19 ޖެނުއަރީ 2021
ޝާހިދު ކަޕޫރްގެ އާ ފިލްމު "ޖާޒީ" މި އަހަރުގެ ނޮވެމްބަރު މަހުގެ 5 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
ޝާހިދު ކަޕޫރްގެ އާ ފިލްމު "ޖާޒީ" މި އަހަރުގެ ނޮވެމްބަރު މަހުގެ 5 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
ޝާހިދު ކްރިކެޓް ކުޅުންތެރިއެއްގެ ރޯލުން ފެންނާނެ މި ފިލްމަކީ 2019 ގެ ތެލެގޫ ފިލްމު "ޖާޒީ" ގެ ރިމޭކެކެވެ. ހިންދީ ފިލްމު ވެސް ޑައިރެކްޓްކުރީ އޮރިޖިނަލް ޑައިރެކްޓްކުރި ގޯތަމް ތިނައްނޫރީ އެވެ.
"ޖާޒީ" ގައި ޝާހިދާ އެކު ފެންނާނެ ކާސްޓުންގެ ތެރޭގައި އޭނާގެ ބައްޕަ ޕަންކަޖް ކަޕޫރާއި ބަތަލާ މުރްނާލް ތާކޫރް ހިމެނެ އެވެ.
ޝާހިދު އެންމެ ފަހުން ވެސް ފެނިފައި ވަނީ ތެލެގޫގެ ފިލްމެއްގެ ރިމޭކަކުންނެވެ. އެއީ 2018 ގެ "އަރުޖުން ރެޑީ" ގެ ރިމެކްގެ ގޮތުގައި ގެނެސްދިން 2019 ގެ "ކަބީރު ސިންގް" އެވެ. އަދި އެ ފިލްމަކީ ޝާހިދުގެ ކެރިއަރުގެ އެންމެ ކާމިޔާބު އަދި 2019 ގައި އެންމެ ހިނގި އެއް ފިލްމެވެ.
JERSEY releasing in theatres this DIWALI 5th November 2021. The triumph of the human spirit. A journey I am so very proud of. This ones for the TEAM .... @mrunal0801 @gowtam19 @GeethaArts@theamangill @SVC_official @SitharaEnts pic.twitter.com/WvDz7llMpv
— Shahid Kapoor (@shahidkapoor) January 17, 2021
"ޖާޒީ" އަކީ ކޮވިޑްގެ ބަލިމަޑުކަން ކުރިމަތިވި ނުވި ނަމަ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ރިލީޒްކުރާނެ ފިލްމެކެވެ.
ޝާހިދުގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް "ގަވަރް" ހިމެނެ އެވެ.
މިދިޔަ މަހުގެ ތެރޭގައި އެންމެ 10 ދުވަހުން ޝޫޓިން ނިންމައިލި އެކްޓަރު ކާތިކް އާރިޔަންގެ ފިލްމު "ދަމާކާ" ނެޓްފްލިކްސް އިން ޕްރިމިއާކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އެ ފިލްމުގެ ޑައިރެކްޓަރު ރާމް މަދުވާނީ އާއި ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ މިހާރު އަންނަނީ މިކަމާ ބެހޭ ގޮތުން ނެޓްފްލިކްސްއާ އެކު މަޝްވަރާކުރަމުންނެވެ. އަދި ދެ ފަރާތަށް މި ހަފުތާގެ ތެރޭގައި ނުވަތަ އަންނަ ހަފުތާގެ ތެރޭގައި އެއްބަސްވުމަކަށް އާދެވުމާ އެކު "ދަމާކާ" ޕްރިމިއާކުރާނެ ތާރީހެއް އިއުލާންކުރާނެ އެވެ.
Miliye #ArjunPathak se #Dhamaka ?@RamKMadhvani #RonnieScrewvala #amitamadhvani @RSVPMovies @OfficialRMFilms pic.twitter.com/Qmkzi8smp2
— Kartik Aaryan (@TheAaryanKartik) December 21, 2020
ރިޕޯޓްތައް ބުނާގޮތުން ކާތިކް 20 ކްރޯޑް ރުޕީސް (2.73 މިލިއަން ޑޮލަރު) އަށް ކުޅުނު ފިލްމު ޑިޖިޓަލްކޮށް ޕްރިިމިއާކުރަން ނިންމާފައިވާތީ ފިލްމުގެ ޓީމުން ވަނީ އޭނާ އަށް އިތުރު 7 ކްރޯޑް ރުޕީސް (956,467 ޑޮލަރު) ވެސް ދީފަ އެވެ. ކާތިކް "ދަމާކާ" އަށް އެއްބަސްވުމުގެ ޝަރުތުތަކުގެ ތެރޭގައި ފިލްމު ސިނަމާތަކާއި ރިލީޒްކުރުމާއި ފިލްމު އަޅުވައިގެން ލިބޭ އާމްދަނީ ބައިއެޅުން ވެސް ހިމެނޭ ކަމަށްވެ އެވެ.
އެހެންވެ ފިލްމު ޑިޖިޓަލްކޮށް ރިލީޒްކުރަން ނިންމުމުން އިތުރު 7 ކްރޯޑް ދިނީ އެވެ.
މި ފިލްމަކީ 2013 ގެ ކޮރެއާ ފިލްމު "ދަ ޓެރާ ލައިވް" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.
ކުރިން ސިނަމާތަކަށް ގެންނަން ނިންމި ނަމަވެސް މިހާރު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރާ ގޮތަށް ނިންމި ޑައިރެކްޓަރު ސަންޖޭ ގުޕްތާގެ ފިލްމު "މުމްބާއީ ސާގާ" އެމެޒޯނަށް ވިއްކައިލީ 65 ކްރޯޑް ރުޕީސް (8.88 މިލިއަން ޑޮލަރު) އަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
They rose from the streets of Bombay to rule Mumbai.
— John Abraham (@TheJohnAbraham) June 14, 2019
Presenting #MumbaiSaga 1st Look
@emraanhashmi @_SanjayGupta @itsBhushanKumar @SunielVShetty @bindasbhidu @prateikbabbar @rohitroy500 @GulshanGroverGG #AmoleGupte @tseries @Whitefeatherfilms pic.twitter.com/7zojEo1otW
މި ފިލްމަކީ ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.
"މުމްބާއީ ސާގާ" ގެ ކާސްޓުންގެ ތެރޭގައި ޖޯން އަބްރަހަމާއި އިމްރާން ހާޝިމީ އާއި ކާޖަލް އަގަރްވާލާއި ސުނިލް ޝެޓީ އާއި ޕްރަތީކް ބައްބަރާއި އަދި ޝަރުމަން ޖޯޝީ ފަދަ ތަރިން ހިމެނެ އެވެ.
މި ފިލްމަކީ 2017 ގައި ރިތިކް ރޯޝަނާއި ޔާމީ ގޯތަމާ އެކު ގެނެސްދިން "ކާބިލް" އަށް ފަހު، ސަންޖޭ ގެނެސްދޭ ފުރަތަމަ ފިލްމެވެ.
"މުމްބާއީ ސާގާ" އަކީ ކޮވިޑް ކުރިމަތި ނުވި ނަމަ މިދިޔަ އަހަރުގެ ޖޫންގައި ރިލީޒްކުރާނެ ފިލްމެކެވެ.
މިދިޔަ އަހަރު ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް ރާއްޖޭގައި މެގަޒިންއަކަށް ޝޫޓްކުރި ފޮޓޯޝޫޓްގެ ތެރެއިން ނަގާފައިވާ ފޮޓޯއަކާ އެކު ޕީކޮކް މެގަޒިންގެ އާ ކަވަރު ދައްކާލައިފި އެވެ.
Guys #katrinakaif is trending now on the Top in my country #MOROCCO
— The_Tigress_Katrina ?? (@tigress_kaif) January 16, 2021
??????? pic.twitter.com/3KwT8vTknI
ކެޓްރީނާ އިންސްޓަގްރާމްގައި ވެސް ޕޯސްޓްކޮށްފައި ކަވަރުގައި ފެންނަނީ ރަތް ކުލައިގެ ހެދުމެއްގައި ގޮނޑުދޮށެއްގައި އިށީނދެލައިގެން އިންނަ ތަނެވެ. ފޮޓޯޝޫޓް ކުރިއަށް ގެންދިޔައީ ސޮނެވާފުށި ރިސޯޓްގަ އެވެ.
އެތަނުގައި ޝޫޓްކުރި ކަވަރުގެ ސުރުހީ އަކީ "ދި އައިކޮނިކް ސްޓާ ކެޓްރީނާ ކައިފް އޮން ކޭ ބިއުޓީޒް ސަކްސެސް އެންޑް ބިލްޑިން އަ ބްރޭންޑް" އެވެ.
ފެޝަން މެގަޒިންޒިންއެއްގެ ގޮތުގައި ނެރޭ ޕީކޮކް މަޖައްލާގެ ފެބްރުއަރީ/މާޗްގެ އަދަދުގައި ކެޓްރީނާ ހިމަނާފައި ވަނީ މީގެ ތިން ވަރަކަށް އަހަރު ކުރިން އޭނާ ލޯންޗްކުރި އަމިއްލަ މޭކަޕް ލައިން ކޭ ބިއުޓީގެ ކާމިޔާބީއާ ގުޅިވައިގެންނެވެ. ކެޓްރީނާގެ އިންޓަވިއުގައި ރާއްޖޭގައި ނަގާފައިވާ ގިނަ ފޮޓޯތަކެއް ވެސް ހިމަނާފައި ހުންނާނެ ކަމަށް ގަބޫކުރެވެ އެވެ.
ބޮލީވުޑްގެ ބޮޑު ފިލްމުތަކަކަށް އާ ތާރީހުތަކެއް
ސަލްމާންގެ އަންތިމް އާއި އަޖޭގެ މައިދާން ޑިޖިޓަލްކޮށް؟
"މުމްބާއީ ސާގާ" އެމެޒޯން ޕްރައިމް ވީޑިއޯ އަށް
"މުމްބާއީ ސާގާ" އެމެޒޯނަށް ވިއްކާލައިފި؟
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ސޫރިޔަވަންޝީ" މިހާރު ނެޓްފްލިިކްސްގައި
"ސޫރިޔަވަންޝީ" އަންނަ މަހު ނެޓްފްލިކްސް އަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް