08 ނޮވެމްބަރ 2021
ސޫދާންގައި އޮތް މަދަނީ އިންތިގާލީ ސަރުކާރު އުވާލައި، ސިފައިން އެ ގައުމުގެ ވެރިކަމުގެ ބާރުތައް އަތުލި މައްސަލައިގައި އެ ގައުމުގެ ސިޔާސީ ފަރާތްތަކުން ކުރަމުން އަންނަ މުޒާހަރާތަކުގެ ތެރެއިން އިއްޔެ ބޭއްވި މުޒާހަރާ ރޫޅާލައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފި އެވެ.
ސޫދާންގައި އޮތް މަދަނީ އިންތިގާލީ ސަރުކާރު އުވާލައި، ސިފައިން އެ ގައުމުގެ ވެރިކަމުގެ ބާރުތައް އަތުލި މައްސަލައިގައި އެ ގައުމުގެ ސިޔާސީ ފަރާތްތަކުން ކުރަމުން އަންނަ މުޒާހަރާތަކުގެ ތެރެއިން އިއްޔެ ބޭއްވި މުޒާހަރާ ރޫޅާލައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފި އެވެ.
ވެރިރަށް ޚުރުތޫމްގައި އިއްޔެ ބޭއްވި މުޒާހަރާ ސިފައިންނާއި ފުލުހުން ބާރުގެ ބޭނުންކޮށްގެން ރޫޅައިލި އިރު، މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ވަރަށް ގިނައިން ކަރުނަގޭސް ޖެހި ކަމަށްވެ އެވެ. އަދި ސޫދާންގެ އުތުރު ސަރަހައްދުގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވެގެން ކުރި މުޒާހަރާ ރޫލައިލީ ވެސް ކަރުނަގޭސް ޖަހައި ބާރުގެ ބޭނުންކޮށްގެން ކަމަށް، އެ ސަރަހައްދުގައި ހުރި ބީބީސީގެ ރިޕޯޓަރު މައުލޫމާތު ދެ އެވެ.
އަސްކަރީ ވެރިކަމާ ދެކޮޅު ހެދުމުގެ ގޮތުން، ފަންނީ ދާއިރާތަކުގެ ވަޒީފާތަކަށް އިއްޔެ އާއި މިއަދު ނުނިކުތުމަށް ސަރުކާރުގެ މުވައްޒަފުންނަށް ވަނީ ގޮވާލައިފަ އެވެ. އޭގެ ތެރޭގައި ސްކޫލްތަކުގެ ޓީޗަރުންނާއި ސިއްހީ ދާއިރާގައި ވަޒީފާ އަދާކުރާ ޑޮކްޓަރުންނާއި ނަރުހުން ހިމެނެ އެވެ.
ސިފައިންގެ ވެރިކަމާ ދެކޮޅަށް އާންމު ރައްޔިތުން ފަށާފައިވާ މަދަނީ ބަސްނޭހުމުގެ ހަރަކާތްތައް ފުޅާވެ ދިގުލައިގެން ދަނިކޮށް، އަސްކަރީ ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހު އަލް ބުރުހާން އިއްޔެ ވަނީ، އެ ގައުމުގެ ސަރުކާރުގެ ހުރިހާ ބޭންކުތަކެއްގެ މެނޭޖަރުން މަގާމުން ދުރުކޮށްފަ އެވެ.
ސިޔާސީ ފަރާތްތަކުގެ ގޮވައިލުމަށް އިޖާބަދީ، އަސްކަރީ ވެރިކަމާ ދެކޮޅު ހެދުމުގެ ގޮތުން، މިދިޔަ ހުކުރު ދުވަހުން ފެށިގެން ގިނަ އަދަދެއްގެ ފިހާރަތައް ވެސް ވަނީ ބަންދުކޮށް ވިޔަފާރިތައް މެދުކަނޑާލައިފަ އެވެ. ހުކުރު ދުވަހު މުޒާހަރާ އަށް ނުކުތް ގިނަ އަދަދެއްގެ މީހުން، މަގުތަކުގައި ހުރަސްތައް ބަހައްޓައި، ސިފައިންނަށް ދަތުރު ނުކުރެވޭނެހެން މަގުތައް ވަނީ ބަންދުކޮށްފަ އެވެ.
މުޒާހަރާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އެމީހުންގެ ގެއަށް ވަންނާނީ ސިފައިންގެ ވެރިކަން ނިމުމަކަށް ގެނެސް މަދަނީ ސަރުކާރަކާ ވެރިކަން ހަވާލު ކުރުމުންނެވެ. އަދި މިހާރު ވެރިކަމުން ދުރުކޮށްފައި ހުންނެވި ކުރީގެ ބޮޑުވަޒީރު މަހްމޫދު ހަމްދޫކު އަލުން އެ މަގާމަށް އައްޔަން ކުރުމަށް ވެސް، މުޒާހަރާގެ ބައިވެރިން ދަނީ އަސްކަރީ ސަރުކާރަށް ބާރު އަޅަމުންނެވެ.
ސޫދާންގެ ފަނޑިޔާރުން ވެސް މަދަނީ ބަސްނޭހުމަކަށް
ސޫދާންގެ މަދަނީ ބަސްނޭހުން ފުޅާކުރަނީ
ސޫދާން ސަރުކާރަށް އެހީވެގެން ނުވާނެ: އާންމުން
އިންތިހާބަށް ފަހު ސިފައިން ސިޔާސީ ކަންކަމާ ދުރުވާނެ
ސޫދާންގެ ސިޔާސީ ގައިދީން ދެ ދުވަސްތެރޭ މިނިވަންކުރަނީ
ސޫދާންގެ މުޒާހަރާތަކުން ފަސް މީހަކު މަރާލައިފި
މަދަނީ ސަރުކާރެއްގައި ބައިވެރިއެއް ނުވާނަން: ބުރުހާން
ސޫދާންގެ މުޒާހަރާތަކުގައި ތިން މީހަކު މަރުވެއްޖެ
ސޫދާންގެ އަސްކަރީ ސަރުކާރަށް ފިއްތުން އިތުރުވަނީ
ހާލުގައި ޖެހިފައިވާ ލަންކާ އަށް ރަޝިޔާގެ ތެޔޮ