ނުވަދިހައިގެ އަހަރުތަކުގައި، ދަރިމައިވުމުގެ ރޭޓް ރާއްޖޭގައި ހުރީ 7.4 ގަ އެވެ. މިއީ ރާއްޖެއަށް އެކަށީގެން ނުވާ ވަރުގެ އާބާދީއެއް އުފެދި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ބައްލަވައި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މުޅި ރާއްޖޭގައި އާބާދީ މަދުކުރުމުގެ ޕްރޮގްރާމެއް ފައްޓަވައި، އެންމެ ބޮޑަށް އާބާދީ ކޮންޓްރޯލްކުރާ ރަށްރަށަށް އިނާމު ދެއްވަން ވެސް ފެއްޓެވި އެވެ.
20 މާޗް 2025
ނުވަދިހައިގެ އަހަރުތަކުގައި، ދަރިމައިވުމުގެ ރޭޓް ރާއްޖޭގައި ހުރީ 7.4 ގަ އެވެ. މިއީ ރާއްޖެއަށް އެކަށީގެން ނުވާ ވަރުގެ އާބާދީއެއް އުފެދި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ބައްލަވައި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މުޅި ރާއްޖޭގައި އާބާދީ މަދުކުރުމުގެ ޕްރޮގްރާމެއް ފައްޓަވައި، އެންމެ ބޮޑަށް އާބާދީ ކޮންޓްރޯލްކުރާ ރަށްރަށަށް އިނާމު ދެއްވަން ވެސް ފެއްޓެވި އެވެ.
އެ ދުވަސްވަރަކީ ދ. އަތޮޅުގެ ވެރިއަކަށް އޭރު ހުންނެވި އިސްމާއިލް އަފީފު އެ ދުވަސްވަރު މާލޭގައި ހުންނަވަނިކޮށް ރައީސް އޮފީހަށް ގެންދަވައި މައުމޫން ބައްދަލުކުރެއްވި އެވެ. އެދިވަޑައިގަތީ ރާއްޖޭގެ އާބާދީ ކޮންޓްރޯލްކުރުމަށް ފަށާފައިވާ ކެމްޕެއިން ކުޑަހުވަދޫ އާއި މުޅި ދ. އަތޮޅުގައި ވެސް ކުރިއަށް ގެންގެންގޮސް ދިނުމަށެވެ.
އެކަމަކު އޭރު ވެސް އެއީ އާބާދީ މާ ބޮޑު އަދި އާބާދީ އިތުރުވާ ރޭޓް ވެސް ރާއްޖޭގެ ނިސްބަތުން މާ މަތީ ރަށެއް ނޫނެވެ.
އެކަމަކު އެނބުރި ރަށަށް ވަޑައިގެން، މި ރަށުގައި ހުންނަ އަތޮޅު ހެލްތު ސެންޓަރާ ގުޅިގެން މައުލޫމާތު ދިނުމުގެ ބައްދަލުވުންތައް ފެއްޓެވި އެވެ. އެކަމުގައި އެހެން ރަށްރަށަށް ވެސް ވަޑައިގަތެވެ.
ކުޑަހުވަދޫގެ ޓާފް ދަނޑުގައި ބަޔަކު މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އަފީފް ވިދާޅުވީ ހެލްތު ސެންޓަރު ހިންގުމުގެ އިސްވެރިއަކަށް އޭރު ހުންނެވި ހަފީޒާ އަލީއާ އެކު 90 ގެ ކުރީކޮޅު އެކި ރަށްރަށަށް ދަތުރުކޮށް މީހުންނަށް ކިޔައިދޭން ޖެހުނީ އާބާދީ ކޮންޓްރޯލްކުރުމުން ލިބޭ ފައިދާތަކެވެ. އެއް އާއިލާއެއްގައި ގިނަ މީހުން ތިބުމުގެ ސަބަބުން ދިމާވާ ދަތިތަކަކީ ވެސް، އެ ކެމްޕެއިންގައި އާއްމުންނަށް ވިސްނައިދޭން ޖެހުނު ކަންތައްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އޭރު ވެސް ވެރިކަން ކުރަމުން ދިޔަ ކުޑަހުވަދޫގެ މީހުން އެކަމާ ދެކޮޅު ހެދި އެވެ. އެ މީހުން ގަބޫލުކުރީ، އަފީފް ވިދާޅުވި ގޮތުގައި އާބާދީ ކުޑަވުމުން ތަރައްގީއަށް ކުރިއެރުން ލިބެން ހުރަސްތައް އެޅޭނެ ކަމަށެވެ.
އާބާދީ މަދުކުރަން ކެމްޕެއިން ހިންގަން ޖެހުނަސް މި ރަށް އަދި އަތޮޅުގެ އެހެން ރަށްރަށުގެ އާބާދީ ވަކި ބޮޑެއް ނޫނެވެ.
"އާއިލާއެއްގައި މިސާލަކަށް ކުދިންތަކެއް ތިއްބަސް އެ ދުވަސްވަރު އެހާ ގިނަ ކުދިން ތިބޭ އާއިލާ ވަރަށް މަދުވާނެ. އެހެންވީމަ، ލިބޭ އާމްދަނީން ދެކޮޅު ޖެހިގެން، ފުދިގެން އުޅޭ ރަށަކަށް ކުޑަހުވަދޫ ވެފައި އޮތީ. ތަރައްގީގެ ގޮތުން ވެސް ލިބޭ އެއްޗަކުން ގެދޮރު ހެދުމުގެ ކަންކަން ކުރިއަށްގެންދަން ފުރުސަތު ލިބޭ އޭރު. ކިޔަވައިދިނުމުގައި ވެސް ސްކޫލަށް ގެންދަން ފޮތް އެއްޗެހި ނުލިބިގެން އުޅުން ތަންކޮޅެއް މަދުވާނެ އޭރު." އަފީފް، 71، ވިދާޅުވި އެވެ.
