Roadha Mihaaru
ވެލިގާ ރޯދަ ޕްރޮމޯޝަންގައި 30 ޕަސެންޓް ޑިސްކައުންޓް

ވެލިގާ ރޯދަ ޕްރޮމޯޝަން: 30 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް

29 މާޗް 2020

ކުރިއަށް އޮތް ރޯދަ މަހަށް ވެލިގާގެ ފިހާރަތަކުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކުރިއަށް އޮތް ރޯދަ މަހަށް ވެލިގާގެ ފިހާރަތަކުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ވެލިގާގެ ދަށުން ހިންގަމުން އަންނަ "ވެލިގާ ހާޑްވެއާ" ގެ ފިހާރަތަކާއި "ބްލަންކް" ގެ ފިހާރަތަކުން 30 ޕަސެންޓާ ހަމަ އަށް މި ޕްރޮމޯޝަނުގައި ޑިސްކައުންޓް ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ އަންނަ މަހުގެ ނިޔަލަށެވެ.

މި މުއްދަތުގެ ތެރޭގައި ވެލިގާގެ ފިހާރަތަކުން ވިޔަފާރި ކުރާ މީހުންގެ ތެރެއިން ހޮވާލެވޭ މީހުންނަށް ހާއްސަ އިނާމުތަކެއް ހުށަހަޅާފައިވެ އެވެ. އެގޮތުން، ވެލިގާ ހާޑްވެއާ އާއި ބްލަންކުގައި ކޮންމެ ދުވަހަކު ނަގާ ގުރުއަތުން ހޮވޭ މީހަކަށް އަގުހުރި އިނާމެއް ލިބޭނެ ކަމަށް ވެލިގާ އިން ބުންޏެވެ.

މީގެ އިތުރުން މި ޕްރޮމޯޝަން ނިމުމަށް ފަހު ނަގާ ގުރުއަތުން އެއް ވަނަ އަށް ހޮވޭ ނަސީބުވެރިއަކަށް 15،000ރ. ގެ ވައުޗަރެއް ލިބޭނެ އެވެ. މި ގުރުއަތުން ހޮވޭ އިތުރު ދެ ނަސީބުވެރިއަކަށް 5،000ރ. ގެ ވައުޗަރު ލިބޭނެ އެވެ.

މި ލަކީޑްރޯ ކުރިއަށްދާނީ ވެލިގާ ހާޑްވެއަގެ ފިހާރަތަކާއި ބްލަންކުގެ ފިހާރަތައް ވަކިންނެވެ. މި ފިހާރަތަކުން ވިޔަފާރިކުރާ ކޮންމެ މީހަކަށް ލަކީޑްރޯގައި ބައިވެރިވެވޭއިރު ކުރާ ކޮންމެ 100ރ. ގެ ވިޔަފާރިއަކަށް އިތުރު ކޫޕަނެއް ލިބޭނެ އެވެ.

ވެލިގާ އިން ވަނީ ހަލުވި ކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން އާއްމުން ގޭގައި މަޑުކުރުމަށް ބާރު އެޅުމުގެ ގޮތުން ޑެލިވަރީގެ ހިދުމަތް ވެސް ފަށައިފަ އެވެ. އެހެންކަމުން މި ދަނޑިވަޅުގައި ރޯދަ މަހަށް ވިޔަފާރިކުރާ މީހުން ވެސް ޑެލިވަރީގެ ހިދުމަތް ހޯދައި ގޭގައި މަޑު ކުރުމަށް އެ ކުންފުނިން ބާރު އަޅައެވެ.