ހިންދީ ސިނަމާގެ އެންމެ އައިކޮނިކް ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޝޯލޭ" ގައި އަމީތާބް ބައްޗަން ކުޅުނު ކެރެކްޓާ ފުރަތަމަ ޝަތުރުގަން ސިންހާ (ސަތަރޭ) އަށް ކަމަށާއި އޭނާ އަށް ފިލްމަށް ސޮއިނުކުރެވުނީ އެހެން ޕްރޮޖެކްޓްތަކެއްގައި ބިޒީވެގެން ވަގުތު ދެވެން ނެތުމުން ކަމަށް ބުނެފި އެވެ.
04 ޖުލައި 2021
ހިންދީ ސިނަމާގެ އެންމެ އައިކޮނިކް ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޝޯލޭ" ގައި އަމީތާބް ބައްޗަން ކުޅުނު ކެރެކްޓާ ފުރަތަމަ ޝަތުރުގަން ސިންހާ (ސަތަރޭ) އަށް ކަމަށާއި އޭނާ އަށް ފިލްމަށް ސޮއިނުކުރެވުނީ އެހެން ޕްރޮޖެކްޓްތަކެއްގައި ބިޒީވެގެން ވަގުތު ދެވެން ނެތުމުން ކަމަށް ބުނެފި އެވެ.
ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް 12" ގައި މި ހަފުތާގައި އަންހެނުން ކުރީގެ ބަތަލާ ޕޫނަމް ސިންހާއާ އެކު މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ސަތަރޭ، 75، ހިއްސާކުރި ވާހަކަތަކުގެ ތެރޭގައި ބުނީ އަމީތާބަކީ އަބަދު ވެސް އޭނާގެ ވަރަށް ގާތް ރައްޓެސެއް ކަމަށެވެ. އަދި "ޝޯލޭ" ދޫކޮށްލަން މަޖުބޫރުވެ، އެ ފިލްމު އަމީތާބް ކުޅެ، އޭނާގެ މަޝްހޫރުކަން އެ ފިލްމާ އެކު އެތައް ގުނަ އުފުލިގެން ދިއުމުން ވަރަށް ބޮޑަށް އުފާވި ކަމަށް ބުންޏެވެ.
"ހަގީގަތުގައި އަހަރެން އެހެން ޕްރޮޖެކްޓްތަކެއްގައި ވަރަށް ބިޒީކޮށް އުޅެން ޖެހި ޝޯލޭ އަށް ވަގުތު ދެވެން ނެތީމާ ފިލްމު ދޫކޮށްލަން މަޖުބޫރިވީ. ވަރަށް ދެރަވި އެކަމާ. އެކަމަކު ފަހުން އުފާވީ ޝޯލޭ ކުޅެގެން އަމީތާބްގެ ވިދުންގަދަވީމާ،" ބަތަލާ ސޮނާކްޝީ ސިންހާގެ ބައްޕަ ބުންޏެވެ.
ސަލީމް-ޖާވިދުގެ ސްކްރީންޕްލޭއަކަށް ރަމޭޝް ސިއްޕީ 1975 ގައި ގެނެސްދިން "ޝޯލޭ" އަކީ އަމީތާބާއި ދަރުމެންދުރާ އާއި ހެމާ މާލިނީގެ އިތުރުން ޖަޔާ ބައްޗަން ލީޑް ރޯލު ކުޅުނު ވަރަށް ކާމިޔާބު ފިލްމެކެވެ. އޭގައި އަމީތާބްގެ ކެރެކްޓާ އަކީ ޖޭ އެވެ. ދަރޭ އަކީ ވީރޫ އެވެ. އަދި ޖޭ-ވީރޫ ވެގެން ދިޔައީ އެ ފިލްމަކާ އެކު ވަރަށް މަޝްހޫރު ނަމަކަށެވެ.
ސަތަރޭ ބުނި ގޮތުގައި ކުޅެން ކިތަންމެ ބޭނުން ވިޔަސް ވަގުތާއި ހާލަތަށް ބަލާފައި ފިލްމުތައް ދޫކޮށްލަން ޖެހުމަކީ ފިލްމީތަރިންނަށް އަބަދު ވެސް ދިމާވާ ކަމެކެވެ.
"މިސާލަކަށް އަހަރެން ކުޅުނު ކާލީ ޗަރަން އަކީ ކުރިން އަމީތާބް ކުޅެން އޮތް ފިލްމެއް. އެކަމަކު އޭނަ އަށް ދިމާވި ސަބަބުތަކާ ހެދި ފުރުސަތު ދޫކޮށްލަން މަޖުބޫރުވީމާ އަހަންނަށް ކުޅެން ލިބުނީ،" އޭނާ ބުންޏެވެ. "މިއީ ހަމަ ފިލްމީ ދާއިރާގައ އުޅޭ މީހުންނަށް އަބަދު ވެސް ދިމާވާ ވަރަށް އާންމު ކަމެއް."
"ޝޯލޭ" އަކި އެ ފިލްމުގެ ވިލަންގެ ކެރެކްޓާ ގައްބަރު ސިންގް ވެސް ވަރަށް ބޮޑަށް މަޝްހޫރުވި ފިލްމެކެވެ. އެ ރޯލު ކުޅުނީ މަރުވެފައިވާ އެކްޓަރު އަމްޖަދު ޚާނެވެ.
އަމީތާބާއި ސަތަރޭ އެކީގައި ރީތި ފިލްމުތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި "ކާލާ ޕައްތަރު"، "ދޯސްތާނާ"، "ޝާން" އަދި "ޔާރު މޭރީ ޒިންދަގީ" ހިމެނެ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އާޗީގެ ރޯލު އަމީތާބްގެ ކާފަދަރި އަގަސްޓިއާ އަށް؟
ޖަޔާގެ ފުރަތަމަ ނެގަޓިވް ރޯލު ކަރަންގެ ފިލްމުގައި
ރަންވީރަކީ ޑާލިންއެެއް: ދަރުމެންދުރާ
ސަލީމް ބުނަނީ އަމީތާބް ރިޓަޔާކުރަން ވެއްޖެ ކަމަށް
"ދޫމް 4" ކުޅޭ ވާހަކަ އަކީ ދޮގެއް: އަކްޝޭ
އަމީތާބުގެ ގެއާ ބެހޭ އާ ވާހަކަތަކެއް ދައްކައިފި
ބައްޗަންގެ އާއިލާގެ އެންމެންނަށް މަސައްކަތުގެ އަހަރެއް
އަމީތާބް ކުޅުނު ރޯލެއް ވިކީ އަށް؟
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް