Roadha Mihaaru
ކޮވިޑް-19: މަރުވި މީހުންގެ އަދަދު 100000 އަށް

ކޮވިޑް-19: މަރުވި މީހުންގެ އަދަދު 100،000 އަށް

10 އެޕްރީލް 2020

ޕެރިސް (އެޕްރީލް 10) - މުޅި ދުނިޔެ ހުއްޓުމަކަށް ގެނެސްފައިވާ ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު މިރޭ 100،000 އަށް އަރައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕެރިސް (އެޕްރީލް 10) - މުޅި ދުނިޔެ ހުއްޓުމަކަށް ގެނެސްފައިވާ ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު މިރޭ 100،000 އަށް އަރައިފި އެވެ.

ދުނިޔޭގެ 210 ގައުމާއި ޓެރިޓަރީ އަށް ފެތުރިފައިވާ މި ބޮޑު ރޯގާގައި މިހާތަނަށް ވަނީ 1.64 މިލިއަން މީހުން ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭން ރަނގަޅުވެފައި ވަނީ 369،646 މީހުންނެވެ.

މުޅި ދުނިޔެ އަށް ބަލާއިރު ހާލަތު އެންމެ ގޯހީ އެމެރިކާގަ އެވެ. އެ ގައުމުން 478،366 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު 17،927 މީހުން ވަނީ މަރުވެފަ އެވެ. ނިއު ޔޯކުން އެކަނި ވެސް ވަނީ 162،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފަ އެވެ. އެމެރިކާ ފިޔަވައި އެހެން އެއްވެސް ގައުމަކުން ނިއު ޔޯކަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައެއް ނުވެ އެވެ. ނިއު ޔޯކުން މިހާތަނަށް ވަނީ 7،067 މީހުން މަރުވެފަ އެވެ.

ކޮރޯނާވައިރަސް އެންމެ ހަލުވިކޮށް ފެތުރޭ ގައުމުތައް

އެމެރިކާ: ޕޮޒިޓިވްވި: 478،366 މަރުވި: 17،927

ސްޕޭން: ޕޮޒިޓިވްވި: 157,053 މަރުވި: 15,970

އިޓަލީ: ޕޮޒިޓިވްވި: 147,577 މަރުވި: 18,849

ޖާމަނީ: ޕޮޒިޓިވްވި: 119,624 މަރުވި: 2,607

ފްރާންސް : ޕޮޒިޓިވްވި: 117,749 މަރުވި: 12,210

ޗައިނާ: ޕޮޒިޓިވްވި: 81,907 މަރުވި: 3,336

ޔޫކޭ: ޕޮޒިޓިވްވި: 70,272 މަރުވި: 8,958

އީރާން: ޕޮޒިޓިވްވި: 68,192 މަރުވި: 4,232

ތުރުކީ: ޕޮޒިޓިވްވި 42,282: މަރުވި: 908

ބެލްޖިއަމް: ޕޮޒިޓިވްވި 26,667: މަރުވި: 3,019