26 އޮކްޓޯބަރ 2016
ވެރިކަމަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހޮވެނީ ފޮޓޯގަނޑެއް ހިފައިގެން ނޫން ކަމަށާއި ރައްޔިތުން ބަލައިގަންނަނީ އެ ޕާޓީއެއްގެ އުސޫލްތަކާއި ވިސްނުމާއި ރައްޔިތުންނާ ދޭތެރޭ އޮތް ކުލުނާއި ތަރައްގީ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ށ. ކަނޑިތީމުގައި ވިދާޅުވެއްޖެ އެވެ.
ވެރިކަމަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހޮވެނީ ފޮޓޯގަނޑެއް ހިފައިގެން ނޫން ކަމަށާއި ރައްޔިތުން ބަލައިގަންނަނީ އެ ޕާޓީއެއްގެ އުސޫލްތަކާއި ވިސްނުމާއި ރައްޔިތުންނާ ދޭތެރޭ އޮތް ކުލުނާއި ތަރައްގީ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ށ. ކަނޑިތީމުގައި ވިދާޅުވެއްޖެ އެވެ.
އެ ރަށުގެ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ "އިލްހާމުވެގެން ރާއްޖޭގެ ވެރިކަމަށް އަންނަ ނިޒާމް ހިނގައްޖެ" ކަމަށެވެ. މިހާރު ވެރިކަމަށް އާދެވޭނީ އެ ބައެއްގެ ހުންނަ މުރާލިކަމާއި ހިކުމަތްތެރިކަމެއްގެ މައްޗަށް، ޕާޓީތަކުން ދައްކާ މީހަކު ރައްޔިތުންނަށް އެތަކެއް ކަންތައްތަކެއް ކޮށްދޭނެ ކަމުގެ ޝައުގުވެރިކަން ދައްކައިގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މި ދެންނެވި ކަން ކަމާއެކު ވެރިކަމަށް އައިސް އެ ޕާޓީއެއް ވެރިކަން ކުރާއިރު، އެ ޕާޓީއެއްގެ ހުރިހާ ގުނަވަނަކުން އަދި އެ ޕާޓީއެއްގެ މަޖިލީހުގައި ހިމެނޭ މެމްބަރުން ވެސް ހޮވިފައި އެ ތިބެނީ މެނިފެސްޓޯ ވިއްކައިގެން،" ރައީސް ވިދާޅުވި އެވެ.
"އެއީ ފޮޓޯ ގަނޑެއް ހިފައިގެނެއް ނޫން. އެއީ އުސޫލްތަކަކާއި ޕާޓީން ކޮށްދޭން މި އުޅެނީ ކީއްކަން ވިސްނައިދީގެން ކުރާ ކަމެއް އެއީ."
އެ ވިސްނުމުގައި ރައްޔިތުން ވޯޓުދީ، ވެރިކަމަށް ހޮވައިދިނުމުން ޕާޓީގެ ފިކުރު ދޫކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު މިގޮތަށް ވާހަކަ ދެއްކެވި އިރު ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު މައްސަލަތަކުގައި ޕީޕީއެމް އޮތީ ދެ ފަޅިވެފަ އެވެ.
ރައީސް ވިދާޅުވީ ސިޔާސީ ޕާޓީތަކަކީ ތަސައްވުރަކާއި އުސޫލްތަކެއް އޮންނަ ތަންތަން ކަމަށެވެ. ޕީޕީއެމް ތެރޭގައި މައްސަލަތަކެއް ހުއްޓަސް އެއީ ރާއްޖޭގައި ނަމޫނާ ޕާޓީއެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ޕީޕީއެމުން ކުރިއަށް އޮތް ތަނުގައި ވެސް ކަންކަން ނިންމަން ޖެހޭނީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރައްޔިތުން ބަލައިގަނެފައިވާ އުސޫލްތަކާ އެއްގޮތަށެވެ.
