11 ޖުލައި 2021
މި އަހަރުގެ ކުރީކޮޅު ނެޓްފްލިކްސް އިން ގެނެސްދިން ޕްރިޔަންކާ ޗޯޕްރާގެ ހޮލީވުޑް ފިލްމު "ދަ ވައިޓް ޓައިގާ" އިން ފުރުސަތު ލިބުނު ކަމަށާއި އެކަމަކު އެ ފިލްމު ކުޅުމުގެ ފުރުސަތު ގެއްލުނީ ޕްރިޔަންކާއާ ހެދި ކަމަށް އެކްޓަރު އަނިލް ކަޕޫރްގެ ދަރިފުޅު ހާޝްވަރްދަން ކަޕޫރް ބުނެފި އެވެ.
މި އަހަރުގެ ކުރީކޮޅު ނެޓްފްލިކްސް އިން ގެނެސްދިން ޕްރިޔަންކާ ޗޯޕްރާގެ ހޮލީވުޑް ފިލްމު "ދަ ވައިޓް ޓައިގާ" އިން ފުރުސަތު ލިބުނު ކަމަށާއި އެކަމަކު އެ ފިލްމު ކުޅުމުގެ ފުރުސަތު ގެއްލުނީ ޕްރިޔަންކާއާ ހެދި ކަމަށް އެކްޓަރު އަނިލް ކަޕޫރްގެ ދަރިފުޅު ހާޝްވަރްދަން ކަޕޫރް ބުނެފި އެވެ.
މީގެ ފަސް އަހަރު ކުރިން ފިލްމު "މިރުޒިޔާ" އިން އެކްޓިން އަށް ނުކުތް ނަމަވެސް މިހާތަނަށް މާ ބޮޑު ސަމާލުކަމެއް އަދި ކުރިއެރުމެއް ހޯދިފައި ނުވާ 30 އަހަރުގެ އެކްޓަރު މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ "ވައިޓް ޓައިގާ" އިން އޭނާ އަށް ލިބުނީ ބޮލީވުޑްގެ އެކްޓަރު ރާޖްކުމާރު ރާއޯ ކުޅުނު އަޝޯކް ޝާހްގެ ކެރެކްޓާ ކަމަށެވެ. އެއީ ޕްރިޔަންކާގެ ފިރިމީހާގެ ރޯލެވެ.
"އެ ރޯލަށް އޮޑިޝަން ހަދައި އަހަރެން މުޅިން ފައިނަލްވެފައި އޮއްވައި ޕްރިޔަންކާ ފިލްމަށް ގެންނަ ނިންމި ހިސާބުން އަހަންނަށް ފުރުސަތު ގެއްލުނީ،" ބަތަލާ ސޯނަމް ކަޕޫރްގެ ކޮއްކޮ ބުންޏެވެ.
ހާޝް ބުނި ގޮތުގައި ރާމިން ބަހްރާނީ ޑައިރެކްޓްކުރި "ވައިޓް ޓައިގާ" އިން އޭނާ އަށް ފުރުސަތު ލިބުނީ ޕްރިޔަންކާ ބަތަލާގެ ރޯލަށް ސޮއިކުރުމުގެ ކުރިންނެވެ.
"އެކަމަކު އޭނާ ފިލްމަށް ގެންނަން ނިންމި ހިސާބުން އަހަންނަށް ފުރުސަތު ގެއްލުނީ. ފިލްމުގެ ޓީމުން އަހަރެން ދޫކޮށްލީ އަހަންނަށް ވުރެ ތަންކޮޅެއް ދުވަސްވީ އެކްޓަރަކަށް ފުރުސަތު ދިނުމުގެ ގޮތުން. އެ ބަދަލު ގެންނަން ނިންމީ ޕްރިޔަންކާ ފިލްމަށް ގެނައި ފަހުން،" އޭނާ ބުންޏެވެ. "އެއީ މައްސަލައެއް ވެސް ނޫން. އަހަރެން ގަބޫލުކުރަން ފިލްމުގެ ޓީމުން ނިންމި ނިންމުމަށް."
"ވައިޓް ޓައިގާ" އަކީ މި އަހަރު އޮސްކާ އެވޯޑްސްގައި އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ އަށް ނޮމިނޭޓް ވެސް ވި ފިލްމެކެވެ. މިއީ އަރުވިންދު އަޑީގާ ހަމަ އެ ނަމުގައި ލިޔުނު ވާހަކަ އަށް ބިނާކޮށް ގެނެސްދިން ޑްރާމާ ފިލްމެކެވެ.
