Roadha Mihaaru
ޕޯސްޓް ލިމިޓެޑަށް 4،700 ޕަސެންޓުގެ ގެއްލުމެއް

ފުރަތަމަ ކުއާޓާގައި ޕޯސްޓަށް 4،700 ޕަސެންޓުގެ ގެއްލުމެއް

11 އޯގަސްޓް 2021

މިއަހަރުގެ ފުރަތަމަ ކުއާޓާގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުން ލިބުނު ކުންފުންޏަށް މޯލްޑިވްސް ޕޯސްޓް ލިމިޑެޓް ވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިއަހަރުގެ ފުރަތަމަ ކުއާޓާގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުން ލިބުނު ކުންފުންޏަށް މޯލްޑިވްސް ޕޯސްޓް ލިމިޑެޓް ވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުން ޕޯސްޓް ލިމިޓެޑަށް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނީ ލައްކައެއްހާ ރުފިޔާގެ ފައިދާ އެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓާގައި 7.2 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ވެފަ އެވެ. މިއީ ގާތްގަނޑަކަށް 4،700 ޕަސެންޓްގެ ބޮޑު ގެއްލުމެކެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މިއަހަރުގެ ފުރަތަމަ ކުއާޓާގައި ދެވަނަ އަށް އެންމެ ބޮޑު ގެއްލުމެއްވީ ބިޒްނަސް ސެންޓާ ކޯޕަރޭޝަނަށެވެ. އެ ކުންފުންޏަށް ލިބުނު ގެއްލުން 2.8 މިލިއަން ރުފިޔާއަށް އަރަ އެވެ.

މީގެ އިތުރުން ދެން ގެއްލުންވި ކުންފުނިތަކުގެ ތެރޭގައި އާރްޑީސީ އާއި އައިލެންޑް އޭވިއޭޝަނާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ހިމެނެ އެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓާގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން 1.17 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވެ އެވެ. އާމްދަނީގެ ގޮތުގައި އެސްއޯއީތަކުން ހަތް ބިލިއަން ރުފިޔާ ލިބުނު އިރު އޭގެ 30 ޕަސެންޓް ލިބުނީ އެސްޓީއޯއިންނެވެ. އެ ކުންފުނިން 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދާފައިވެ އެވެ.