ށ. ކަނޑިތީމުގައި ނަރުދަމާ ނިޒާމު އިފްތިތާހު ކޮށްދެއްވުމަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.-- ޓުވިޓާ ފޮޓޯ: ރައީސް ޔާމީން 2018
އިދިކޮޅު އެމްޑީޕީ އަށް ފާޑުވިދާޅުވެ، އެއީ އުސޫލްތަކެއްގެ މައްޗަށް ބިނާކޮށް އޮތް ޕާޓީއެއްތޯ ރައީސް ސުވާލު އުފެއްދެވި އެވެ. ރައްޔިތުންގެ ޝައުގުވެރިކަން ހޯދަން އެ ޕާޓީން ވެސް ބޭނުންވާ ނަމަ، އުސޫލްތަކެއްގެ މައްޗަށް ޕާޓީގެ ހިންގުން ބިނާ ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އަދި ރައްޔިތުން ބޭނުންވާ ކަންކަން ކުރެވޭނީ މި ދެންނެވި ގޮތަށް މަސައްކަތް ކޮށްގެން،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި އަބަދު ކަންކަން ނިންމަން ޖެހެނީ މަގުމައްޗަކުން ނޫނެވެ. އަދި ތަހުޒީބީ މުޖުތަމައަކަށް ރާއްޖެ ހަދަން ޖާގަ ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"މަގުމައްޗަށް ނުކުންނަން ވެއްޖެ ކަމަށް ވަންޏާ، މަގުމަތީގައި ފެން ހިންދާނެ ވަގުތުކޮޅެއް ވެސް އަޅުގަނޑުމެންނަކަށް ނުލިބޭނެ. އަޅުގަނޑު ބޭނުންވޭ މާލޭގެ މަގުތަކުގައި ފެން ހިންދާ ކާނުތައް ސާފުކޮށް ގާ އަތުރަން. އެހެންވީމަ ސިޔާސީ ޕާޓީތަކުން އެބަޖެހޭ އަޅުގަނޑަށް އެ ޖާގަ ދޭން. އެކަން ނިމުނީމަ ނިކުންނަންވީ މަގުމައްޗަށް،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ޑިިމޮކްރަސީ ތަރުޖަމާވެގެން އަންނަނީ ވަކި މީހަކު ވިސްނާ ގޮތަށް ކަމަށް ގަބޫލުކުރުން ދޫކޮށްލަން ޖެހޭ ކަމަށެވެ. ޑިމޮކްރަސީ އާއި އޭގައިވާ ނިޒާމްތައް ތަރުޖަމާވެގެން ރައްޔިތުންނާ ހަމަ އަށް އަންނަން ޖެހޭނީ ގިނަ ބަޔަކު ނޫނިއްޔާ ކަންކަން ނިންމާ ބަޔަކު އެކަށައަޅާފައިވާ އުސޫލްތައް ދެމެހެއްޓުމާ އެކުގައި ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި "ޑިމޮކްރަސީއަކީ އެއްގޮތަކަށް ވެސް ވަކި ބަޔަކު ވަށައި އެނބުރޭ އެއްޗަކަށް ވެގެން ނުވާނެ" އެވެ.
ކަނޑީތީމު ނަރުދަމާ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީނާއި ސަރުކާރުގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވަނީ. --ޓުވިޓާފޮޓޯ: ރައީސްޔާމީން2018
ސަރުކާރުން ހިންގާ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ ކާޑާއި ތެލާއި އަދި ބޮޑު ހިލަ އެތެރެ ކުރަނީ ހަމައެކަނިި ސަރުކާރުން ނޫން ކަމަށެވެ. މި ކަންކަން ކުރާ އަމިއްލަ ކުންފުނިތަކާއި ވިޔަފާރިވެރިންތަކެއް ތިބޭއިރު ވެސް، މިއިން އެއްޗެއް ހުސްވެއްޖެ ނަމަ ޖަވާބުދާރީވާން ޖެހޭނީ ސަރުކާރުން ކަމަށް ވިދާޅުވި އެވެ.
އެކަމަކު ކާޑު ހުސްވެއްޖެ ނަމަ ސުވާލު އުފައްދަން ޖެހެނީ ހަމައެކަނި އެސްޓީއޯ އާ މެދު ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވިދާޅުވި ގޮތުގައި ސަރުކާރުގެ މިހާރުގެ ވިސްނުމަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް އަމިއްލަ ފައި މައްޗަށް ތެދުކޮށް ދިނުމެވެ. ސްޓެލްކޯ އަކީ ޒަމާންތަކެއް ވަންދެން، ސަރުކާރުގެ ބަލި ދަރިއެއްގެ ގޮތުގައި ބަލަން ޖެހޭ ތަނަކަށް ވި ނަމަވެސް މިހާރު އެ އުސޫލް ބަދަލުވެފައިވާ ކަމަށް ވިދާޅުވި އެވެ.
އެ ކުންފުންޏަކީ އަދި ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކަކީ ވެސް، ރައީސް ވިދާޅުވި ގޮތުގައި، ދައުލަތުގެ މަޝްރޫއުތަކަށް އެހީ ފޯރުކޮށްދެވޭ ކުންފުނިތަކަކަށް ވާނެ އެވެ.
ބަޔަކު އޮޑިން ފުންމާލުމުން ނިކަމެތިވި: ރައީސް
އައްޑު އަށް 1.5 ބިލިއަން ރުފިޔާ ހޭދަކޮށްފިން:ރައީސް
ޕީޕީއެމް އަދިވެސް ގޮތް ދޫކުރާކަށް ނުވޭ!
މުންދު ވާހަކަ ދެއްކެވީ މަގާމުގެ ދިފާއުގައި: މައުމޫން
މައުމޫންގެ ތަރައްގީ ރައީސް ބޭނުމެއް ނުވޭ: ޝައިނީ
މައުމޫނާއި ގާސިމް މަސައްކަތް ކުރަނީ ހަމަޖެހުން ނަގާލަން
އަސްލު ސައިޒް ފެންނަން އަދި ގާތް ވެސް ނުވޭ!
ދައުލަތުގެ މުދާ ބޭނުންކުރި ގޮތް ބަލަން ޖެހޭ: މައުމޫން
މިހާރު ވެސް 560 މަޝްރޫއެއް އެބަ ހިނގާ: ރައީސް
ޣައްސާން ވަޑައިގަތީ ރައީސް ޔާމީންގެ ކައުންސިލަށް!