ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގެ ލެބޯޓަރީގައި ލޭގެ ޓެސްޓު ހައްދަން ބޭނުންކުރާ މެޝިންތަކުގައި މައްސަލަ ޖެހުނީ އެތަނުގެ ކޫލިން ސިސްޓަމަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
09 ނޮވެމްބަރ 2021
ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގެ ލެބޯޓަރީގައި ލޭގެ ޓެސްޓު ހައްދަން ބޭނުންކުރާ މެޝިންތަކުގައި މައްސަލަ ޖެހުނީ އެތަނުގެ ކޫލިން ސިސްޓަމަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
"ކުރިން ލަފާކޮށްފައި ނެތް މައްސަލައެއް" ދިމާވެގެން އައިޖީއެމްއެޗުން ލޭގެ ޓެސްޓުތައް ހެދުން ވަގުތީ ގޮތުން މަޑުޖައްސާލީ އިއްޔެ އެވެ.
އެނގިފައިވާ ގޮތުގައި، ލޭގެ ޓެސްޓު ހެދުން ހުއްޓާލަން ޖެހުނީ އެ ޓެސްޓު ހަދަން ބޭނުންކުރާ އެލިނިޓީ ސީއެލް މެޝިންތައް އަމިއްލަ އަށް ނިވޭތީ އެވެ. އެ މައްސަލަ އިތުރަށް ބެލުމުން އެނގުނީ އެ މެޝިންތައް އަމިއްލަ އަށް ނިވެނީ ކޫލިން ސިސްޓަމްތައް ވެސް ހަލާކުވެގެން ނުޖައްސާ ހުންނާތީ ހޫނު ބޮޑުވެގެންނެވެ.
"މެޝިންތައް ހޫނު ބޮޑުވެގެން އަމިއްލަ އަށް ނިވޭކަން އަޅުގަނޑުމެންނަށް ކުރިން އެނގިފައެއް ނެތް. މިހާރު ދަނީ އެ މައްސަލަ ހައްލުކުރަމުން،" އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން "މިހާރު"ން ސުވާލުކުރުމުން އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ސިރާޖު މިއަދު ވިދާޅުވީ ދިމާވި މައްސަލަ ހައްލުކުރުމަށް ހުއްޓުމެއްނެތި މަސައްކަތްކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އެ ހިދުމަތް ދޭން ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އެކި ޓެސްޓްތައް ހަދަން އައިޖީއެމްއެޗްގެ ލެބަށް ދުވާލެއްގެ މައްޗަށް ހާހަކަށް ވުރެ ގިނަ މީހުން ދެ އެވެ. އަދި އަތޮޅުތަކުގެ ތެރޭގައި ލެބް ނުހުންނަ ހެލްތު ސެންޓަރުތަކުން ވެސް ޓެސްޓުތައް ހަދަން ފޮނުވާނީ އައިޖީއެމްއެޗަށެވެ.
އައިޖީއެމްއެޗްގެ ފިޔަވައި، މާލެ ސަރަހައްދުގައި ހިލޭ ލޭގެ ޓެސްޓު ދެން ހެދޭނީ ހުޅުމާލެ ހޮސްޕިޓަލުންނެވެ.
"ކިއު ކުޑަވާނީ ސްޕެޝަލިޓީގެ އިތުރު ހޮސްޕިޓަލްތައް އަޅައިގެން"
350 ޑޮކްޓަރުން ޚިދުމަތަށް ނެރެފިން: މިނިސްޓަރު
"ގައުމީ ކަމެއް، އެތައް ބައެއްގެ ފުރާނަ ސަލާމަތް ވާނެ"
ބ.އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ހިދުމަތް ފަށައިފި
ބ.އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތް އެޅުން އާރުޑީސީއަށް
އައިޖީއެމްއެޗުގެ އޯޕީޑީ ގޭޓު ވަގުތީ ގޮތުން ބަންދުކުރަނީ
ބަލިމީހުންނަށް އެހީތެރިވެ،މަރުހަބާ ކިޔާނެ މީހުން ހޯދަނީ
އައިޖީއެމްއެޗުގައި އާ ހިދުމަތްތަކެއް މި އަހަރު ފަށަނީ
ނަފްސާނީ ބަލީގެ ހޮސްޕިޓަލް ގަމުގައި އަޅަން ފަށަނީ
ވިލިމާލެ ހޮސްޕިޓަލް ވަގުތީ ގޮތުން އެހެން އިމާރާތަކަށް