04 މާޗް 2021
މިއަންމާގައި ގެނައި އަސްކަރީ ބަޣާވާތް ރާއްޖެއިން ކުށްވެރިކޮށް، ހައްޔަރުކޮށްފައިވާ އެ ގައުމުގެ ލީޑަރު އަން ސަން ސޫކީ ވަގުތުން ދޫކޮށްލަން ރާއްޖެއިން ގޮވާލައިފި އެވެ.
މިއަންމާގައި ގެނައި އަސްކަރީ ބަޣާވާތް ރާއްޖެއިން ކުށްވެރިކޮށް، ހައްޔަރުކޮށްފައިވާ އެ ގައުމުގެ ލީޑަރު އަން ސަން ސޫކީ ވަގުތުން ދޫކޮށްލަން ރާއްޖެއިން ގޮވާލައިފި އެވެ.
މިއަންމާގައި މިދިޔަ ޖެނުއަރީ މަހު ބޭއްވި އާންމު އިންތިޚާބުގައި އެ ގައުމުގެ ލީޑަރު އަން ސަން ސޫކީގެ ޕާޓީއަށް ލިބުނު ބޮޑު ކާމިޔާބީ ގަބޫލު ނުކޮށް، މިދިޔަ މަހު އެ ގައުމުގެ ސިފައިން ގެނައި އަސްކަރީ ބަޣާވާތެއްގައި ސޫކީ ހައްޔަރުކޮށް، އޭނާގެ މައްޗަށް ދައުވާތަކެއް ވަނީ އުފުލައިފަ އެވެ. އަދި އެކަމާ ދެކޮޅަށް އެ ގައުމުގައި ހިނގަމުންދާ މުޒާހަރާތައް ހުއްޓުވަން ސިފައިން ނިކުމެ، ހަތިޔާރު ބޭނުން ކުރުމުގެ ސަބަބުން 38 މީހަކު ވަނީ މަރުވެފަ އެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައިވަނީ މިއަންމާ ސިފައިން ގެނައި އަސްކަރީ ބަޣާވާތް ހަރުކަށި އިބާރާތުން ރާއްޖެއިން ކުށްވެރިކުރާ ކަމަށާއި އަދި އާންމު ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރުމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލިގެން ގޮސްފައިވާތީ އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި ސޫކީ އާއި ހައްޔަރު ކޮށްފައިވާ ލީޑަރުން ވަގުތުން ދޫކޮށްލުމާ އެކު މިއަންމާގައި ގާނޫނު އަސާސީ ނަގަހައްޓަން ގޮވާލާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުންް އިންތިޚާބުގެ ނަތީޖާ ގަބޫލުކޮށް، ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރުމަށާއި އަދި އެ ގައުމުގައި އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން އުވާލުމާ އެކު، އިންސާނީ ހައްގުތަކާއި ބައިނަލްއަގްވާމީ ގާނޫނުތަކަށް އިހްތިރާމް ކުރަން އެ ބަޔާނުގައި ގޮވާލާފައިވެ އެވެ. އަދި ރާއްޖެއިން އޮތީ މިއަންމާ ރައްޔިތުންނާ އެކު ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މިިއަންމާއަށް ޑިމޮކްރަސީ ގެންނަން ސޫކީ ކުރި މަސައްކަތުގައި އޭނާ އެތައް އަހަރެއް ވަންދެން ހައްޔަރުކޮށްފައި ބެހެއްޓުމަށް ފަހު، އަސްކަރީ ވެރިކަން ނިމުމަކަށް ގެނެސް، ސިފައިންގެ ބާރުތައް އެ ގައުމުގައި ކުޑަކުރީ 2012 ވަނަ އަހަރު އެވެ. ސިފައިންގެ ބާރުތައް ކުޑަކުރިޔަސް، ސޫކީ ހުންނަވަން ޖެހިވަޑައިގަތީ ސިފައިންގެ ފިއްތުންތަކުގެ ތެރޭގަ އެވެ.
އެގޮތުން މިއަންމާގެ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ސިފައިން ހިންގި ގަތުލު އާންމު ދިފާއު ކުރަން ވެސް ސޫކީއަށް ޖެހިވަޑައިގަތެވެ. އަސްކަރީ ދެވަނަ ބަޣާވާތާކުން އޭނާ ހައްޔަރުކުރީ، ސިފައިން ހިންގި ގަތުލު އާންމު ދިފާއު ކުރެއްވުމުގައި ހުންނަވަނިކޮށް، އެ ގައުމުގެ ބޭއްވި އާންމު އިންތިޚާބުގައި ސޫކީގެ ޕާޓީއަށް މަޖިލީހުން ގިނަ ގޮނޑިތަކެއް ކާމިޔާބުވުމުންނެވެ. ސިފައިން ތުހުމަތު ކުރަނީ އިންތިޚާބުގައި މަކަރު ހެދި ކަމަށެވެ.
ރޮހިންޖާ މައްސަލާގައި ރާއްޖެއިން ގެމްބިއާގެ ލަފާ ހޯދާނެ
ރޮހިންޖާ މުސްލިމުންގެ ޝުކުރު ރާއްޖެ އަށް
"ވޯޓުގައި ބައިވެރިނުވީ ޚާރިޖީ ސިޔާސަތު ވިކިފައިވާތީ"
ރޮހިންޖާ މީހުންނާ ބެހޭ ވޯޓެއް ނުނަގާ: ސަރުކާރު
ވޯޓުގައި ބައިވެރިނުވުމުން ފާޑުކިޔުންތައް ކުރިމަތިވެއްޖެ
ޝާހިދަށް ކާމިޔާބީއަކީ މުޅި ދުނިޔޭގެ އިތުބާރު
ޝެންގެން ވިސާ އޮންލައިންކޮށް ނެގޭ ގޮތަށް ހަމަޖައްސައިފި
ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު ހަލީލާއި ލަތީފަށް
ހާރިޖީ ސިޔާސަތު ބިނާކުރީ އެންމެމަތީ މަސްލަތަށް: ރައީސް
އިތުރު 3ގައުމަކަށް ޝެންގަން ވިސާ ލިބޭގޮތް ހަދައިފި