10 ނޮވެމްބަރ 2020
އިންޑިއާގައި މިހާރު ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޑިޖިޓަލް ޕްލެޓްފޯމް އެމެޒޯން ޕްރައިމް ވީޑިއޯއާ އެކު، އަޖޭ ދޭވްގަން ވަރަޑް ބޮޑު އަގަކަށް ފަސް ފިލްމެއްގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިންޑިއާގައި މިހާރު ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޑިޖިޓަލް ޕްލެޓްފޯމް އެމެޒޯން ޕްރައިމް ވީޑިއޯއާ އެކު، އަޖޭ ދޭވްގަން ވަރަޑް ބޮޑު އަގަކަށް ފަސް ފިލްމެއްގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އަޖޭ އަކީ ސަލްމާން ޚާން ފިޔަވައި، ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން މިހާތަނަށް އެންމެ ބޮޑު ޑީލެއް އެމެޒޯން އާ އެކު ހެދި ތަރިއެވެ. އެކަމަކު އަޖޭ އެމެޒޯންއާ އެކު ހެދި ޑީލުގެ އަގާއި އޭގެ ދަށުން ހަދާނެ ކަމަށް ބުނާ ފަސް ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފަ އެވެ.
މި އެއްބަސްވުމުގެ ދަށުން އަޖޭގެ ފިލްމުތަކުގެ ޑިޖިޓަލް ރައިޓްސް އެމެޒޯނަށް ލިބުމުގެ އިތުރަށް، އެމެޒޯނާ ގުޅިގެން އަޖޭ އުފެއްދުންތަކެއް ގެނެސްދޭނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އަންނަ އަހަރަށް ފަސްކޮށްފައިވާ އަޖޭގެ ކުޅިވަރު ފިލްމު "މައިދާން" ގެ ޑިޖިޓަލް ރައިޓްސް ވެސް ލިބޭނީ އެމެޒޯން އަށެވެ.
ބައެއް މީޑިއާތަކުން ބުނި ގޮތުގައި އެމެޒޯންއާ އެކު އަޖޭ ބޮޑު އެއްބަސްވުމެއް ހެދީ ސްޓާ ނެޓްވޯކްގެ ސްޓްރީމިން ޕްލެޓްފޯމެއް ކަމަށްވާ ހޮޓްސްޓާ އަށް ""ލޫތާ" ކިޔާ ވެބް ސީރީޒެއް ވެސް ކުޅެން އެއްބަސްވެފައި ވަނިކޮށެވެ. އެ ވެގެން ދާނީ އަޖޭގެ އަލަތު ވެބް ސީރީޒަށެވެ. އަދި އަޖޭ އަކީ އަންހެނުން ކާޖޮލް މުހިއްމު ރޯލެއް ކުޅޭ ނެޓްފްލިކްސް ފިލްމު "ތުރިބާންގާ" ގެ ޕްރޮޑިއުސަރެވެ. އެ ފިލްމަކީ "ހަމް އާޕް ކޭ ހޭ ކޯން" ފަދަ ފިލްމުތަކުން ފެނިފައިވާ ބަތަލާ ރެނޫކާ ޝަހާނޭ ޑައިރެކްޓްކުރާ ފިލްމެކެވެ.
އަޖޭ އަކީ ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އެންމެ ކާމިޔާބު އަދި އެންމެ ޑިމާންޑް ބޮޑު އެކެކެވެ. އޭނާ އެމެޒޯނާ އެކު އެއްބަސްވުމެއް ހަދާފައި ވަނީ ޑައިރެކްޓްކުރާ ތިން ވަނަ ފިލްމު "މޭޑޭ" ވެސް އިއުލާންކޮށްފައި ވަނިކޮށެވެ.
މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި "ތާނާޖީ" ދި އަންސަންގް ވޮރިއާ" އަށް ފަހު އަޖޭ ދެން އެންމެ އަވަހަށް ފެންނާނީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރަން ހަމަޖެހިފައިވާ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އިންނެވެ. އޭނާގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "އާރްއާރްއާރް" އާއި "ތޭންކް ގޯޑް" އަދި ތަމަޅަ ފިލްމު "ކައިތީ" ގެ ރިމެކް ހިމެނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން އެކްޓަރު ޝާހިދު ކަޕޫރް ވެސް ވަނީ އެމެޒޯނާ އެކު ވެބް ސީރީޒަކަށް 60 ކްރޯޑް ރުޕީސް (8.2 މިލިއަން ޑޮލަރު) އަށް ސޮއިކޮށްފަ އެވެ. އޭގެ ޑައިރެކްޓަރުންނަކީ ރާޖް އެންޑް ޑީކޭ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ނުޝްރަތުގެ ބިރުވެރި ފިލްމު 26 ގައި އެމެޒޯނަށް
ވިކީގެ ފިލްމު އޮކްޓޯބަރު 16 ގައި އެމެޒޯން ޕްރައިމަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް