14 އޯގަސްޓް 2020
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާތައް ބާތިލްވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާތައް ބާތިލްވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކޮށް، އެ މަނިކުފާނަށް ވަނީ އިތުރު ދައުވާތަކެއް އުފުލައިފަ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް އަންނަ އާދިއްތަ ދުވަހުން ފަށަން ކްރިމިނަލް ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ.
އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލައިއާގައި ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ވަކީލަށް މިހާރު ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އެހެންވެ، ޝަމީމް އެ މަގާމުގައި ހުންނަވައިގެން އެމްއެމްޕީއާރުސީގެ މައްސަލާގައި ކުރާ ކޮންމެ ދައުވާއެއް ވެސް ބާތިލްވާނެ ކަމަށް އެ ޓްވީޓްގައިވެ އެވެ.
ޕީޖީ އަކަށްޝަމީމު ހުރެގެން އެމް.އެމް.ޕީ.އާރު.ސީ އާ ގުޅިގެން އުފުލައި ކޮންމެ ދައުވާއެއް ވާނީ ބާތިލް ދަޢުވާއަކަށް.ސަބަބަކީ އެމް.އެމް.ޕީ.އާރު.ސީ މަސްއަލައިގައި އަދީބާ ޒިޔަތުގެ ވަކީލަކީ ޝަމީމް.އެހެންވީމާ ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް ވާނީ ބާތިލް ދަޢުވާ ތަކަކަށް.
— Abdul Raheem Abdulla (@Banafsaa) August 14, 2020
އަބްދުއްރަހީމްގެ ޓްވީޓް
ޝަމީމް ކުރިން ވިދާޅުވެފައިވަނީ އޭނާއާ މެދު މަސްލަހަތު ހިމެނޭ މައްސަލައެއްގައި މަސައްކަތް ނުކުރައްވާ ކަމަށާއި އަދީބުގެ ވަކީލެއްގެ ގޮތުން މަސައްކަތް ކުރެއްވީ ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގޮއްވައިލި މައްސަލާގައި ކަމަށެވެ.
ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން އެ މަނިކުފާނު ޖޫރިމަނާ ކުރަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކުރި ހުުކުމުގެ އިސްތިއުނާފް ޝަރީއަތް މިހާރު ދަނީ ހިނގަމުންނެވެ.
ޔާމީންގެ އިތުރުން އެ މަނިކުފާނުގެ ސަރުކާރުގައި އެންމެ ފަހުން ނައިބު ރައީސް ކަން ކުރެއްވި އަބްދުﷲ ޖިހާދާއި އޭރުގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރުގެ މައްޗަށް ދައުވާ ކުރަން ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.
ޔާމީން ދޫކުރަން ގޮވައި އިދިކޮޅުން ކަނޑުމައްޗަށް
ޕީޖީ ޝަމީމް އިސްތިއުފާ ދޭންޖެހޭ: އިދިކޮޅު
ޝަރީއަތުން އެނގުނީ ޔާމީންގެ ސާބިތުކަން: އިދިކޮޅު
ކުށްކުރި ވާހަކަ ކެންސަލް، ކުށެއް ނުކުރަން: ޔާމީން
ޖޭއެސްސީގެ ނިންމުން ގަބޫލެއް ނުކުރެވޭ: އިދިކޮޅު
ރައީސަށް ކުރާ ތުހުމަތު ބަލަން އިދިކޮޅުން އެދިއްޖެ
އިގުރާރާ ހިލާފު ކަމެއް ޔާމީން ނުކުރައްވާ: ވަކީލު
ގަވާއިދު ހެދީ ޔާމީންގެ ގެކޮޅާއި މުދާ ނަގަން: އިދިކޮޅު
ބައްދަލުވުމަށް ފަހު، އަދުރޭގެ ތައުރީފު ޝަމީމަށް
ޔާމީނަށް އަމިއްލަފުޅަށް ހިންގަވަން ދަތި: އިދިކޮޅު