ސަރުކާރުން ދިޔައީ އެ ކެމްޕެއިންގެ ނަމްބަރުތައް ބަރާބަރަށް ބަލަހައްޓަމުންނެވެ. އޭގެ ތެރެއިން، ވަކި ކެޓަގަރީއަކުން އާބާދީ ކޮންޓްރޯލްކުރުމުން އޭގެ ރަމްޒީ އިނާމެއްގެ ގޮތުގައި ދިނީ ޓީވީއެކެވެ. އަފީފް ވިދާޅުވީ 90ގެ ކުރީކޮޅު ޖެހިޖެހިގެން ތިން އަހަރު، އެ ކެޓަގަރީން ކުޑަހުވަދުއަށް ޓީވީ ލިބުނު ކަމަށެވެ.
ދ. ކުޑަހުވަދޫގެ މަގެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު
އެ ޓީވީ ލިބުނީ މި ރަށުގެ ރަށު އޮފީހަށެވެ. އެކި ބޭނުންތަކުގައި އެ ޓީވީތައް އޭރު ބޭނުން ވެސް ކުރި އެވެ.
އާބާދީ ކޮންޓްރޯލްކުރަން ކެމްޕެއިނެއް ހިންގަން ޖެހުނަސް، މި ރަށުގެ ތަރައްގީއަށް، ކާތިބުކަމުން ފެށިގެން އަތޮޅުވެރިޔާގެ އެހީތެރިޔާކަން ވެސް ގިނަ އަހަރުތަކެއް ވަންދެން ފުރުއްވި އަފީފަށް ފެނިވަޑައިގަތީ އެހެން ކަމެކެވެ. އޭނާއަށް ގަބޫލުކުރެއްވުނީ އާބާދީ އެއްފަސްކުރުމަކީ ރަނގަޅު، ހެޔޮ ބަދަލަކަށް ވާނެ ކަމަށެވެ. އެ ވިސްނުމުގައި، ސުނާމީގައި އެންމެ ގެއްލުންވި ރަށްރަށުގެ މީހުން މި ރަށަށް ބަދަލުކުރަން ތިން ފަހަރެއްގެ މަތިން ރަށުގެ އާއްމުންނާ ބައްދަލުކުރެއްވި އެވެ.
ގިނަ މީހުން ބޭނުންވީ އެ މީހުން މި ރަށުގައި ބައިތިއްބާށެވެ. ނަތީޖާ މިހާރު އެ އޮތީ ފެންނާށެވެ. ތަފާސްހިސާބުތަކަށް ބަލާއިރު 2000 ވަނަ އަހަރު ކުޑަހުވަދޫގެ އާބާދީއަކީ 1،232 އެވެ. އޭގެ ހަ އަހަރު ފަހުން އެ އަދަދު ވަނީ 1،639 އަށް އިތުރުވެފަ އެވެ.
މިހާރު މި ރަށުގެ ރަޖިސްޓްރީގައި 3،600 މީހުން އެބަތިއްބެވެ. އެކަމަކު، ދިރިއުޅޭ އާބާދީ 5،000 އަށްވުރެ އިތުރެވެ.
އާބާދީ ކޮންޓްރޯލް ކުރުމުގެ ކެމްޕެއިނަށް އެތައް އަހަރެއް ފަހުން، އެންމެ ފަހުން 2022 ގައި ހެދި ބޯހިމެނުމުގެ ނަތީޖާ އިން ދައްކަނީ ދަރިމައިވުމުގެ ރޭޓަކީ 1.7 ކަމަށެވެ. މާނައަކީ، މިހާރު ހޯދަނީ ދެ ކުދިންނަށް ވުރެ މަދުންނެވެ. މިހާރު އޮތީ އާބާދީ އިތުރުވުން މާ ބޮޑަށް ދަށްވެ ދޮށީ އުމުރުގެ އާބާދީއާ އެކު މުޅި މަންޒަރު އަނެއް ކޮޅަށް ބަދަލުވެ ކަންބޮޑުވާން ޖެހޭ ހިސާބަށް ގޮސްފަ އެވެ.
ދަރިންނަށް ކިޔަވައިދޭން އެންމެ އުތުރުން ކުޑަހުވަދު އަށް
ދާލުގެ ހިތުގައި މި ފަށަނީ ޓޫރިޒަމްގެ ވިންދު
ކުޑަފަރި: ބޮޑު ވިސްނުމެއް، އެންމެ އުފާވެރި ރަށް
ބަޑި އެއްލާލުމުން އަރުވާލި ހުސޭނު ބޮޑުބެރު ލެޖެންޑަކަށް
ކެނދިކުޅުދޫގެ ހަޒާނާ ތެރެއަށް ވަންނަ ފައުޖު
އިންސާނިއްޔަތުކަމުގައި ދެވަނައެއް ނެތް ހިތެއް
ހައި ދަނޑު: ފިޔޯރީގައި ކުރިލާ ހެދޭ ރަނެއް
ދިވެހި ހުނަރުގެ ފުރިހަމަކަން މި ދަބަސްތަކުން
ކޮކަޑި ކާންދެވިގެން ފަޅު ރަށެއްގައި ދެ ދަރިންގެ މަރު
މައުމޫނަށް އެހީވުމަށް ފަހު ހޯދީ މުރާލި ދިރިއުޅުމެއް