Roadha Mihaaru
މޯނިޝްގެ ދަރިފުޅުގެ ދެވަނަ ފިލްމު ޒީ5 އަށް

މޯނިޝްގެ ދަރިފުޅު ޕްރަނޫޓާންގެ ދެވަނަ ފިލްމު ޒީ5 އަށް

22 އޯގަސްޓް 2021

ބޮލީވުޑްގެ އެކްޓަރު މޯނިޝް ބާލްގެ ދަރިފުޅު ޕްރަނޫޓާން ބޭލްގެ ދެވަނަ ފިލްމު "ހެލްމެޓް" ޒީ5 އިން ޕްރީމިއާކުރާ ގޮތަށް ނިންމައި، އޭގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެކްޓަރު މޯނިޝް ބާލްގެ ދަރިފުޅު ޕްރަނޫޓާން ބޭލްގެ ދެވަނަ ފިލްމު "ހެލްމެޓް" ޒީ5 އިން ޕްރީމިއާކުރާ ގޮތަށް ނިންމައި، އޭގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަންނަ މަހުގެ 3 ގައި ސްޓްރީމްކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ބަތަލަކީ އެކްޓަރު އަޔޫޝްމަން ކްރާނާގެ ކޮއްކޮ އަޕަރްޝަކްތީ ކުރާނެ އެވެ. މިއީ މިހާތަނަށް މުޅިން ވެސް ސަޕޯޓިން ރޯލްތަކެއް ކުޅުނު އެކްޓަރު ލީޑް ރޯލު ކުޅުނު ފުރަތަމަ ފިލްމެވެ.

ޕްރަނޫޓާން އަކީ ސަލްމާން ޚާން ޕްރޮޑިއުސްކޮށް 2019 ގައި ރިލީޒްކުރި "ނޯޓްބުކް" އިން ތައާރަފުކުރި ބަތަލާއެކެވެ. ޕްރަނޫޓާންގެ ބައްޕަ އާއި ސަލްމާނަކީ އެކީގައި "މޭނޭ ޕިޔާރު ކިޔާ" އާއި "ހަމް އަޕް ކޭ ހޯ ކޯން" އަދި "ހަމް ސާތު ސާތު ހޭ" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ވަރަށް ގާތް ދެ އެކުވެރިންނެވެ.

ހިންދީ ސިނަމާގެ އެންމެ ހުނަރުވެރި ބަތަލާއިންގެ ތެރެގައި ހިމެނެނު ކުރީގެ މަޝްހޫރު ބަތަލާ ނޫޓާންގެ މާމަދަރި ޕްރަނޫޓާން، 28، ގެ "ހެލްމެޓް" ގެ ކާސްޓްގައި އަބީޝެކް ބެނަޖީ އާއި އަޝިޝް ވަރުމާ އަދި އަރޫނިތާ ޖާ ހިމެނެ އެވެ.

ސަތުރަމް ރަމާނީ ލިޔެ، ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އެކްޓަރު ޑީނޯ މޯރިއޯ ޕްރޮޑިއުސްކުރި ފިލްމެކެވެ.