހަދަން ނިންމާފައި ވަނީ ޔުނިވާސަލް ޕިކްޗާޒްއާ ގުޅިގެންނެވެ. ޑެޑްލައިނުން ބުނެފައިވާ ގޮތުގައި ފިލްމުގެ ވާހަކަ ބިނާކުރަނީ އެމެރިކާގެ ސްކްރީން ރައިޓަރު/ޑައިރެކްޓަރު ޖޯޖް ނޯލްފީ، އަފްގާން އެވަކްއޭޝަނަށް ބިނާކޮށް ލިޔެފައިވާ ސްކްރީންޕްލޭއަކަށެވެ.
އޭނާ އެކްޒެކެޓިވް ޕްރޮޑިއުސަަރެއްގެ ގޮތުގައި ވެސް ބައިވެރިވާ މި ފިލްމު ޑައިރެކްޓް ވެސް ކުރާނެ އެވެ. އެކަމަކު އަދި ފިލްމުގެ މަސައްކަތް ފަށާނެ އިރެއް ހާމައެއް ނުކުރެ އެވެ. ޖޯޖް އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ މިދިޔަ އަހަރުގެ މާޗްގައި އެޕަލް ޕްލަސް އިން ޕްރީމިއާކުރި "ދަ ބޭންކާ" އެވެ. އޭނާ އަކީ 2011 ގެ "ދި އެޖަސްޓްމަންޓް ބިއުރޯ" އިން ޑައިރެކްޝަނަށް ނުކުތް މީހެކެވެ.
EXCLUSIVE: Channing Tatum and Tom Hardy are attached to star in George Nolfi-scripted Afghanistan evacuation pic for Universal https://t.co/ENfeA93cdH
— Deadline Hollywood (@DEADLINE) November 9, 2021
އަފްގާނިސްތާނަށް ޖެހުނު ހާލާ ގުޅިގެން ގައުމު ދޫކޮށް އެތައް ބަޔަކު ދޫކޮށް ދިޔަ އިރު، އެކި ގައުމުތައް ގުޅިގެން މީހުން ގައުމުން ބޭރަށް ގެންދިއުމުގެ މަސައްކަތް ކޮށްފައިވެ އެވެ. މީގެ ތެރޭގައި ވަރަށް ހިތްދަތި އެތައް ހާދިސާއެއް ވެސް ހިނގައި، މުޅި ދުނިޔޭގެ ސަމާލުކަމަށް އަފްގާން އެވަކްއޭޝަންގެ ވާހަކަ އަ އެވެ.
އެއަށް ބިނާކޮށް ހަދާ ފިލްމު ކުޅެން ހާޑީ އާއި ޓޭޓަމް ތައްޔާރުވާ އިރު، ހާޑީ، 44، ގެ އެންމެ ފަހުގެ ފިިލްމަކީ މިދިޔަ މަހު ރިލީޒްކުރި "ވެނަމް: ލެޓް ދެއާ ބީ ކާނޭޖް" އެވެ. ޖޭމްސް ބޮންޑްގެ ރޯލު ވެސް ދެން ދީފާނެ ކަމަށް ބެލެވޭ އެކްޓަރުންގެ ތެރޭގައި ހިމެނޭ ހާޑީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ހެވޮކް" ހިމެނެ އެވެ.
އޮގަސްޓްގައި ރިލީޒްކުރި ރަޔަން ރެނޮލްޑްސްގެ "ފްރީ ގާއި" ގެ ހާއްސަ ފެނިލުމަކުން ފެނުނު ޓޭޓަމް، 41، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޑޯގް"، "ދަ ލޮސްޓް ސިޓީ އޮފް ޑީ" އަދި "ސްޕޭސްމޭން" ހިމެނެ އެވެ.
ޑެންޒެލް "ދި އީކުއަލައިޒާ 3" އަށް ތައްޔާރު ވަނީ
ހިޗްކޮކްގެ "ޓު ކެޗް އާ ތީފް" އަލުން ހަދަނީ
ޓޭޓަމްގެ "މެޖިކް މައިކް 3" ކަށަވަރު
ޑިޒްނީގެ ބާނީ އަށް އެ ސްޓޫޑިއޯ އިން ފިލްމެއް ހަދަނީ
ރޮކްގެ "ޖަންގަލް ކްރޫޒް" ގެ ވާހަކަ ދެވަނަ ބަޔަކަށް
ޑޭމަން އާއި އެފްލެކްގެ ސްކްރީންޕްލޭއެއް
ޑައިރެކްޓަރު ޓެރަންޓީނޯ ދެ ފޮތެއް ނެރެނީ
ގޯލްޑެން ގްލޯބްސްގެ ކުރީގައި "އެމިލިއާ ޕެރޭޒް"
"ގޭމް އޮފް ތުރޯންސް"ގެ ފިލްމެއް އުފައްދަނީ
ކްރިސްޓޮފާ ނޯލަންގެ ވެމްޕަޔާ ފިލްމަކަށް ޓޮމް ހޮލެންޑް