Roadha Mihaaru
ސިލްކް އެއާގެ ދަތުރުތައް އަލުން ފަށައިފި

ސިލްކް އެއާގެ ދަތުރުތައް އަލުން ފަށައިފި

02 ޑިސެމްބަރ 2020

ސިންގަޕޫރުގެ ރީޖަނަލް އެއާލައިން، ސިލްކް އެއާގެ ދަތުރުތައް ރާއްޖެ އަށް އަލުން ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ސިންގަޕޫރުގެ ރީޖަނަލް އެއާލައިން، ސިލްކް އެއާގެ ދަތުރުތައް ރާއްޖެ އަށް އަލުން ފަށައިފި އެވެ.

މި އެއާލައިނަކީ ސިންގަޕޫރުގެ ގައުމީ އެއާލައިން، ސިންގަޕޯ އެއާލައިންގެ ދަށުން ހިންގާ އެއާލައިނެކެވެ. މި އެއާލައިނުން ރާއްޖެ އަށް ހަފްތާއަކު ދެ ދަތުރު ކުރާނެ އެވެ.

ސިލްކް އެއާއިން ރާއްޖެ އަށް ދަތުރު ފަށާފައިވަނީ 2015ގަ އެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާ ގުޅިގެން އެ އެއާލައިނުގެ ދަތުރުތައް މަޑުޖައްސާލި އެވެ. ބޯޑަރު ބަންދު ކުރުމުގެ ކުރިން އެ އެއާލައިނުން ހަފްތާއަކު 16 ދަތުރު ކުރި އެވެ.

ސިލްކް އެއާއަށް މަރުހަބާ ކިޔައި ވީއައިއޭއިން ކުރި ޓްވީޓު--

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިފަހުން މިހާތަނަށް 18 އެއާލައިނަކުން ވަނީ ރާއްޖެ އަށް އަލުން ދަތުރުތައް ފަށައިފަ އެވެ. މީގެ ތެރޭގައި އަޒުރް އެއާ އާއި ގަތަރާއި އިއްތިހާދު އެއާވޭސް އަދި ލުފްތަންސާ ފަދަ އެއާލައިންތައް ހިމެނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި މަހު އިތުރު ނުވަ އެއާލައިނަކުން ރާއްޖެ އަށް ދަތުރު ފަށާނެ އެވެ.