13 ޑިސެމްބަރ 2020
ދައުލަތުން ބަލަހައްޓަމުން ދިޔަ ކުދިންތަކެއް ބަރަހަނާކޮށްގެންނާއި އެކި ގޮތްގޮތަށް އަނިޔާކުރި މައްސަލައިގައި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދި ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
ދައުލަތުން ބަލަހައްޓަމުން ދިޔަ ކުދިންތަކެއް ބަރަހަނާކޮށްގެންނާއި އެކި ގޮތްގޮތަށް އަނިޔާކުރި މައްސަލައިގައި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދި ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ދައުވާ އުފުލައިދޭން އެދުނީ ވިލިމާލެ ކުޑަކުދިންގެ ހިޔާގައި ތިބި 18 އަހަރު ނުފުރޭ ކުދިންތަކަކަށް 2017 އާއި 2018 ވަނަ އަހަރު ނަފްސާނީ އަދި ޖިސްމާނީ އަނިޔާދީ އެ ކުދިންގެ ކަރާމާތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށެވެ. މި މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި، ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން ޕީޖީގެ ސަމާލުކަމަށް ގެންނެވި މައްސަލައެކެވެ.
މި މައްސަލައިގައި ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވިގެން މައްސަލަ ތަހުގީގުކޮށްދޭން ފުލުހުންގެ މައްޗަށް ޕީޖީ އަމުރެއް ނެރުއްވީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
- ވ. ސަމާހިޔާ، މުހައްމަދު ޝަރީފް: ގައިގައި އަތްލުމުގެ ދައުވާ.
- ވ. ފަންސި، ހުސެއިން އަހްމަދު: ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތަށް ހުރަސްއެޅުން.
- ވ. ރިއޯ، އަލީ އަހްސަން: ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދެ ދައުވާ އާއި ގައިގައި އަތްލުމުގެ ތިން ދައުވާ.
- މއ. އަކިރިފުށި، ނަޖީހް، އަހްމަދު: ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތަށް ހުރަސްއެޅުމުގެ ދެ ދައުވާ އާއި ގައިގައި އަތްލުމުގެ ދެ ދައުވާ.
- ހ. ފޯސީޒަން، އަހްމަދު ވަނޫދު: ގައިގައި އަތްލުމުގެ ހަ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތަށް ހުރަސްއެޅުމުގެ ދެ ދައުވާ.
- ވ. އާސްމާން މަންޒިލް، ހުސެއިން ހަމްދޫން: ބިރުދެއްކުމާއި ގައިގައި އަތްލުމުގެ ދައުވާ.
ޕީޖީ އޮފީހުން ބުނިގޮތުގައި މި މައްސަލައިގައި ދައުވާކޮށްފައިވާ މީހުންނާއި މި މައްސަލައިގައި ޝާމިލްވާ އިތުރު މީހުން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތަހުގީގު ވެސް އިދާރާތަކުން އަންނަނީ ކުރަމުންނެވެ.
"އެ މައްސަލަތައް ނިމި މި އޮފީހަށް ލިޔެކިޔުންތައް ލިބުމުން ހެއްކާއި ގަރީނާގެ މައްޗަށް ބަލައި އެ މައްސަލަތަކުގައި ވެސް ދައުވާކުރަން ޖެހޭ ކަަމަށް ފެންނަ މީހުންގެ މައްޗަށް ދައުވާކުރުމުގެ ކަންކަން މި އޮފީހުން ކުރިއަށް ގެންދާނަމެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.
ހިޔާގެ ކުދިންނަށް އަނިޔާކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ބެލި އެވެ. އަނިޔާގެ އެ މައްސަލައިގައި ހިޔާގައި މަސައްކަތްކުރާ މުވައްޒަފުންތަކަކަށް ޖެންޑާ މިނިސްޓްރީން އިދާރީ ފިޔަވަޅު އަޅައި އެޗްއާރުސީއެމަށް ފޮނުވި މި މައްސަލަ، އެޗްއާރުސީއެމްގެ އަހަރީ ރިޕޯޓު އެކުލަވާލި އިރު އޮތީ "ނުބަލަން ނިންމި މައްސަލަތަކެއް"ގެ ގޮތުގައި ތައްގަނޑު ޖަހައިފަ އެވެ.
މަޖިލީހުގެ ކޮމިޓީން މިއީ މައްސަލައެއްގެ ގޮތުގައި ނަގައި، އޭރުގެ އެޗްއާރުސީއެމްގެ މެމްބަރުން ޖަވާބުދާރީ ވެސް ކުރުވި އެވެ.
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
އަނބިމީހާގެ ގަޔަށް ވަޅިހެރީ ނިދާފައި އޮއްވައި
އީސައާމެދު އަމަލުކުރީ ތަފާތުކުރުން އޮންނަ ގޮތަށް: ކޯޓް
އީސަ ދަރިފުޅު ބެލްކަނިން ވައްޓާލަން އުޅުމުގެ ތުހުމަތު
ރުގްޔާ ނަމުގައި އަނިޔާކުރި 2މީހުންގެ މައްސަލަ ޕީޖީއަށް
ޑްރަގް މައްސަލައިގައި ޝަހީބުގެ މައްޗަށް ތިން ދައުވާއެއް
130 ކިލޯ ޑްރަގްސް: "ބޮޑުން" ދޫވެ، ސުވާލުތަކެއް
އެއްބަސްވުމެއް ހެދީ ބޭރަށް ފޮނުވާ ގޮތަށް: އަދީބު
ގްރޫމްކޮށްގެން ޖިންސީގޯނާކުރި މައްސަލާގައި ދައުވާކޮށްފި
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް