09 ފެބުރުއަރީ 2021
ވޮޝިންޓަން (ފެބްރުއަރީ 9) - އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދެ ވަނަ އިމްޕީޗްމަންޓް ޝަރީއަތް ސެނެޓުގައި މިއަދު ފަށާއިރު އެކަން އަވަސް ކުރުމުގެ ތާވަލަކަށް ސެނެޓުގެ ލީޑަރުން އެއްބަސްވެއްޖެ އެވެ.
ވޮޝިންޓަން (ފެބްރުއަރީ 9) - އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދެ ވަނަ އިމްޕީޗްމަންޓް ޝަރީއަތް ސެނެޓުގައި މިއަދު ފަށާއިރު އެކަން އަވަސް ކުރުމުގެ ތާވަލަކަށް ސެނެޓުގެ ލީޑަރުން އެއްބަސްވެއްޖެ އެވެ.
ކުރީގެ ރައީސް އިމްޕީޗް ކުރަނީ ޖެނުއަރީ 6 ވަނަ ދުވަހު ޓްރަމްޕުގެ ސަޕޯޓަރުން ކެޕިޓަލް ހިލް އަށް ވަދެ ހިންގި ހަމަނުޖެހުމަށް ހިތްވަރުދިން ކަމުގެ ކުށުގަ އެވެ. ޑިމޮކްރެޓިކުން ބުނަނީ ޓްރަމްޕާ ދެކޮޅަށް ބައިވަރު ހެކި އެބަހުރި ކަމަށެވެ. އެކަމަކު ޓްރަމްޕުގެ ދިފާއީ ޓީމުން ބުނަނީ ހަމަނުޖެހުން ހިންގި ބަޔަކު އެކަން ކުރީ، މީހަކު ބުނެގެން ނޫން ކަމަށާއި އެ މީހުން އަމިއްލަ އަށް ކަމަށެވެ.
ޓްރަމްޕުގެ ދިފާއީ ޓީމުން ބުނެފައި ވަނީ ދެވަނަ ފަހަރަށް އިމްޕީޗްކޮށްފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށެވެ. އަދި އަންގާރަ ދުވަހު ފަށާ އިމްޕީޗްމަންޓް ޝަރީއަތް ފޯކަސް ކުރާނީ އެއީ ގާނޫނީ ގޮތުން ކުރިއަށް ގެންދެވިދާނެ މައްސަލައަކަށްތޯ ބެލުމަށް ކަމަށެވެ. ސަބަބަކީ ޓްރަމްޕަކީ މިހާރު ރައީސެއް ނޫން ކަމަށްވާތީ އެވެ. އެކަމަކު ޑިމޮކްރެޓިކް ޕާޓީގެ އިމްޕީޗްމަންޓް މެނޭޖަރުން ބުނަނީ ވެރިކަމުން ވަކިވެވަޑައިގެންނެވި ނަމަވެސް، ވެރިކަމުގައި ހުންނަވައިގެން ކުރެއްވި ކަންކަމުގެ ޒިންމާ އުފުއްލަވަން ޖެހޭނެ ކަމަށެވެ.
ޓްރަމްޕަކީ އެމެރިކާގެ ތާރީޚުގައި ވެސް ދެވަނަ ފަހަރަށް އިމްޕީޗްކުރާ ފުރަތަމަ ރައީސް އެވެ. ސެނެޓުގެ ޝަރީއަތުގައި ޓްރަމްޕް ކުށްވެރިވާނީ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުންނެވެ. އެ އަދަދަށް ވޯޓު ހޯދަން ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީގެ 17 މެންބަރުންގެ ތާއީދު ބޭނުންވާނެ އެވެ. ދެން ރައީސްކަމުގެ މަގާމަށް ޓްރަމްޕަށް ކުރިމަތިނުލެވޭ ގޮތަށް ވެސް ސެނެޓުގެ އަޣުލަބިއްޔަތުން ނިންމިދާނެ އެވެ.
ސެނެޓުގައި ހިމެނޭ ދެ ޕާޓީން ވެސް މިހާރު ވަނީ އިންސާފުވެރިކަމާ އެކު ޝަރީއަތް ކުރިއަށް ގެންދިއުމުގެ ފްރޭމްވޯކަކަށް އެއްބަސްވެފަ އެވެ. އިމްޕީޗްމަންޓް ޝަރީއަތް ކުރިއަށް ގެންދިއުމާ މެދު އަންގާރަ ދުވަހުގެ ރޭ ވޯޓުލުމަށް ފަހު ދެ ފަރާތުން ވެސް ބަޔާންތައް ހުށަހަޅާނީ ބުދަ ދުވަހު އެވެ. އެކަމަށް ކޮންމެ ޕާޓީއަކަށް ވެސް 16 ގަޑިއިރު ދޭނެ އެވެ. ޓްރަމްޕް ވަނީ ސެނެޓަށް ވަޑައިގެން ހެކި ބަސް ދެއްވުމަށް ދެކޮޅު ހައްދަވައިފަ އެވެ.
ސެނެޓުގެ ޝަރީއަތް އަވަސްކުރަން ދެ ޕާޓީން ވެސް އެއްބަސްވެފައި ވަނީ ރައީސް ޖޯ ބައިޑަންގެ ކޮރޯނާވައިރަސް ރިލީފް ޕެކޭޖާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފުރުސަތު ދިނުމަށްޓަކަ އެވެ.
ތުހުމަތުތަކަށް ޓްރަމްޕް އިންކާރު، އެއްޗެއް ވިދާޅެއްނުވި
ދައުވާތައް ސާބިތުވެއްޖެއްޔާ ޓްރަމްޕު ހަނާވެގެންދާނެ
ޓްރަމްޕް ސަލާމަތްވުމަކީ ޑިމޮކްރެސީގެ ބަލިކަށިކަން
ޓްރަމްޕް ކުށްވެރިކުރަން ސެނެޓުން ފާހެއް ނުވި
ޓްރަމްޕުގެ އިމްޕީޗްމަންޓް ޝަރީއަތް ނިމުމަކަށް
ޓްރަމްޕްގެ ޝަރީއަތް: ވީޑިއޯތަކުން ސެނެޓަށް ހިމޭންކަން
ޓްރަމްޕުގެ އިމްޕީޗްމަންޓް ކުރިއަށް ގެންދަން ފާސްކޮށްފި
ޓްރަމްޕް ކުށްވެރިނުވުމަކީ ޑިމޮކްރެސީއަށް ދެވޭ ގެއްލުމެއް
ސެނެޓުގައި ޝަރީއަތް ފަށާއިރު ވަކީލުން ޓްރަމްޕާ ދުރަށް
ސެނެޓުގައި ޓްރަމްޕުގެ ޝަރީއަތް އަންނަ މަހު