Roadha Mihaaru
16 އަހަރުގެ ކުއްޖަކާ ބެހުނު މީހަކު ހައްޔަރު ކޮށްފި

16 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި

08 މެއި 2020

އުތުރުގެ އަތޮޅެއްގެ ރަށެއްގައި، އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އުތުރުގެ އަތޮޅެއްގެ ރަށެއްގައި، އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުސް އޮފީހުން މިއަދު ބުނީ، އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 53 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ. އެއީ އާއިލީ ގޮތުން އެ ކުއްޖާއާ ގުޅުން އޮތް މީހެއް ކަމަށް އެނގިފައި ވެ އެވެ.

ފުލުހުން ބުނިގޮތުގައި މި މީހާ ހައްޔަރު ކުރީ، ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

ކުޑަކުދިންނާ ގުޅޭ ޖިންސީ އަނިޔާގެ މައްސަލަތަކުގައި، އެ ކުދިންގެ ވަނަވަރު އެނގޭނެ ފަދަ އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ. އެ ފަދަ މައުލޫމާތެއް އެއްވެސް ފަރާތަކުން ހާމަކުރުމަކީ ގާނޫނީ ކުށެކެވެ.

ކުޑަކުދިންނަށް ޖިންސީ އަދި ޖިސްމާނީ އަނިޔާތައްކޮށްގެން ރިޕޯޓު ކުރި އަދަދު ކުރިއަށް ވުރެ މަދުކަމަށް، ޖެންޑާ މިނިސްޓްރީން މިދިޔަ މަހު ވަނީ ބުނެފަ އެވެ.