ފަނޑިޔާރުން ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު މަސައްކަތްކުރުމުގައި އެންމެ މުހިންމު އެއް ކަމަކީ ކޯޓުތަކުގެ މުގައްދަސްކަން ނެގެހެއްޓުން ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން މިއަދު ވިދާޅުވެއްޖެ އެވެ.
12 ސެޕްޓެމްބަރ 2021
ފަނޑިޔާރުން ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު މަސައްކަތްކުރުމުގައި އެންމެ މުހިންމު އެއް ކަމަކީ ކޯޓުތަކުގެ މުގައްދަސްކަން ނެގެހެއްޓުން ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން މިއަދު ވިދާޅުވެއްޖެ އެވެ.
ކްރިމިނަލް ކޯޓާއި މެޖިސްްޓްރޭޓް ކޯޓުތަކެއްގެ ފަނޑިޔާރުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ހުކުމްތައް ކުރުމުގައި އާންމު މަސްލަހަތާއި ދައުލަތުގެ ސިޔާސަތުތައް ނަގަހައްޓަންޖެހޭ ކަމަށެވެ.
ފަނޑިޔާރުން ހުކުމް ކުރުމުގައި ބިރުވެތިވެ، ހުކުމް ކުރަންވާނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު ތަފާތުކުރުމެއް ނެތި ކަމަށް ވިދާޅުވިއެވެ.
"...މިގޮތަށް މި އަމަލުތައް ބަހައްޓައި ކޯޓުގެ މުގައްދަސްކަން ދަމަހައްޓައިފި ނަމަ ގިނަ ބަޔަކު މި ކޯޓަށް ކުރާ އިތުބާރު ބޮޑުވެގެންދާނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ، މައްސަލަތަކުގައި ހުކުމާ ހަމައަށް ދާން ވާނީ ކެތްތެރިކަމާ އެކު ވަކީލުންގެ ވާހަކަތަކާއި ހަސްމުންގެ ވާހަކަތައް އަޑުއަހައި ކޯޓުތަކުގެ އުސޫލުގެ ތެރެއިންކަމަށެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ އަލަށް އިންތިހާބުވާ ފަނޑިޔާރުން ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ފުރިހަމައަށް ހިފަހައްޓައި އެ ތަކެތި ދިރާސާކުރަންޖެހޭނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ހުކުމްތައް ލިޔުމުގައި އެހެން މީހުންގެ ހިޔާލު ހޯދުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
މިއަދު ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވީ ޕީޖީ އޮފީހުގެ ކުރީގެ ޕަބްލިކް ޕްރޮސިކިއުޓަރު އަލީ ނަދީމާއި އިސްމާއިލް ޝަފީއު އެވެ.
"މަސައްކަތް މި ކުރަނީ ވަރަށް އިހްލާސްތެރިކަމާ އެކު"
"މަސައްކަތް ކުރަންވީ އާންމު މަސްލަހަތު ހިމާޔަތްކުރަން"
ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލަން ގޮވާލައިފި
އަޒްމިރަލްދާގެ މައްސަލަ ބަލާ ގޮތް މަޖިލީހުން ބަލަނީ
ޖޭއެސްސީއަށް ފަނޑިޔާރު ޝަހީދު އައްޔަންކުރައްވައިފި
ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ފަނޑިޔާރު ޝަހީދު
ތުހުމަތާގުޅޭ ސުވާލެއް ނުކުރޭ: ވަކީލް
ފަނޑިޔާރު ޝަހީދަށް މަޖިލީހުން ރުހުންދީފި
އަޒްމިރަލްދާ ބަޔާން ނެރުއްވާތީ ވެސް މައްސަލަ ބަލަނީ
ފަނޑިޔާރު ޝަހީދުގެ ނަން ކޮމިޓީން ފާސްކޮށްފި