Roadha Mihaaru
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި

ނުވަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފި

18 އޯގަސްޓް 2020

އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އިއްޔެ ހުށަހެޅި މައްސަލައާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ރޭ ދަންވަރު ހައްޔަރުކޮށްފައި ވަނީ 59 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިކުރުކުރުމުން ކޯޓުން ވަނީ ހޯމް މިނިސްޓްރީން އަންގާ ތަނެއްގައި 15 ދުވަސް ވަންދެން އެ މީހާ ތަހުގީގަށް ބަންދުގައި ބެހެއްޓުމުގެ އަމުރެއް ދީފަ އެވެ.

އަނިޔާ ލިބޭ ކުދިންގެ މައުލޫމާތު ހާމަވެދާނެކަމަށްޓަކައި، މިފަދަ މައްސަލަތަކުގައި އެކަން ހިނގި ރަށާއި އެކަމުގައި ހިމެނޭ މީހުންގެ ވަނަވަރެއް ހާމައެއް ނުކުރެ އެވެ. ނަމަވެސް މިފަދަ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ދީފި ނަމަ، އެ މީހެއްގެ ފޮޓޯ އާއި މައުލޫމާތު އާންމުކުރެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް އިތުރުވެފައި ވާއިރު ތުހުމަތުކުރެވޭ ބައެއް މީހުންގެ މައުލޫމާތު މީގެ ކުރިން ހާމަކޮށްފައިވެ އެވެ.