Roadha Mihaaru
ކްރޮސްރޯޑްސް މެރީނާ އަންނަ މަހު އާއްމުންނަށް ހުޅުވާލަނީ

ކްރޮސްރޯޑްސް މެރީނާ އަންނަ މަހު އާއްމުންނަށް ހުޅުވާލަނީ

27 އޯގަސްޓް 2021

ކްރޮސް ރޯޑްސްގެ "ދަ މެރީނާ" އަންނަ މަހުން ފެށިގެން އާއްމުންނަށް ހުޅުވާލަން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކްރޮސް ރޯޑްސްގެ "ދަ މެރީނާ" އަންނަ މަހުން ފެށިގެން އާއްމުންނަށް ހުޅުވާލަން ނިންމައިފި އެވެ.

ކްރޮސް ރޯޑްސް މެރީނާއަކީ ދިވެހިން އާއްމުކޮށް ގޮސް އުޅޭ ތަނެކެވެ. އެނބޫދޫ ފަޅުގައި ތަރައްގީ ކުރި މިތަން އާއްމުންނަށް ބަންދު ކުރީ ކޮވިޑް-19އާ ގުޅިގެން މިދިޔަ އަހަރު އެވެ.

މެރީނާ އިން ނެރުނު ބަޔާނެއްގައި ބުނީ އަލުން އާއްމުންނަށް އެތަން ހުޅުވާލަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށްފަހު ކަމަށެވެ. އަދި މާލެއިން ދަތުރުފަތުރުތައް އަލުން ފަށާނީ އެޗްޕީއޭގެ ގައިޑްލައިންތަކާއެކު ކަމަށް މެރީނާ އިން ބުންޏެވެ.

އަންނަ މަހުން ފެށިގެން އާއްމުންނަށް ކްރޮސްރޯޑަށް ދެވޭނީ ހެނދުނު 11:00 އިން ރޭގަނޑު 11:00 އާ ދޭތެރޭގަ އެވެ. ކްރޮސްރޯޑްސް މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން ޓިކެޓް ބުކް ކުރެވޭނެ ކަމަށް މެރީނާ އިން ބުނެ އެވެ.

އެނބޫދޫ ފަޅު ހިއްކައިގެން ތަރައްގީ ކުރި "ކްރޮސް ރޯޑް" މަޝްރޫއުގައި ޖުމްލަ ނުވަ ރަށް ހިމެނެ އެވެ. މީގެ ތެރެއިން މެރީނާ އާއި އިތުރު ދެ ރިސޯޓު މިހާރު ވަނީ ހުޅުވާލާފަ އެވެ.