23 އޮކްޓޯބަރ 2021
އިންޑިއަން ޕްރީމިއާ ލީގް (އައިޕީއެލް) ގެ ނަމުގައި ބާއްވަމުން އަންނަ މަޝްހޫރު ކްރިކެޓް މުބާރާތުގައި އަންނަ އަހަރުން ފެށިގެން އިތުރު ދެ ޓީމެއް ބައިވެރިކުރާ ގޮތަށް ހަމަޖެހިފައިވާތީ އޭގެ ތެރެއިން ޓީމަކަށް ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ރަންވީރު ސިންގް އާއި ދީޕިކާ ޕަދްކޯން ބިޑްކުރަން ނިންމައިފި އެވެ.
އިންޑިއަން ޕްރީމިއާ ލީގް (އައިޕީއެލް) ގެ ނަމުގައި ބާއްވަމުން އަންނަ މަޝްހޫރު ކްރިކެޓް މުބާރާތުގައި އަންނަ އަހަރުން ފެށިގެން އިތުރު ދެ ޓީމެއް ބައިވެރިކުރާ ގޮތަށް ހަމަޖެހިފައިވާތީ އޭގެ ތެރެއިން ޓީމަކަށް ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ރަންވީރު ސިންގް އާއި ދީޕިކާ ޕަދްކޯން ބިޑްކުރަން ނިންމައިފި އެވެ.
އައުޓްލުކް އިންޑިއާ އިން ގެނެސްދީފައިވާ ރިޕޯޓެއްގައިވާ ގޮތުން އައިޕީއެލްގެ ޓީމެއް ގަތުމަކީ ރަންވީރުގެ ދެމަފިރިން ވަރަށް ބޭނުންވާ ކަމެކެވެ. އަދި އެ މީހުންނާ އެކު ޓިމް ގަތުމުގައި އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކްލަބް މެންޗެސްޓާ ޔުނައިޓެޑް ހިއްސާވާނެ އެވެ.
ރަންވީރާއި ދީޕިކާ ކްރިކެޓް ޓީމަކަށް އިންވެސްޓްކުރާ އިރު ދެ ތަރިންގެ އެންމެ އަވަހަށް އަންނަން އޮތީ ވެސް ކްރިކެޓް ފިލްމެކެވެ. އެއީ އިންޑިއާ އިން 1983 ގެ ކްރިކެޓް ވޯލްޑް ކާމިޔާބު ކުރުމަށް ބިނާކޮށް ހަދާފައިވާ "83" އެވެ. ކަބީރް ޚާން ޑައިރެކްޓް ކޮށްފައިވާ އެ ފިލްމު މި އަހަރުގެ ޑިސެމްބަރު 24 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ އިރު، އޭގައި ރަންވީރު ކުޅެފައި ވަނީ 83 ގެ މުބާރުގައި އިންޑިއާގެ ކެޕްޓަނަކަށް ހުރި ކަޕިލް ދޭވްގެ ރޯލެވެ.
އައުޓްލުކް އިންޑިއާ އިން ބުނި ގޮތުގައި އައިޕީއެލްގެ އާ ދެ ޓީމަށް ބިޑްކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ފިލްމު ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ އާއި އަދާނީ ގްރޫޕާއި އާރްޕީ-ސަންޖީވް ގޮއެންކާ ގްރޫޕްސް އާއި ޓޮރެންޓް ފާމަ އާއި އޯރޯބިންޑޯ ފާމަ އާއި ވިޔަފާރިވެރިޔާ ނަވީން ޖިންދާލް އާއި ސިންގަޕޫރްގެ ކުންފުންޏެއްގެ އިތުރުން އެމެރިކާގެ ކުންފުންޏެއް ހިމެނެ އެވެ.
Close to 15 companies, including pharma giants, have shown their interest to bid for the two new IPL teams to be named on October 25 in Dubai.@deepikapadukone @AdaniOnline @IPL @RanveerOfficial | By @soumitra65 #IPL #IPL2021 #DeepikaPadukone #Ranvee... https://t.co/X2Nyhq2iNv
— Outlook Magazine (@Outlookindia) October 21, 2021
މި ފަރާތްތަކުން ޝައުގުވެރިވާ ދެ ޓީމްގެ ނަން މި މަހުގެ 25 ގައި ހާމަކުރާނެ އެވެ.
އައިޕީއެލްގައި ވާދަކުރާ ޓީމްތަކަށް ބަލާ އިރު މީގެ ތެރޭގައި ޝާހްރުކް ޚާނާއި ޖޫހީ ޗާވްލާ އަދި ބަތަލާ ޕްރިތީ ޒިންތާ ފަދަ ފިލްމީ ތަރިން އިންވެސްޓް ކޮށްފައިވާ ޓީމްތައް ހިމެނެ އެވެ. ކުރިން ޝިލްޕާ ޝެޓީ އާއި ފިރިމީހާ ރާޖް ކުންދުރާގެ އަތުގައި ވެސް އައިޕީއެލްގައި ވާދަކުރާ ކްރިކެޓް ޓީމެއް އޮތެވެ.
ދެހާސް އަށަކުން ފެށިގެން ބާއްވަމުން އަންނަ އައިޕީއެލް އަކީ އިންޑިއާގެ ކްރިކެޓް ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންގެ މަސްހުނި ޓީމްތަކެއް ވާދަކުރާ މުބާރާތެކެވެ. މީގައި އާންމުކޮށް ވާދަކުރަނީ 8 ޓީމެކެވެ.
އަންނަ އަހަރުގެ މުބާރާތާ އެކު އާ ދެ ޓީމާ އެކު އަދަދު 10 އަށް އިތުރުވާނެ އެވެ. އަދަދު އިތުރުކުރަން ނިންމިކަން އިންޑިއާގެ ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް (ބީސީސީއައި) އިން އިއުލާންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ގަ އެވެ.
އައިޕީއެލްގެ 14 ވަނަ މުބާރާތް ނިންމާލީ މި މަހު 15 ގަ އެވެ. ޗެމްޕިއަނަކީ ޗެންނައި ސުޕަ ކިންގްސް އެވެ.
މީހެއްގެ ކިޑްނީ ބަދަލުކުރަން ދީޕިކާ 10 ލައްކަ ރުޕީސް
ދީޕިކާގެ އާއިލާ ކޮވިޑަށް ޕޮޒިޓިވް
"ސޫރިޔާވަންޝީ" އާއި "83" ޑިޖިޓަލްކޮށް ނެރެފާނެ
"ސޫރިޔާވަންޝީ" އާއި "83" އަހަރުގެ ފަހުކޮޅަށް
"83" ގެ ސްކްރިޕްޓަށް ދޮޅު އަހަރު ނެގި: ކަބީރް
ކްރިކެޓް ތަރި ކަޕިލްގެ ގޮތުގައި ރަންވީރު ދައްކާލައިފި
މި އަހަރުގެ ކްރިކެޓް ވޯލްޑް ކަޕަށް ވެސް ފިލްމެއް ހަދައިފާނެ
އިޝްތިހާރުތަކުން ބޮޑު އާމްދަނީއެއް ވިރާޓާއި ދީޕިކާ އަށް
ރަންވީރު ފުރަތަމަ ބޭނުންވީ ކްރިކެޓް ކުޅެން
ދީޕިކާ ބަލިވެއިނުމުން ރަންވީރް ޗުއްޓީއަށް ދަނީ