29 ޖޫން 2021
މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރު އޮފީސްތައް ބަންދުކޮށް ގޭގައި ތިބެގެން މުވައްޒަފުން މަސައްކަތްކުރާ މުއްދަތު އަންނަ ހޮނިހިރު ދުވަހާ ހަމައަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އިތުރު ކުރައްވައިފި އެވެ.
މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރު އޮފީސްތައް ބަންދުކޮށް ގޭގައި ތިބެގެން މުވައްޒަފުން މަސައްކަތްކުރާ މުއްދަތު އަންނަ ހޮނިހިރު ދުވަހާ ހަމައަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އިތުރު ކުރައްވައިފި އެވެ.
ކޮވިޑް ފެތުރުން މި ފަހުން މާ ބޮޑަށް އިތުރުވުމާ ގުޅިގެން މިދިޔަ މަހުން ފެށިގެން ސަރުކާރުގެ އޮފީސްތައް އަލުން ބަންދުކޮށް މުވައްޒަފުން ގޭގައި މަސައްކަތްކުރާ ގޮތަށް ރައީސް ވަނީ ނިންމަވައިފަ އެވެ.
ހޮނިހިރު ދުވަހާ ހަމައަށް މުއްދަތު އިތުރުކުރީ، ސަރުކާރުގެ މުވައްޒަފުން ގޭގައި މަސައްކަތްކުރަން ދީފައިވާ މުއްދަތު މިއަދަށް ހަމަވާތީ އެވެ. މީގެ ކުރިން ވެސް ކޮވިޑްގެ އެއިރެއްގެ ހާލަތަށް ރިއާޔަތްކޮށް، ސަރުކާރުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ މުއްދަތު އައީ އިތުރު ކުރަމުންނެވެ.
ރައީސް އޮފީހުން މިއަދު ބުނީ މުވައްޒަފުންނަށް ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ކުރުމާއި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހާ ހިދުމަތްތަކެއް ހޮނިހިރު ދުވަހާ ހަމައަށް އޮންލައިންކޮށް ދިނުމަށް ދަންނަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައިވާ ކަމަށެވެ.
ނަމަވެސް ސަރުކާރުގެ އިދާރާތަކުން އަސާސީ ހިދުމަތްތައް ދިނުމަށާއި އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރަން މުވައްޒަފުން ހާޒިރުވާން ޖެހިއްޖެ ނަމަ އެ އިދާރާގެ އިސްވެރިއަކު ކަނޑައަޅާ ގޮތުގެ މަތިން މުވައްޒަފުން ހާޒިރުވެގެން އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތް ކުރެވިދާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްކޮށް އޮތުމަށް ފަހު، މިހާރު ވަނީ ރަނގަޅުވާން ފަށައިފަ އެވެ. އެއާއެކު އެޗްޕީއޭ އިން ކޮވިޑު ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އަންނަނީ ލުއިތައް ދެމުންނެވެ. ނަމަވެސް މާލެ ސަރަހައްދުގެ ކާފިއު އުވާލައި ހުއްދަ ނެތި ބޭރުގައި އުޅުމާއި އާންމު އުސޫލުން ވިޔަފާރިތަކަށް އަދިވެސް ފުރުސަތު ހުޅުވައެއް ނުލަ އެވެ.
އާދިއްތައިން ފެށިގެން ސަރުކާރުގެ އޮފީސްތައް ހުޅުވަނީ
ކުރިއަށް އޮތް ތިން ދުވަހު ސަރުކާރުގެ އޮފީސްތައް ބަންދު
ސަރުކާރުގެ އޮފީސްތައް އާދީއްތަ ދުވަހު ހުޅުވާނެ
މާދަމާ އާއި ބުރާސްފަތީގައި އޮފީސްތައް ނުހުޅުވާނެ
ބާކީ މުވައްޒަފުންނަށް އަންނަ މަހު އެލަވަންސް ލިބޭނެ
ސިއްހީ ދާއިރާގެ ބޮޑު މުސާރަ ރައީސް އިއުލާންކުރައްވައިފި
ރައީސްގެ ގަރާރާ ދެކޮޅުވި ޓީޗަރަކު ސަސްޕެންޑްކޮށްފި
ސިޔާސަތުތައް އަވަހަށް ތަންފީޒުކުރެވޭނީ ގުޅިގެން: ރައީސް
ޑޮކްޓަރުންގެ ޝަކުވާ ރައީސް ހައްލުކޮށްދެއްވާނެ: މަބްރޫކް
ވެކްސިން ނުޖަހާ މުވައްޒަފުން ޓެސްޓު ހެދުން ލާޒިމު