Roadha Mihaaru
ބޭހަށް އިންޑިއާއަށް ދާން ވިސާ ނަގަން ނުޖެހޭގޮތް ހަދަނީ

އިންޑިއާއަށް ބޭސްފަރުވާއަށް ދާން ވިސާ ހޯދަން ނުޖެހޭ ގޮތަށް ހަމަޖައްސައިފި

10 އޮކްޓޯބަރ 2021

އިންޑިއާއަށް ބޭސްފަރުވާއަށް ދާ ދިވެހިން ވިސާ ހޯދަން ނުޖެހޭ ގޮތަށް އެ ގައުމުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިންޑިއާއަށް ބޭސްފަރުވާއަށް ދާ ދިވެހިން ވިސާ ހޯދަން ނުޖެހޭ ގޮތަށް އެ ގައުމުން ހަމަޖައްސައިފި އެވެ.

ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ދަތުރުކުރާ އިންޑިއާ އަށް ވިސާ ހޯދުމުގައި ދަތިކަން ބޮޑު ކަމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ. އެކަމަށް ވަރަށް އަވަހަށް ހައްލު ލިބޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ އަންނަ ހުކުރު ދުވަހުން ފެށިގެން، އިންޑިއާއަށް ބޭސްފަރުވާއަށް ދާ ދިވެހިންނާއި ވިޔަފާރީގެ ބޭނުންތަކާއި ޓޫރިޒަމްގެ ބޭނުމަށްކުރާ ދަތުރުތަކުގައި ވިސާ ހޯދަން ނުޖެހޭނެ ކަމަށެވެ.

އިންޑިއާ ހައިކޮމިޝަންގެ ޓްވީޓް

މިއީ ޑިސެމްބަރު، 2018 ވަނަ އަހަރު ރާއްޖެއާ އިންޑިއާއާ ދެމެދު ސޮއިކުރި އެގްރިމެންޓްގެ ދަށުން ދިން ލުޔެއް ކަމަށާއި އަދި މިއީ ކޮވިޑް-19 އާ ގުޅިގެން އިިންޑިއާގެ ބޯޑަރުތައް ބަންދުކުރި ފަހުން ވިސާއަށް ލުއި ދިން ފުރަތަމަ ގައުމު ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުންޏެވެ.

އިންޑިއާއަށް ބޭސްފަރުވާއަށް ދިއުމަށް ވިސާ ހޯދުމަށް އެޕޮއިންޓްމަންޓް ހޯދަން ޖެހުމާއި ކިއޫގައި ގިނަ ވަގުތު ތިބެންޖެހޭ ކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ.