18 މެއި 2021
ލަންޑަން (18 މެއި) - މި ސީޒަނަށް ފަހު ޓޮޓެންހަމް ދޫކޮށްލަން ބޭނުންވާ ކަމަށް، އެ ޓީމުގެ ފޯވަޑް ހެރީ ކޭން އެ ކްލަބަށް އަންގައިފި އެވެ.
ލަންޑަން (18 މެއި) - މި ސީޒަނަށް ފަހު ޓޮޓެންހަމް ދޫކޮށްލަން ބޭނުންވާ ކަމަށް، އެ ޓީމުގެ ފޯވަޑް ހެރީ ކޭން އެ ކްލަބަށް އަންގައިފި އެވެ.
އިނގިރޭސި މީޑިއާތަކުން ބުނާ ގޮތުގައި، ޓޮޓެންހަމް އާމެދު ކޭން މާޔޫސްވީ ތައްޓެއް ހޯދުމުސގައި ޓޮޓެންހަމް އަށް ނާކާމިޔާބު ވުމުންނެވެ. އިނގިރޭސި ލީގު ކަޕް ފައިނަލުން މިދިޔަ މަހު ޓޮޓެންހަމް ބަލިވީ މެންޗެސްޓާ ސިޓީ އަތުންނެވެ.
އިންގްލެންޑް ކެޕްޓަން ކަމަށްވާ ކޭންއާ ގާތް ގުޅުމެއް އޮންނަ ފަރާތްތަކުން މީޑިއާއާ ހަމައަށް އެ ވާހަކަ ގެންދިޔައީ ކޭންވެސް ބޭނުންވެގެން ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެ އެވެ. އެއީ އޭނާ ގެންދިއުމަށް ޝައުގުވެރިވާ ކްލަބުތަކަށް އޭނާ ކްލަބު ބަދަލުކުރަން ތައްޔާރަށް ހުރިކަން ހާމަ ކޮށްދިނުމުގެ ގޮތުންނެވެ.
ކޭން ގެންދިއުމަށް މެންޗެސްޓާގެ ދެ ކްލަބުގެ އިތުރުން ޗެލްސީވެސް ޝައުގުވެރި ވެއެވެ. މީގެ ކުރިން ރެއާލް މެޑްރިޑުންވެސް އޭނާ ޝައުގުވެރި ވެއެވެ.
ޓޮޓެންހަމަށް ކޭން އަކީ ވަރަށް މުހިންމު ކުޅުންތެރިއެކެވެ. އެހެންވެ އޭނާ ކަލަބު ދޫކޮށްލުމަކީ ކްލަބުގެ ޗެއާމަން ޑެނިއެލް ލެވީ ބޭނުންވާ ގޮތެއް ނޫނެވެ. ކޭން ޓީމުގައި މަޑު ކުރުވުމަށް އޭނާ ކުރާ އެންމެ ބޮޑު މަސައްކަތަކީ ތަޖުރިބާކާރު ކޯޗެއް ޓޮޓެންހަމަށް ހޯދުމެވެ. އެހެން ނަމަވެސް އެ މަސައްކަތުގައި އަދި އޭނާ ކާމިޔާބެއް ނުހޯދެ އެވެ. އެ ޓީމުގެ ކޯޗު ކަމުން ޖޯސޭ މޮރީނިއޯ ވަކި ކުރީ މިދިޔަ މަހު 19 ގަ އެވެ.
ޑެނިއެލް ލެވީ ވަނީ ހަތަރު ކޯޗަކަށް ޓޮޓެންހަމްގެ ވަޒީފާ ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ބަޔާން މިޔުނިކާ ހަވާލުވާން ނިންމާފައިވާ އާރްބީ ލައިޕްޒިގްގެ ކޯޗު ހޫލިއަން ނޭގެލްސްމަން އާއި އަޔަކްސްގެ ކޯޗު އެރިކް ޓޭން ހާގާއި ރެޑްބުލް ސަލްސްބާގްގެ ކޯޗު ޖެޒީ މާޝް ހިމެނެ އެވެ. އެހެން ނަމަވެސް މީގެން އެއްވެސް ކޯޗެއް ޓޮޓޭންހަމް އަށް ލިބޭ ގޮތެއް ނުވި އެވެ. -- އޭއެފްޕީ
ކޭން ގަންދަން ބެޔާނުން ފަހު ބިޑް ހުށަހަޅައިފި
މެޗު ހަމަކޮށްގެން ސިޓީ އަށް ހަތަރު ޕޮއިންތްގެ ލީޑެއް
53 އަހަރުވީ ޓޮޓެންހަމްގެ ރެކޯޑަކާ ކޭން ހަމަކޮށްފި
ނިއުކާސަލް އަށް ހުއްޓުމެއް ނައި، ޓޮޓެންހަމް އެއްވަރު
ކޭންގެ ދެ ލަނޑާ އެކު ޓޮޓެންހަމް ކުރިއަށް
ނާގަލްސްމަންގެ ވާހަކަތަކާ ހެދި ކޮންޓޭ ހިތްހަމަނުޖެހިއްޖެ
ޕްރިމިއާ ލީގުގައި 270 މެޗުން، ކޭން 176 ލަނޑު
އަބޫދާބީގެ މަހުޖަނުންނަށް ހެރީ ކޭން ގުޑުވައެއް ނުލެވުނު
ފަރުދީ އެވޯޑަށް ވުރެ މުހިންމީ ތަށިތަކެއް ހޯދުން: ކޭން
ކޭން އަށް އަނިޔާގެ މައްސަލައެއް