14 ފެބުރުއަރީ 2021
ފިލްމީ ދާއިރާގައި މިހާރު ވިދަމުން އަންނަ ޒުވާން ދެ ފަންނާނަކާ އެކު "ލޯބިވާތީ" ގެ ނަމުގައި އާ ވީޑިއޯ ލަވައެއް އާންމުކޮށްފި އެވެ.
ފިލްމީ ދާއިރާގައި މިހާރު ވިދަމުން އަންނަ ޒުވާން ދެ ފަންނާނަކާ އެކު "ލޯބިވާތީ" ގެ ނަމުގައި އާ ވީޑިއޯ ލަވައެއް އާންމުކޮށްފި އެވެ.
ލޯބިވެރިންނަށް ހާއްސަކޮށްގެން ނެރުނު ލޯބީގެ ވާހަކައެއް ކިޔައިދޭ މި ލަވައިން ފެންނަނީ މިހާރު ފިލްމީ ދާއިރާގައި އަރަމުން ޒުވާން ބަތަލާ މަރިޔަމް ޝިފާ އާއި އަރަމުން އަންނަ މޮޑެލް މުހައްމަދު އިޝްފާނެވެ.
ޝިފާ އަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) ގެނެސްދިން ފިލްމު "ދެވަންސޫރަ" އިން ތައާރަފުވި ބަތަލާ އެވެ. އޭނާ މިހާރު ފެންނަނީ ބައިކޯސްފުން ގެނެސްދޭ ޔޫއްޕެގެ ވެބް ސީރީޒް "ހުވާކޮށްފާ ބުނަން" އިންނެވެ. އިޝްފާނަކީ 2016 ގައި އަޒްހާން އިބްރާހީމް ޑައިރެކްޓްކޮށް ގެނެސްދިން މަގުބޫލު ވީޑިއޯ ލަވަ "ހީލީމާ" ގެ ދެވަނަ ބައެއްގެ ގޮތުގައި 2019 ގައި ގެނެސްދިން "ހީލީމާ އެގެއިން" އިން ފެނިގެން ދިޔަ ފަންނާނެވެ.
ޝިފާ އާއި އިޝްފާންގެ ވީޑިއޯ ލަވަ "ލޯބިވާތީ" އަކީ ޝަލަބީ ކިޔާފައިވާ ލަވައެކެވެ. މި ލަވަ އާރޯބް ސްޓޫޑިއޯ އިން ޕްރޮޑިއުސްކޮށްފައިވާ އިރު ޑައިރެކްޓަރަކީ އައްބެ ރައްޒާގެވެ.
އޭނާ އަކީ މިދިޔަ އަހަރު އިސްމާއީލް ޖުމައިހް (ޖުމާ) އާއި އައިމިނަތު ރަޝްފާ (އާޝާ) ކުޅުނު ލަވަ "ގުނަމުން މިދާ" ގެ ޑައިރެކްޓަރެވެ.
ޝަލަބީގެ "ފަތްމިނި" އަކީ އަންހެނުން ޝިފާ
ޝަލަބީގެ "ފަތްމިނި" މާދަމާ ފެންނާނެ
ތުރުކީން ގެނެސްދޭ "ތިޔަ ސޫރަ" ދައްކާލައިފި
ދިވެހި ވީޑިއޯ ލަވައެއް ތުރުކީން
"ލޯބިވެވިއްޖެ"ގެ ލަވަތައް ސައުންޑްކްލައުޑަށް
"ގުނަމުން މިދާ" ގެ އޯޑިއޯ އަށް ފަހު ވީޑިއޯ
ލަވަކިޔުންތެރިޔާ އަޝްފާ "ބީވީމާ" އިން އެކްޓިން އަށް
"ލޯބިވެވިއްޖެ" ގެ ޕްރޮމޯޝަނަލް ލަވަ ކާސްޓުންގެ އަޑުން
މަރިޔަމް ނިޝާގެ ހަނދާން އާކޮށްލުމެއް
"ނޮވެމްބާ" ގެ ފުރަތަމަ ލަވައަކީ "މޫސުން"