Roadha Mihaaru
ކޮވިޑް-19:ދިރާގުން 30 ޕަސެންޓް ޑޭޓާ ހިލޭ ދެނީ

ކޮވިޑް-19: ދިރާގު 30 ޕަސެންޓް ޑޭޓާ ހިލޭ ދެނީ

15 މާޗް 2020

ކޮވިޑްް-19 އާ ގުޅިގެން ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 ޕަސެންޓް ޑޭޓާ ހިލޭ ދޭން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑްް-19 އާ ގުޅިގެން ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 ޕަސެންޓް ޑޭޓާ ހިލޭ ދޭން ނިންމައިފި އެވެ.

ދިރާގުން ބުނީ، ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މާޗު މަހާއި އޭޕްރީލް މަހު 30 ޕަސެންޓް ހިލޭ އިތުރު އެލަވަންސެއް ދޭނެ ކަމަށެވެ. މިގޮތަށް ނިންމީ ކޮވިޑް-19 އާ ގުޅިގެން ސްކޫލާއި ކޮލެޖުތައް ބަންދުކޮށް ގިނަ ބަޔަކު ގޭގައި ތިބެން ޖެހުމުގެ ސަބަބުން ކަސްޓަމަރުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށެވެ.

މީގެ އިތުރުން ދިރާގުން ވަނީ މޯބައިލް ކަސްޓަމަރުންނަށާއި ވިޔަފާރި ކަސްޓަމަރުންނަށް ވެސް އިތުރު ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމަށް ނިންމައިފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި އޭގެ ތަފްސީލުތައް ހާމަކުރާނެ ކަމަށް ދިރާގުން ބުނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ސްކޫލުތަކާއި ކޮލެޖު، ޔުނިވާސިޓީތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. އެގޮތުން ސްކޫލު ކުދިންނަށް ޓީވީ އާއި ވައިބާ ބޭނުންކޮށްގެން އަންނަނީ ސްކޫލުތަކުން އަންނަނީ ފިލާވަޅު ނަގައިދެމުންނެެވެ.

ދުނިޔޭގައި ބާރަށް ފެތުރެމުންދާ ކޮވިޑް-19 އަށް 13 މީހުން މިހާތަނަށް ރާއްޖެއިން ވަނީ ޕޮޒިޓިވް ވެފަ އެވެ.