އޭޝިއާ ސަރަހައްދުގައި ނެރޭ އެންމެ މަގުބޫލް އެއް ޓޫރިޒަމް މަޖައްލާ ކަމަށްވާ ޓްރެވަލް ވީކްލީ އޭޝިއާ އިން ހޮވާ އެންމެ މޮޅު ރިސޯޓުގެ ގޮތުގައި ރާއްޖޭގެ އައުޓްރިގާ ކޮނޮއްޓާ ހޮވިއްޖެ އެވެ.
20 އޮކްޓޯބަރ 2016
އޭޝިއާ ސަރަހައްދުގައި ނެރޭ އެންމެ މަގުބޫލް އެއް ޓޫރިޒަމް މަޖައްލާ ކަމަށްވާ ޓްރެވަލް ވީކްލީ އޭޝިއާ އިން ހޮވާ އެންމެ މޮޅު ރިސޯޓުގެ ގޮތުގައި ރާއްޖޭގެ އައުޓްރިގާ ކޮނޮއްޓާ ހޮވިއްޖެ އެވެ.
ކޮނޮއްޓާ އަށް އެންމެ މޮޅު ރިސޯޓުގެ އެވޯޑު ލިބުނީ ޓްރެވަލް ވީކްލީ އޭޝިއާގެ ކިއުންތެރިންގެ މެދުގައި ނަގާ ވޯޓަކުން ހޮވާ އެވޯޑުތަކުގެ ތެރެއިންނެވެ. މި އެވޯޑު ލިބުމާ ގުޅިގެން އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޖޯން އެލެންސަން ވިދާޅުވީ އެއީ އެ ރިސޯޓަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.
"އަޅުގަނޑުމެން މި އެވޯޑު ހާއްސަކުރަން ބޭނުން ވަނީ ރިސޯޓަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހިތްހަމަޖެހޭ ފަދަ މާހައުލެއް ތަނަވަސްކޮށްދިނުމަށް މަސައްކަތް ކުރާ ހީވާގި މުވައްޒަފުންނަށް،" އޭނާ ވިދާޅުވި އެވެ.
ގދ. އަތޮޅުގައި އޮންނަ ފަސް ތަރީގެ ކޮނޮއްޓާގައި 53 ވިލާ ހުރެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެންމެ ބޮޑެތި ވިލާތައް ވެސް ހިމެނޭ އިރު، މިދިޔަ އަހަރުގެ އޮގަސްޓު މަހު ހުޅުވި މި ރިސޯޓަކީ ކުރު މުއްދަތެއްގެ ތެރޭގައި ޓޫރިސްޓުންގެ މަގުބޫލުކަން ހޯދާފައިވާ ރާއްޖޭގެ އެންމެ ލަގްޒަރީ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ރިސޯޓެކެވެ.
އައުޓްރިގާ ކޮނޮއްޓާގެ މޫދު ކޮޓަރިއެއް.-- ފޮޓޯ: އައުޓްރިގާ ކޮނޮއްޓާ
އެންމެ މޮޅު ރިސޯޓުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބުނު އިރު، ބައިނަލްއަގުވާމީ އެކި ފަރާތްތަކުން ދޭ އެކި ފެންވަރުގެ އެވޯޑުތައް ރާއްޖެ އަށް އަބަދު ވެސް ލިބެ އެވެ. އޭގެ ތެރޭގައި އެންމެ މަގުބޫލު ޖަޒީރާ ގައުމުގެ އެވޯޑާއި އެންމެ ރީތި ބީޗުތައް ހިމެނޭ ގައުމުގެ އެވޯޑު ފަދަ މުހިންމު އެވޯޑުތައް ހިމެނެ އެވެ.
ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޓޫރިޒަމް އިންޑަސްޓްރީގެ ގޮތުގައި ރާއްޖޭގެ ސިނާއަތް މަޝްހޫރުވެފައިވާ އިރު، ރާއްޖޭގައި ގިނަ އާ ރިސޯޓުތަކެއް ވެސް އަންނަނީ ހުޅުވަމުންނެވެ. އޭގެ ތެރޭގައި ބޭރުގެ އެންމެ މަތީ ފަންތީގެ ރިސޯޓުތަކާއި ހޮޓާތައް ހިންގާ ބްރޭންޑުތައް ވެސް ފާހަގަކޮށްލެވެ އެވެ.
ދުނިޔޭގެ ތިންވަނަ ހޮޓަލަކަށް އިތާފުށި ހޮވިއްޖެ
ސަމާ އައިލެންޑަށް "ހޮލިޑޭ ޗެކް ގޯލްޑް" އެވޯޑް
އެނބޫދޫފަޅު ތަރައްގީކުރާ ކުންފުނިން ކޮނޮއްޓާ ގަންނަނީ
ޓޫރިޒަމް ސިނާއަތަށް މި ދައްކައިދެނީ ނަމޫނާ މަސައްކަތެއް
ޝިފާޒް ދެއްކީ ދިވެހިންނަށް ވެސް އެންމެއުހަށް ދެވޭނެކަން
މިލިއަނެއްހާ ޑޮލަރަށް މުޅި ރިސޯޓް ބުކްކޮށްލެވިދާނެ
ބީއެމްއެލް އިސްލާމިކްއިން ރިސޯޓެއް ހަދަން ފައިނޭންސިން
މިލިއަން ޓޫރިސްޓުން ހަމަވާން ބާކީ ލައްކައެއް
ރަންފަރު ރިސޯޓުގައި 1.4 މިލިއަން ގަސް އިންދަނީ
"މިހާތަނަށް 13 ރަށެއް ރިސޯޓް ހަދަން ދޫކޮށްފައިވޭ"