13 ފެބުރުއަރީ 2020
މީގެ އަހަރެއްހާ ދުވަސްކުރިން ކައިވެނިކުރި ހޮލީވުޑްގެ ބަތަލާ ސޯފީ ޓާނާ އިނީ އަލަތު ދަރިފުޅަށް ބަލިވެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީގެ އަހަރެއްހާ ދުވަސްކުރިން ކައިވެނިކުރި ހޮލީވުޑްގެ ބަތަލާ ސޯފީ ޓާނާ އިނީ އަލަތު ދަރިފުޅަށް ބަލިވެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެޗްބީއޯގެ މަޝްހޫރު ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގައި ވެސް ވަރުގަދަ ކެރެކްޓާއެއް ކުޅުނު 23 އަހަރުގެ ބަތަލާ ކައިވެނިކުރީ މިދިޔަ އަހަރުގެ މެއި މަހު އެވެ. އޭނާގެ ފިރިމީހާ އަކީ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ފިރިމީހާ ނިކް ޖޯނަސްގެ ބޭބެ ޖޯ ޖޯނަސް، 30، އެވެ.
ޖޯ އަކީ އާއިލީ މިއުޒިކް ބޭންޑް "ޖޯނަސް ބްރަދާޒް" ގެ އެއް މެމްބަރު ވެސް މެ އެވެ. ސޯފީ އާއި ޖޯ އަށް ދަރިއަކު ލިބެން އުޅޭ ވާހަކަ މީޑިއާތަކުން ދައްކަމުން ދިޔަ ނަމަވެސް އެކަމާ ބެހޭ ގޮތުން ދެ ތަރިން މިހާތަނަށް ރަސްމީކޮށް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ސޯފީ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި "ޑާކް ފީނިކްސް" އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާންނުކުރާ "ހެވީ" އެވެ.
ސޯފީ ޓާނާ އަށް އަންހެން ކުއްޖެއް
"ގޭމް އޮފް ތުރޯންސް"ގެ ސޯފީ ޓާނާ ކައިވެނިކޮށްފި
"ގޭމް އޮފް ތުރޯންސް"ގެ ފިލްމެއް އުފައްދަނީ
ޓޮމް އާއި ޒެންޑަޔާ އަންނަ އަހަރު ކައިވެނިކުރަނީ
ކައިވެނީގެ އަހަރީ ދުވަހު ޖެނިފާ ވަރިވާން ނިންމައިފި
"ގޭމް އޮފް ތުރޯންސް"ގެ އިތުރު ސްޕިން އޮފްއެއް
ހައުސް އޮފް ދަ ޑްރެގަންގެ ފަހު އެޕިސޯޑް ލީކުވެއްޖެ
ޕިޓަށް ހުއްދަދިނީ އެންމެ ހަގު ކުދިންނާ ބައްދަލުކުރަން
ވަރިވީތޯ ސުވާލު ކުރުމުން ޖެނިފާ ހިތްހަމަނުޖެހިއްޖެ
އެމިނެމްގެ ދަރިފުޅު ކައިވެނި ކޮށްފި