14 ޖޫން 2020
ނޮވެމްބަރު، 3 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރީ ބާޣީ އަބްދުﷲ ލުތުފީ ފިލައިގެން އުޅުނު މައްސަލައިގައި އޭނާގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ ފުރުސަތެއް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.
ނޮވެމްބަރު، 3 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރީ ބާޣީ އަބްދުﷲ ލުތުފީ ފިލައިގެން އުޅުނު މައްސަލައިގައި އޭނާގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ ފުރުސަތެއް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.
އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުއްޓައި ބޭސްފަރުވާއަށް ލުތުފީ 2010 ވަނަ އަހަރު ރާއްޖެއިން ބޭރަށް ފޮނުވުމުން މިދިޔަ އަހަރާ ހަމައަށް ފިލައިގެން އުޅެނިކޮށް، އޭނާ ރާއްޖެ ގެނައީ މިދިޔަ އަހަރު އެވެ. އެ މައްސަލައިގައި ލުތުފީގެ މައްޗަށް ދައުލަތުން ކުރަނީ މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ދައުވާ އެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މިއަދު ވީޑިއޯ ކޮންފަރެންސްކޮށް ފެށީ ކ. މާފުށީ ކޯޓަށް ލުތުފީ ހާޒިރުކޮށް، އެކަމަކު މައްސަލަ ބައްލަވާ ފަނޑިޔާރު މާލޭގެ ކްރިމިނަލް ކޯޓުގައި އިންނަވައިގެންނެވެ. ދައުލަތުގެ ވަކީލުން ގޭގައި ތިބެގެން އަޑުއެހުމުގައި ބައިވެރިވިއިރު، ޝަރީއަތް އާންމުކޮށް ހުޅުވައިލުމުގެ ގޮތުން އެ އަޑުއެހުން ބެލުމުގެ ފުރުސަތު އެކަމަށް އެދުނު މީހުންނަށް ވެސް ކޯޓުން ދިނެވެ.
އަޑުއެހުމުގައި ލުތުފީ ވާހަކަ ދައްކަނީ
އަޑުއެހުން ފެށުމަށް ފަހު، ވަކީލަކު ބޭނުންވޭތޯ ސުވާލު ކުރުމުން ލުތުފީ ބުނީ ވަކީލަކު ހަމަޖައްސަން ބޭނުންވާ ކަމަށާއި އެ ފުރުސަތު ހޯދައި ދިނުމަށް ކޯޓުން ކަރެކްޝަނަލް ސާވިސް އަށް އަންގަން އެދޭ ކަމަށެވެ.
"އަޅުގަނޑު ބޭނުން ގާނޫނީ ވަކީލެއް އައްޔަން ކުރަން. އަދި އެކަންތައްތަކަށް އަޅުގަނޑަށް ފުރުސަތު ހޯއްދަވައި ދެއްވުމަށް ވެސް ދަންނަވަން،" ޖަލު ހެދުމުގައި ހާޒިރުކޮށްފައި އިން ލުތުފީ ބުންޏެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސައިން ވަނީ ވަނީ އެކަމަށް 10 ދުވަހުގެ މުއްދަތެއް ދެއްވައި، ވަކީލު ހަމަޖައްސަން ލުތުފީ އަށް ފޯނު ކޯލް ދިނުމަށް ކޯޓުން ކަރެކްޝަންސް އަށް އަންގަވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެ އަޑުއެހުން ފެށުމަށް ފަހު، ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދަން ލުތުފީ ދެކޮޅު ހަދަންތޯ ލުތުފީ ކުރެން ގާޒީ ސުވާލު ކުރެއްވި އެވެ. ޖަވާބުގައި އޭނާ ބުނީ ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދިއުމަށް އޭނާގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
ލުތުފީގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި ވަނީ އޭނާގެ ހައި ކޯޓުން އިއްވި ހުކުމާ ގުޅިގެން އޭނާ ޖަލުގައި ހުއްޓައި ވަގުތީ ހުއްދައެއްގެ ދަށުން 2010 ވަނަ އަހަރު އެއް އަހަރު ދުވަހުގެ މުއްދަތަށް އޭނާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން މިދިޔަ އަހަރާ ހަމައަށް އޭނާ ދައުލަތުގެ އިދާރާތަކަށް އެންގުމެއް ނެތި ރާއްޖެއިން ބޭރުގައި އުޅެފައިވާ ކަމަށެވެ.
