Roadha Mihaaru
ދައުލަތުގެ ބެލުމުގައި ތިބޭކުދިންގެ އިންތިޒާމު ހަރުދަނާކުރަނީ

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް އިންތިޒާމުތައް ހަރުދަނާކުރަން މަޝްވަރާކޮށްފި

20 ސެޕްޓެމްބަރ 2021

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް މިހާރު ރާވާފައި ހުރި އިންތިޒާމުތައް އިތުރަށް ހަރުދަނާކުރުމަށް, ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިސްވެރިންނާ އެކު ނައިބް ރައީސް ފައިސަލް ނަސީމް މިއަދު މަޝްވަރާކުރައްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް މިހާރު ރާވާފައި ހުރި އިންތިޒާމުތައް އިތުރަށް ހަރުދަނާކުރުމަށް, ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިސްވެރިންނާ އެކު ނައިބް ރައީސް ފައިސަލް ނަސީމް މިއަދު މަޝްވަރާކުރައްވައިފި އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓާ ފިޔަވަތީގެ މައްސަލަ ބޮޑުވެފައިވަނިކޮށް, ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ނައިބް ރައީސް ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ފަހި ފުރުސަތުތަކެއް ތަނަވަސްކޮށްދީ އެކުދިންނަށް ބޭނުންވާ ހުރިހާ ކަންކަން ފަހިކޮށްދިނުމަކީ މުޅި ދައުލަތުގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ.

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ކުޑަކުދިންގެ ހައްގުތަކަށް ހާއްސަ ސަމާލުކަމެއްދޭ ކަމަށާއި އެ ކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުތައް ވުޖޫދަށް ގެނައުމުން ފެށިގެން އެކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދީ އެކުދިންގެ ކަންކަން ގާތުން ބަލައިގެން ކުރިއަށް ގެންދިއުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިސްކަން ދެއްވާ ކަމަށް ނައިބް ރައީސް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ނައިބް ރައީސް ވަނީ ކޮންމެ ކުއްޖަކީ ވެސް ރަނގަޅު ކުއްޖެއް ގޮތުގައި މުޖުތަމައަށް ނެރެވޭ ކުއްޖަކަށް ހެދުމަށް ސަރުކާރުން އިސްކަންދޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އިއްޔެ ވެސް ނައިބް ރައީސް ވަނީ އެކަމާ ގުޅިގެން ކަމާ ބެހޭ ބައެއް ފަރާތްތަކާ އެކު މަޝްވަރާކުރައްވައިފަ އެވެ.

ނައިބް ރައީސް ވަނީ މިދިޔަ ހޮނިހިރު ދުވަހު ފިޔަވައްޗަށް ޒިޔާރަތް ކުރައްވައި، އެ މަރުކަޒުގައި ތިބި ކުދިންނާއި އެ މަރުކަޒުގެ މުވައްޒަފުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ.

ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބޭ ނުވަ އަހަރުން ދަށުގެ ކުދިން ބެލެހެއްޓުމަށް ހާއްސަ ފިޔަވަތީގެ މައްސަލަތައް ބޮޑުވީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ. އެތަނުގައި އުޅޭ ކުދިންތަކެއް ފިޔަވަތީގެ ފުރާޅުމައްޗަށް އަރައި ތަނަށް ގެއްލުން ދީފައިވެ އެވެ.

އެ މައްސަލަ ބޮޑުވެ ފިޔަވަތި ހުންނަ ސަރަހައްދަށް މަންޒަރު ބެލުމަށް ގިނަ ބަޔަކު އެއްވި އެވެ. އެހެންވެ، އެކަމުގެ ނުރުހުން ފާޅުކޮށް ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނެއްގަައި ވަނީ "ފިޔަވަތި" ގައި އުޅޭ ބައެއް ކުދިން، އެ ތަނުގެ ފުރާޅުމައްޗަށް އަރައި އުޅޭއިރު، އެ ކުދިންގެ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމާއި ކުދިން އުޅޭ ގޮތް ބަލަން ތިބުމަކީ އެ ކުދިން އިތުރަށް ޓްރިގާ ވާނެ ކަމެއް ކަމަށެވެ. އެހެންވެ، އެ ކުދިންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ކުރަންޖެހޭ ކަންކަމުގައި އެންމެން އެއްބާރުލުން ދިނުމަށް އެދިފައިވެ އެވެ.