20 ނޮވެމްބަރ 2020
ޖިންސީ ފުރައްސާރަ ކުރުމަކީ އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ސަގާފަތެއްހެން އަށަަގަނެފައިވާ ކަމެއް ކަމަށް އެ ކޮމިޝަންގެ ބައެއް މުވައްޒަފުން ބުންޏަސް، މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއާ ހަމައަށް އައިސްފައި ވަނީ މަގާމުން އިއްޔެ އިސްތިއުފާ ދެއްވި، އެ ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމްގެ މައްސަލަ އެކަނި ކަމަށް، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެމްބަރަކު ވިދާޅުވެއްޖެ އެވެ.
ޖިންސީ ފުރައްސާރަ ކުރުމަކީ އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ސަގާފަތެއްހެން އަށަަގަނެފައިވާ ކަމެއް ކަމަށް އެ ކޮމިޝަންގެ ބައެއް މުވައްޒަފުން ބުންޏަސް، މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއާ ހަމައަށް އައިސްފައި ވަނީ މަގާމުން އިއްޔެ އިސްތިއުފާ ދެއްވި، އެ ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމްގެ މައްސަލަ އެކަނި ކަމަށް، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެމްބަރަކު ވިދާޅުވެއްޖެ އެވެ.
ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ ގުޅިގެން އަކްރަމް ވަކިކުރަން ކޮމިޓީން ނިންމާފައިވަނިކޮށް އިއްޔެ އޭނާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
އެ ކޮމިޓީގެ މެމްބަރަކު އިއްޔެ ވިދާޅުވީ، އީސީގެ މެމްބަރުންނަށް މީގެ ކުރިން ތިއްބެވި ބައެއް ބޭފުޅުންނަށް ވެސް ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް ކުރި ކަމަށެވެ. އެކަމަކު މަގާމުތައި ތިއްބެވި ބޭފުޅުންގެ ތެރެއިން މިހާރު އެފަދަ ޝަކުވާއެއް ކޮށްފައިވަނީ ހަމައެކަނި އަކްރަމްއާ ގުޅޭގޮތުން ކަމަށް ވިދާޅުވި އެވެ.
އަކްރަމްގެ މައްޗަށް ތުހުމަތުކުރި މައްސަލައިގައި އީސީގެ ހަތް އަންހެން މުވައްޒަފަކު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކޮށް ސުވާލުކުރި އެވެ. އަކްރަމްގެ ފަރާތުން އެ މީހުންނަށް ޖިންސީ ފުރައްސާރައިގެ އެކި އުނދަގޫތައް ކުރިމަތިވެ އެ ޝަކުވާތައް ކުރިއަސް އެ ތުހުމަތުތަކާ އަކްރަމް ދޮގުކުރައްވަ އެވެ.
އިސްތިއުފާ ދެއްވަމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި އަކްރަމް ވިދާޅުވީ، އެއީ ވަކި ބައެއްގެ ރޭވުމެއްގެ ތެރެއިން ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއްގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.
"އެ މައްސަލައިގައި ތުހުމަތުކޮށްފައިވާ އެއްވެސް ކަމެއް އަޅުގަނޑުގެ ފަރާތުން ހިނގާފައި ނުވާ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ،" ސިޓީގައި ބުންޏެވެ.
Today I have submitted my resignation from EC. pic.twitter.com/yLFeNkRVQp
— Ahmed Akram (@akram4535) November 19, 2020
"މިހާރު" އާ ވާހަކަ ދެއްކެވި ކޮމިޓީގެ މެމްބަރު ވިދާޅުވީ، ގަދަކަމުން އެ އަންހެން މުވައްޒަފުންނާ އަކްރަމް ބެހުނު ކަމުގެ އެއްވެސް ތުހުމަތެއް ނެތް ކަމަށެވެ. ނަމަވެސް މިހާރު ވެސް ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން، ސުލޫކީ އަދި އަހުލާގީ މައްސަލައަކަށް ވާތީ މަގާމުން ވަކިކުރަން ނިންމީ ކަމަށް ވިދާޅުވި އެވެ.
"ކުދިންގެ ވާހަކަތަކުން ބޮޑަށް ބުރަވެވެނީ އެގޮތަށް ހިނގި ކަމަށް،" އޭނާ ވިދާޅުވި އެވެ.
ގާނޫނުގައި ބުނާގޮތުން، އޮފީސްތަކުގައި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބަލާ ކޮމިޓީ އޮންނަން ޖެހޭއިރު، މިނިވަންކަމާއެކު މައްސަލަ ބެލޭނެ އިންތިޒާމެއް އީސީގައި ނެތް ކަމަށް ވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓިގެ މެމްބަރު ވިދާޅުވި އެވެ. އަދި އިޖުރާއަތްތައް ފުރިހަމަނުކޮށް ކޮމިޓީ އެކުލަވާލާފައިވާކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވި އެވެ.
އީސީގައި އެކުލަވައިލާފައިވާ ޖިންސީ ފުރައްސާރައިގެ ކޮމިޓީއަށް މީގެ ކުރިން ވަނީ، އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާގެ މައްސަލަ ހުށަހަޅައިފަ އެވެ. ނަމަވެސް އެ ކޮމިޓީން ނިންމީ އަމްޖަދުގެ މައްޗަށް އެ މައްސަލަ ސާބިތުނުވާ ކަމަށެވެ.
އަކްރަމް އީސީން އިސްތިއުފާ ދެއްވައިފި
އަކްރަމް އީސީން ވަކިކުރަން ކޮމެޓީން ފާސްކޮށްފި
ހަބީބުގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ހުށަހެއްނާޅާ
ފުރައްސާރައާ ހެދި މުވައްޒަފަކު މަރުވާން އުޅުނު: ކޮމެޓީ
އީސީގެ ނައިބުރައީސް އަކްރަމަށް ފުރައްސާރައިގެ ތުހުމަތު
އީވާގެ ވާހަކައާ އެކު މައްސަލަ ހޫނުވެ އިޔާޒުގެ ރައްދެއް
އީވާގެ ބަހުގެ ވަރުގަދަ ހަމަލާތަކެއް ޑރ. އިޔާޒަށް
ޓޫރިޒަމް މިނިސްޓްރީ އަށް ކުރި ތުހުމަތުތައް ބަލަނީ
ޖޫރިމަނާކުރަން އުޅެނީ ބިރުދައްކަން: އެޑިޓަރުން
ޖިންސީ ގޯނާ މައްސަލާގައި މަޖިލިހުން މީޑިއާތަކާ ދެކޮޅަށް