05 ޖޫން 2021
އިންޓަނެޓްގެ އާ ޖީލު 5ޖީ އަކީ އިންސާނުންނަށާއި ހުރިހާ ދިރޭ ތަކެއްޗަށް އޮތް ގެއްލުމެއް ކަމަށް ބުނެ އެ ނެޓްވޯކް އިންޑިއާގައި ގާއިމުކުރަން ކުރާ މަސައްކަތްތަކާ ދެކޮޅަށް ބޮލީވުޑްގެ ބަތަލާ ޖޫހީ ޗާވްލާ ނިއު ދިއްލީ ހައި ކޯޓަށް ހުށަހެޅި މައްސަލަ ހުކުރު ދުވަހު ބޭރުކޮށްލައިފި އެވެ.
އިންޓަނެޓްގެ އާ ޖީލު 5ޖީ އަކީ އިންސާނުންނަށާއި ހުރިހާ ދިރޭ ތަކެއްޗަށް އޮތް ގެއްލުމެއް ކަމަށް ބުނެ އެ ނެޓްވޯކް އިންޑިއާގައި ގާއިމުކުރަން ކުރާ މަސައްކަތްތަކާ ދެކޮޅަށް ބޮލީވުޑްގެ ބަތަލާ ޖޫހީ ޗާވްލާ ނިއު ދިއްލީ ހައި ކޯޓަށް ހުށަހެޅި މައްސަލަ ހުކުރު ދުވަހު ބޭރުކޮށްލައިފި އެވެ.
މީޑިއާތަކުން ބުނީ 53 އަހަރުގެ ބަތަލާ މިދިޔަ އަންގާރަ ދުވަހު ހުށަހެޅި މައްސަލަ ބޭރުކުރީ ކޯޓަށް ހުށަހަޅާ މައްސަލަތަކާ ގުޅޭ ގޮތުން އަމަލުކުރަން ޖެހޭ ގޮތްތަކާ ވެސް ޖޫހީ ހިލާފުވުމުން ކަމަށެވެ. މައްސަލަ ކޯޓަށް ވެއްދުމަށް ފަހު ޖޫހީ ވަނީ ސޯޝަލް މީޑިއާގައި އެ މައްސަލައާ ބެހޭ ޕޮތުން ވާހަކަ ދައްކައި ވީޑިއޯއެއް ވެސް އާންމުކޮށްފަ އެވެ.
އެހެންވެ ހުކުރު ދުވަހު ކޯޓުން މައްސަލަ ބޭރުކުރީ އުސޫލުތަކާ ހިލާފުވުމުން 20 ލައްކަ ރުޕީސް އިން ޖޫރިމަނާ ވެސް ކުރުމަށް ފަހު އެވެ.
މައްސަލަ ކޯޓުން ބޭރުކޮށްލި އިރު، އޭގެ ފުރަތަމަ އަޑު އެހުން ބުދަ ދުވަހު ވާޗުއަލްކޮށް ބޭއްވި އެވެ. އެ އަޑު އެހުމުގެ ވާހަކަ މީޑިއާތަކުގައި އެންމެ ބޮޑަށް ދެކެވުނީ އަޑު އެހުން ފަށަން ތައްޔާރުވިތަނާ އޭގައި ބައިވެރި މީހުންގެ ތެރެއިން މީހެއްގެ ފަރާތުން ޖޫހީގެ ފިލްމެއްގެ ލަވައެއް އަޑު އިވުމާ ގުޅިގެންނެވެ. އެ ލަވަ އަކީ ޖޫހީ އާއި ޖެކީ ޝްރޮފްގެ 1993 ގެ ފިލްމު "އާއިނާ" ގެ "މޭރީ ބަންނޯ ކީ އާއޭގީ ބާރާތު" އެވެ.
Hearing before Delhi HC on actress Juhi Chawla petition challenging the roll-out of 5G services in India interrupted because someone who got into the virtual hearing started singing songs from Juhi Chawla’s movies. @iam_juhi #DelhiHighCourt pic.twitter.com/u7Rfkw2cmS
— Pushpendra Singh Bhadoriya (@PushpendraAdvoc) June 2, 2021
ޖޫހީގެ ފަރާތުން 5ޖީ ނެޓްވޯކް މައްސަލާގައި ވަކާލާތުކުރެއްވީ ދީކަޕް ކޯސްލާ ކިޔާ ވަކީލެކެވެ.
ޖޫހީ ބުނެފައިވާ ގޮތުގައި 5ޖީ ނެޓްވޯކްގެ މައްސަލަ ކޯޓަށް ހުށަހެޅީ އިންސާނުންނާއި ޖަނަވާރުންނާއި ޖުމްލަކޮށް މުޅި ވެށީގައި އުޅޭ ހުރިހާ ދިރުންތަކަށް ގެއްލުންދޭ ވަރުގަދަ ރޭޑިއޭޝަންތަކެއް އެކުލެވޭ ވިއުގައެއް ކަމަށް ގަބޫލުކުރެވޭތީ އެވެ. އޭނާ ބުނެފައި ވަނީ 5ޖީ ނެޓްވޯކްގެ ރޭޑިއޭޝަނަކީ މިހާރު އެފަދަ ވަސީލަތްތަކުން ބޭރުކުރާ ރޭޑިއޭޝަނަށް ވުރެ 100 ގުނަ ގެއްލުން ބޮޑު އެއްޗެއް ކަމަށެވެ.
ޖޫހީ އުޅޭ ފިލްމެއް އަންނަ މަހު ނެޓްފްލިކްސް އަށް
މަނީޝާ 26 އަހަރު ފަހުން ބަންސާލީއާ އެކު
"ޑުޕްލިކޭޓް" އަކީ އާލިއާ އަށް ދައްކަން ހެދި ފިލްމެއް
ކަންގަނާ ސިޔާސީ ދާއިރާއަށް ނުކުންނަށް ވެސް ތައްޔާރު
"ހީރާމަންޑީ" އަކީ "ޕަކީޒާ" އަކަށް ނުވާނެ: ބަންސާލީ
ރިޝީގެ ފަހު ފިލްމުގެ ޕޯސްޓަރު ދައްކާލައިފި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ރިޝީގެ ފަހު ފިލްމު ނިންމަން އަމާޒު ހިފައިފި
ޖޫހީގެ ފިރިމީހާގެ އުމުރު އޮޅޭހާ ތަފާތު
ރަންބީރާއި ޝްރަދާގެ ފިލްމު ސްޕެއިނަށް