ޕްރިޔަންކާ އާއި ރާޖްގެ އިތުރުން "ވައިޓް ޓައިގާ" ގައި ދެން އެންމެ މުހިއްމު ރޯލެއް ކުޅުނީ ބަލްވާމް ހަލްވާއީގެ ރޯލު ކުޅުނު އާދާޝް ގޯރަވް އެވެ.
އިންޑިއާގެ ކާސްޓަކާ އެކު ރާމިން ގެނެސްދިން މި ފިލްމަކީ އިންޑިއާގެ ވާހަކައެއް ކިޔައިދިން އެއްޗެކެވެ. "ވައިޓް ޓައިގާ" ގެ އިތުރު ކާސްޓުންގެ ތެރޭގައި މަހޭޝް މަންޖްރޭކަރް، ވިޖޭ މޯރިއާ، ކަމްލޭޝް ގިލް، ސުވަރޫޕް ސަމްޕަތު އަދި ނަލްނީޝް ނީލް ހިމެނެ އެވެ.
"ދަ ވައިޓް ޓައިގާ" ގެއްލުނު ތަޖުރިބާއާ ބެހޭ ގޮތުން ހާޝް ބުނީ އަދިވެސް އޭނާ ހޮލީވުޑްގެ ފިލްމަކުން ފުރުސަތު ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށާއި ހުޅަނގުގައި މަސައްކަތްކުރަން ވަރަށް ބޭނުންވާ ކަމަށެވެ.
"އެއްވެސް ކަމަކީ އެ މީހެއްގެ އަމިއްލަ ބާރުގެ ދަށުގައި އޮންނަ ކަމެއް ނޫން. އެހެންވެ އެންމެ ފުރުސަތެއް ގެއްލުނީމާ އެއީ އަދި މާޔޫސްވާން ޖެހޭ ވަރުގެ ކަމެއް ނޫން. އެއިން ހިތްވަރު ހޯދަން ޖެހެނީ އިތުރަށް ބުރަކޮށް މަސައްކަތްކޮށްގެން ކުރިއަށް ދާން،" އެމެރިކާގެ ޔުނިވަސިޓީއަކުން ފިލްމު މޭކިން ކިޔެވި ހާޝް ބުންޏެވެ. "ހުޅަނގުގެ ޕްރޮޖެކްޓަކުން ފުރުސަތު ހޯދުމަކީ ވަރަށް ބޭނުންވާ ކަމެއް. އެކަމަށް ކުރާ މަސައްކަތް ހުއްޓައެއް ވެސް ނުލާނަން."
އޭނާގެ ބައްޕަ އަނިލް އަކީ ވެސް ހޮލީވުޑްގެ ޕްރޮޖެކްޓްތަކެއްގައި މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ. އޭގެ ތެރޭގައި "ސްލަމްޑޯގް މިލިއަނާ" އާއި "މިޝަން އިމްޕޮސިބަލް: ގޯސްޓް ޕްރޮޓޮކޯލް" އަދި ޓީވީ ސިލްސިލާ "24" ހިމެނެ އެވެ.
ހާޝް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހު ނެޓްފްލިކްސް އިން ޕްރީމިއާކުރި އެންތޮލޮޖީ ފިލްމު "ރޭ" ގެ ސެގްމަންޓަކުންމެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާ މިހާރު އަންނަނީ ދައްތަ ރިއާ ކަޕޫރް ޕްރޮޑިއުސްކުރާ ރޮމޭންޓިކް ކޮމެޑީއަކަށް ތައްޔާރުވަމުންނެވެ.
ރޯލެއް ކުޑަވުމަކީ މައްސަލައެއް ނޫން: ޕްރިޔަންކާ
"މެޓްރިކްސް 4" ގައި ޕްރިޔަންކާގެ 10 މިނެޓް
"ނިކް ޖޯނަސްގެ އަންހެނުންނޭ" ކިޔާތީ ޕްރިޔަންކާ ރަތަށް
ޕްރިޔަންކާގެ ދެވަނަ ސީރީޒް "ސިޓަޑެލް" ފެބްރުއަރީ މަހު
ޕްރިޔަންކާ އެމެރިކާގެ ޕްރޮޑިއުސާސް ގިލްޑްގެ މެމްބަރަކަށް
އެމެޒޯންގެ "ސިޓަޑެލް" ގެ އިންޑިއާ ވާޝަނަށް ވަރުން؟
ޕްރިޔަންކާގެ ހިންދީ ފިލްމެއް އަންނަ އަހަރު
"އަންފިނިޝްޑް" ނެރެފި؛ ޕްރިޔަންކާގެ އެތައް ވާހަކައެއް
ސެލީން ޑިއޯންއާ އެކު ޕްރިޔަންކާ އަށް ފިލްމެއް
ޕްރިޔަންކާގެ ބައޮގްރަފީ ލިޔެ ނިންމާލައިފި