10 އޮކްޓޯބަރ 2021
އިންޑިއާގެ އެހީގައި އައްޑޫގައި ތަަރައްގީކުރަމުން އަންނަ ޕޮލިސް އެކެޑެމީ ހުޅުވުން އަންނަ އަހަރަށް ލަސްވެއްޖެ އެވެ.
އިންޑިއާގެ އެހީގައި އައްޑޫގައި ތަަރައްގީކުރަމުން އަންނަ ޕޮލިސް އެކެޑެމީ ހުޅުވުން އަންނަ އަހަރަށް ލަސްވެއްޖެ އެވެ.
މި އަހަރުގެ ފަހުކޮޅު ހުޅުވޭނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވީ ނަމަވެސް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އިއްޔެ ވިދާޅުވީ މަސައްކަތް ކުރިއަށްދާ ގޮތަށް ބަލައި ހުޅުވޭނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ ކުރީކޮޅު ކަަމަށެވެ. އެހެންވެ އުއްމީދަކީ އަންނަ އަހަރު ފުލުހުންގެ އަހަރީ ދުވަސް، މާޗް 9 ގައި ހުޅުވުން ކަމަށް ވިދާޅުވި އެވެ.
އައްޑު އަށް ވަޑައިގެން އެކެޑެމީގެ މަސައްކަތްތައް ބެއްލެވުމަށް ފަހު ސީޕީ ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް އޮތް މަހެއް ނުވަތަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށް ކޮންޓްރެކްޓަރު ލަފާ ދީފައިވާ ކަމަށެވެ.
"ކޮންކްރީޓް މަސައްކަތުގެ ވަރަށް ބޮޑު ޕަސަންޓޭޖެއް މިހާރު ވެސް ނިންމާލެވިފައި ވަނީ. އެކަމަކު މިތަނުން ފެނުނު ކަންތައްތަކަށް ބަލާ އިރު އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ އެއަށް ވުރެ ތަންކޮޅެއް އަދި އިތުރު ވަގުތު މަސައްކަތަށް ހޭދަވާނެ ކަމަށް." ސީޕީ ވިދާޅުވި އެވެ.
"އުންމީދަކީ އެންމެ ލަސްވެގެން ވެސް އަންނަ އަހަރުގެ މާޗް މަހުގެ އޮނަތިރިހީގައި ފުލުހުންގެ އަހަރީ މުނާސަބާއާ ވެސް އާ ގުޅުވައިން މިތަން އިނޯގްރޭޓްކުރެވޭތޯ ބެލުން."
ޕޮލިސް ކޮމިޝަނަރު ނޫސްވެރިންނާ ބައްދަލުކުރައްވަނީ. -- ފޮޓޯ/މިހާރު
"އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް" ގެ ނަން ދީފައިވާ މިތަނަކީ އިންޑިއާގެ ސަރުކާރުގެ ހިލޭ އެހީގައި ހަދަމުން އަންނަ ތަނެކެވެ. ދެހާސް ސަތާރައިގެ އަމަލީ މަސައްކަތް ފެށި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑެވެ.
މި ފެސިލިޓީގައި ހުންނާނެ ވަސީލްތަކުގެ ތެރޭގައި ފެންވަރު ރަނގަޅު އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި ޓްރެއިނިން ސެންޓަރާއި 800 މީހުންގެ ޖާގައިގެ ޖިމަކާއި ފުޓްބޯޅަ ދަނޑަކާއި ބާސްކެޓް ކޯޓަކާއި ޓެނިސް ކޯޓާއި 400 މީޓަރުގެ ޓްރެކާއި 340 މީހުންގެ އޮޑިޓޯރިއަމަކާއި 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ގޮތަށް އަށް ކްލާސްރޫމާއި ފަދަ ވަސީލަތްތައް ހިމެނެ އެވެ.
އައްޑޫ ޕޮލިސް އެކެޑެމީ ދޮޅު މަސް ތެރޭ އޮޕަރޭޝަނަށް
އައްޑޫ ޕޮލިސް އެކެޑަމީ ހުޅުވޭނެ އިރެއް އަދިވެސް ނޭނގޭ
ޕޮލިސް އެކަޑަމީގައި މިލިޓަރީ ކަމެއް ނުހިންގާނެ:އިމްރާން
އައްޑޫ ޕޮލިސް އެކަޑެމީ ހުޅުވާނީ އަންނަ އަހަރު: ހަމީދު
އައްޑޫ ޓްރޭނިން ސެންޓަރަށް އިންޑިއާގެ ނުފޫޒެއް ނޯންނާނެ
އައްޑޫގެ ބިން ހިއްކުން މި މަހު ބަޔަކާ ހަވާލުކުރަނީ
އައްޑޫން ގޯތި ދިނުމާ ގުޅިފައިވާ ހިއްކާ ބިންތަކާ
އައްޑޫގައި އުޅޭ ފުލުހުންނަށް ލިޓަސްއިން ހަ ސައިކަލެއް
އައްޑޫގެ ބޮޑު އާބާދީ އަށް އެންމެ 128 ފުލުހުން
އައްޑޫގައި ފުލުހުންގެ ހާލަތު ވަރަށް ގޯސް!