މިއަދުގެ އަޑުއެހުން ނިންމާލީ ވަކީިލަކާ އެކު ދެން އޮންނަ އަޑުއެހުމެއްގައި ލުތުފީ ދައުވާ އަށް ޖަވާބުުދާރީވާން ޖެހޭނެ ކަން އިއުލާން ކުރެއްވުމަށް ފަހު އެވެ.
ގާނޫނުލްއުގޫބާތުގެ 537 ވަނަ މާއްދާގެ ދަށުން ލުތުފީގެ މައްޗަށް ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން އޭނާގެ މައްޗަށް އަންނާނީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އޭނާ ކުށަށް އިއުތިރާފް ވެއްޖެ ނަމަ އަދަބު އެއަށް ވުރެ ވެސް ކުޑަވުމުގެ ފުރުސަތު އޮންނާނެ އެވެ.
ނޮވެމްބަރު، 3 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެހިން މަރުވި އެ ހާދިސާއާ ގުޅިގެން ލުތުފީގެ އިތުރުން އިތުރު ބައެއް ދިވެހިންގެ މައްޗަށް އޭރުގެ ހައި ކޯޓުން އިއްވީ މަރުގެ ހުކުމެވެ. އެކަމަކު އޭރުގެ ރައީސް މަައުމޫން އަބްދުލްގައްޔޫމް ވަނީ އެ އެންމެންގެ މަރުގެ އަދަބު އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށް ދެއްވައިފަ އެވެ. އެކަމަކު 2010 ވަނަ އަހަރު ބޭސްފަރުވާއަށް ލަންކާއަށް ފޮނުވުމުން އޭނާ އޭރު ރާއްޖެ އެނބުރި އައިސްފައެއް ނުވެ އެވެ.
މިދިޔަ އަހަރު ލުތުފީ ރާއްޖެ ގެނައީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އޭނާ އަމިއްލައަށް ދިއުމުންނެވެ. އެމްބަސީ އަށް އޭނާ ދިޔައީ ލަންކާގައި އެޕްރީލް މަހު ދިން ބޮމުގެ ހަމަލާތަކަށް ފަހު، އެ ގައުމުގައި ގަވާއިދާޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ފެށުމުންނެވެ.
ފިލުމުގެ ދައުވާއަށް ލުތުފީ އެއްބަސްވެއްޖެ
ލުތުފީއަށް ކުރީ ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ދައުވާ
ފިލި މައްސަލައިގައި ލުތުފީއަށް 7 މަހުގެ ޖަލު ހުކުމެއް
ލުތުފީ ފިލި މައްސަލައިގެ އަޑުއެހުމެއް މާދަމާ
ލުތުފީ އެމްބަސީގައި ހުރިކަން ލަންކާ ފުލުހުންނަށް ނޭނގޭ
ލުތުފީގެ މައްސަލަ، ސަރުކާރުން ސިއްރުކުރީ ކީއްވެ؟
ނޮވެމްބަރު 3އާ ބެހޭ ފިލްމުގެ ވާހަކަ އަލުން ދައްކައިފި
ނޮވެމްބަރު ތިނަކާ ގުޅިގެން އުމަރުގެ ތައުރީފް މައުމޫނަށް
ލުތުފީއާ މެދު އަމަލުކުރާ ގޮތެއް ސާފުވާން ޖެހޭ: އަދުރޭ
އުމަރުގެ ޖަލްސާ ބާއްވަން ކާނިވާ ސަރަހައްދު ދީފި