14 އޮކްޓޯބަރ 2020
ޓްވިޓާ އަށް މި މަހުގެ 10 ވަނަ ދުވަހު މި ފޮޓޯތައް ދޫކޮށްލި އިރު، އާންމުންގެ ސަމާލުކަން މާ ބޮޑަށް ލިބޭނެ ކަމަކަށް ޝިއާރަން ޝެނަން ހިއެއް ނުކުރެ އެވެ. އެެކަމަކު ބެލްފާސްޓްގައި ދިރިއުޅޭ މި ބައްޕަގެ މި ތިން ފޮޓޯ ވެގެން ދިޔައީ އެތައް ވާހަކައެއް ކިޔައިދިން އެއްޗަކަށެވެ. އަދި މިއީ އެތައް ބަޔަކު ޖަޒުބާތު ވެސް ކޮށްލި ފޮޓޯތަކެކެވެ.
ޓްވިޓާ އަށް މި މަހުގެ 10 ވަނަ ދުވަހު މި ފޮޓޯތައް ދޫކޮށްލި އިރު، އާންމުންގެ ސަމާލުކަން މާ ބޮޑަށް ލިބޭނެ ކަމަކަށް ޝިއާރަން ޝެނަން ހިއެއް ނުކުރެ އެވެ. އެެކަމަކު ބެލްފާސްޓްގައި ދިރިއުޅޭ މި ބައްޕަގެ މި ތިން ފޮޓޯ ވެގެން ދިޔައީ އެތައް ވާހަކައެއް ކިޔައިދިން އެއްޗަކަށެވެ. އަދި މިއީ އެތައް ބަޔަކު ޖަޒުބާތު ވެސް ކޮށްލި ފޮޓޯތަކެކެވެ.
ކެޕްޝަނަކަށް "ހައު އިޓް ސްޓާޓެޑް" އާއި "ހައު އިޓްސް ގޮއިން އޮން" ޖަހާފައި އާންމުކުރި މި ތިން ފޮޓޯގެ ތެރެއިން އެއް ފޮޓޯގައި ފެންނަނީ ޝެނަން ތުއްތު އަންހެން ކުއްޖެއްގެ އަތުގައި ހިފަހައްޓާލައިގެން ފޮޓޯ އަށް ހުއްޓިގެން ހިނިތުންވެގެން ހުންނަ ތަނެވެ. އެ ފޮޓޯ އަކީ އޭނާގެ އަންހެން ދަރިފުޅު ނިއާމް 1999 ގައި ޕްރައިމަރީ ސްކޫލަށް ދާން ފެށި ދުވަހު ނެގި ފޮޓޯއެކެވެ. ފޮޓޯ އިން ފެންނަ ގޮތުގައި ދަރިފުޅު ހުންނަނީ ސްކޫލް ޔުނިފޯމްގައި، ބުރަކަށީގައި ދަބަސް ވެސް އަޅުވައިގެންނެވެ.
ޝެނަން އާންމުކުރި ތިން ފޮޓޯގެ ތެރެއިން ދެވަނަ ފޮޓޯ އަކީ 2013 ގެ މެއި މަހު ނަގާފައިވާ ފޮޓޯއެކެވެ. އެ ފޮޓޯ އަކީ ނިއާމް ސާނަވީ ސްކޫލް ނިންމައިލި ދުވަހު ނެގި ފޮޓޯއެކެވެ. ތިން ވަނަ ފޮޓޯ އަކީ މީގެ ދެ އަހަރު ކުރިން ނަގާފައިވާ ފޮޓޯއެކެވެ. އެއިން ފެންނަ ގޮތަށް އެއީ ނިއާމް ކޮލެޖުން ގްރެޖްއޭޓްވި ދުވަހެވެ.
How it started. How it’s going pic.twitter.com/wm64ywTmmk
— Ciarán Ó’Seanáin (@CiaranNB) October 10, 2020
މި ތިން ފޮޓޯ އިން ވެސް ދައްކުވައިދެނީ ބައްޕަ އަކު ދަރިއަކަށް ކިޔަވައިދޭން ކުރި މަސައްކަތާއި އެ ދަތުރުގެ އުފާވެރި ހަނދާންތަކެވެ. ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ ތިން ފޮޓޯ ވެސް ނަގާފައި ވަނީ އެއް ތަނެއްގައި ކަމެވެ. އެއީ ޝެނަން އާއި އޭނާގެ އާއިލާ ދިރިއުޅޭ ގޭގެ ކުރިމަތީގައި މަގުގަ އެވެ. ކޮންމެ ފަހަރަކު ވެސް ފޮޓޯ ނެގީ ޝެނަންގެ އަންހެނުންނެވެ. މި ފޮޓޯތަކަށް މިލިއަނަކާ ގާތްކުރާ އަދަދަކަށް މީހުން ލައިކްކޮށް، އެތަކެއް ހާސް ކޮމެންޓެއް ވެސް އޮއްސާލި އެވެ. ގިނަ ބަޔަކު އެންމެ ބޮޑަށް ފާހަގަކުރި ކަމަކީ އަންހެން ދަރިއެއްގެ ތައުލީމަށް ބަފަޔަކު ދިން ސަމާލުކަމާއި ޝައުގުވެރިކަމެވެ.
At last, some good news.
— Mark Simpson (@BBCMarkSimpson) October 12, 2020
Meet the Belfast dad/daughter who are now being seen around the world. pic.twitter.com/Sy8aedNtSV
ފޮޓޯތަކަށް ލިބުނު ސަމާލުކަމާ ގުޅިގެން ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ޝެނަން ބުނީ އޭނާ ހުރީ ހައިރާންވެގެން ގޮސް ބުނާނެ އެއްޗެއް ނޭނގިފައި ކަމަށެވެ.
Great to see former NHA board member Ciaran has started a worldwide trend #HowItStarted #HowItsGoing https://t.co/Z1TDYWBcJC
— Newington HA (@NewingtonHA) October 12, 2020
"އެންމެ އުފާވީ އަހަރެންގެ ދަރިފުޅާ މެދު ކިހާ ފަހުރުވެރިކަން މިލިއަނެއްހާ މީހުންނަށް އިހުސާސްކުރެވުނީތީ،" ޝެނަން ބުންޏެވެ.
އޭނާ ބުނި ގޮތުގައި ފޮޓޯތަކަށް ލިބުނު ލައިކްސް އާއި ކޮމެންޓްތައް އަރައިގެން ދިޔަ މިންވަރުން ހުރީ އަންތަރީސްވެފައި ކަމަށެވެ.
"ކަރަންޓް މީޓަރަކަށް ބަލަން އިންދައި އޭގެ ކަށި މައްޗަށް އަރައިގެންދާ ގޮތަށް އަހަރެންގެ ފޮޓޯތަކަށް ލިބުނު ލައިކްސް އާއި ކޮމެންޓްތައް އަރައިގެން ދިޔައީ." ޝެނަން ބުންޏެވެ. "އަސްލު މިއީ ވަރަށް އެހެން ކަހަލަ އިހުސާސްކުރުވި ކަމެއް."
ޔޫކޭގެ ސްކޫލަކުން ބެލެނިވެރިންނަށް ޑްރެސް ކޯޑެއް ދީފި
އަޚުލާގީ ތަރުބިޔަތުގައި އާއިލާގެ ދައުރު އަދާކުރެވޭބާ؟
ދަރިންގެ ޓިއުޝަންފީ: ބައްޕަ ދޭންޖެހޭ ހަރަދެއް ނޫން؟
އަހަރެންގެ ދަރިން ޑްރަގްސް ބޭނުމެއް ނުކުރާނެ: ސަތަރޭ
ދަރިވަރުންނަށް "ސްކްއިޑް ގޭމް" ނުދައްކަން އަންގަނީ
ބައްޕަ އަށް ސީޕީއާރް ދިން ކުއްޖަކަށް އެވޯޑެއް
އަތްއިސްކޮށްގެން ކުދިންގެ އުޅުން ރަނގަޅުނުވެ ވަނީ ގޯސް
ދަރިން ތަރުބިއްޔަތުކުރަން ކުދިކުދި ބޮޑެތި ކަންތައް
މިކަންކަން އޮޅުވާނުލައި ކުދިންނަށް ކިޔައިދީ
ވޯގް މަޖައްލާގެ ކަވަރުގައި މަލާލާ