02 ފެބުރުއަރީ 2020
ނިކަމެތިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް އެހީވުމުގައި މަޝްހޫރު، އަހުމަދު ހިޝާނާ ގުޅޭ ގޮތުން ސީރިއަސް ތުހުމަތުތަކެއް، ސޯޝަލް މީޑިއާގައި އެތައް ބަޔަކު ފެންމަތިކޮށްފި އެވެ.
ނިކަމެތިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް އެހީވުމުގައި މަޝްހޫރު، އަހުމަދު ހިޝާނާ ގުޅޭ ގޮތުން ސީރިއަސް ތުހުމަތުތަކެއް، ސޯޝަލް މީޑިއާގައި އެތައް ބަޔަކު ފެންމަތިކޮށްފި އެވެ.
ބިރު ދެއްކުމާއި މަރުގެ އިންޒާރުތައް ކުރިމަތިވަމުންދާ ކަމަށް ބުނެ ހިޝާން މީގެ ތިން ދުވަސް ކުރިން ކުރި ޓްވީޓާ އެކު، އެތައް ބައެއްގެ ހިތުގައި ސުވާލު އުފެދި، އޭނާގެ ދިފާއުގައި ވެސް އެތައް ބަޔަކު ހިޔާލު ފާޅުކުރި އެވެ.
އެކަމަކު ރާއްޖެއިން ބޭރަށް ދާން ސްރީލަންކަން ފްލައިޓެއްގައި އިންދާ ފުލުހުން އޭނާ ހައްޔަރުކޮށް، ފުލުސް އޮފީހަށް ހާޒިރުކުރުމުން، ހިޝާންއާ ބެހޭ ގޮތުން ބަލަމުން އަންނަނީ އާދައިގެ މައްސަލައެއް ނޫންކަން އެނގެ އެވެ. ނަމަވެސް އެއީ ކޮން މައްސަލައެއްގައި ކަމެއް، އޭނާ ވެސް އަދި ފުލުހުން ވެސް މިހާތަނަށް ބުނެފައެއް ނުވެ އެވެ.
ފުލުހުން އޮފީހަށް ހާޒިރުވުމަށް ފަހު ހިޝާން ވަނީ ދެ ޓްވީޓެއް ކޮށްފަ އެވެ. އެއް ޓްވީޓެއްގައި ބުނީ "ފުލުހުންގެ ފަަރާތުން އަޅުގަނޑަށް ފުރިހަމައަށް އެއްބާރުލުން އެބަ ލިބޭ" ކަމަށެވެ.
ދެވަނަ ޓްވީޓްގައި އޭނާ ފާހަގަކުރީ ފުލުހުން ކުރާ މަސަައްކަތް ރަނގަޅު ވާހަކަ އެވެ. އެކަމަކު އޭގެ ފަހުން އޭނާ ބުނީ އޭނާ ބެހޭ ގޮތުން ފުލުހުން ފުރަތަމަ ހާމަކުރި މައުލޫމާތު ރަނގަޅު ނޫން ކަމަށާއި "އެ ކުށް ރަނގަޅުކޮށްދިނުމަށެ"ވެ.
ބެލެވޭ ގޮތުގައި އެ އިޝާރަތްކުރަނީ އޭނާއަށް ބަޔަކު އިންޒާރު ދޭ މައްސަލާގައި ފުލުހުންނަށް އެއްބާރުލުން ނުދޭ ކަމަށް ފުލުހުން ބުނި ވާހަކައަށެވެ.
@PoliceMv @M_Hameedh miadhu 3 kaai 3:30 aai dheytherey alhugandu fuluhah haaziru vin. Adhi alhugandu bahdhalu kury Ashraf kiyaa meehakaa. Fuluhunge faraathun Alhugandah furihamayah ehbbaarulun eba libey.
— Ahmed Hishan (@AhmedHishan) January 30, 2020
އިއްޔެ ހިޝާން ފުލުހަށް ހާޒިރުކުރި މައްސަލާގައި ފުލުހުން ބުނީ ހިޝާންއާ ބެހޭ ގޮތުން ހުށައަޅާފައިވާ މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
"މި މައްސަލައިގެ ތަހުގީގު އޮތީ ޕްރެލިމިނަރީ ސްޓޭޖެއްގައި. ވީމާ ތަހުގީގު ކުރިއަށް ދާ މިންވަރަށް ބިނާކޮށް މައުލޫމާތު ހާމަކުރެވެން އޮތް މިންވަަރަކުން މައުލޫމާތު ހާމަކުރަމުން ދާނެ ކަމުގައި ދަންނަވަން،" ފުލުހުންގެ ވަޓްސްއަޕް މީޑިއާ ގްރޫޕްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ޗީޕް އިންސްޕެކްޓަރު އިޒްމިއާ ޒާހިރު ވިދާޅުވި އެވެ.
މުޖުތަމައުއަށް އެހީތެރިވުމުގެ ދާއިރާ އިން ގައުމީ އިނާމު ވެސް ލިބިފައިވާ ހިޝާމާ ބެހޭ ގޮތުން، ސޯޝަލް މީޑިއާގައި ބައެއް މީހުން ކުރި އެއް ތުހުމަތަކީ ފުރާވަރުގެ ފިރިހެން ކުދިންނަށް ޖިންސީ ގޯނާކުރުމެވެ. ބައެއް މީހުން ވަނީ އެ މީހުންނަށް ދިމާވި ބައެއް ކަންކަން ވެސް، ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އަދި ހިޝާންއާ ދެކޮޅަށް ބައެއް މީހުން ބަޔާން ވެސް ދީފައިވާ ކަމަށްވެ އެވެ.
ބައެއް މީހުން ބުނާ ގޮތުގައި ޑިސްއެބިލިޓީ އެމްބެސެޑަރެއްގެ ގޮތުގައި ވެސް ކުރިން މަސައްކަތް ކުރި ހިޝާންއާ ބެހޭ ގޮތުން އެފަދަ ތުހުމަތުތަކެއް ކުރުމަކީ ސީރިއަސް މައްސަލައެކެވެ.
"ތިޔައީ ތެދެއް ކަމެއް ވެސް އަދި ނޭނގެ. އެކަމަކު އެ ފަދަ މަގާމެއްގައި ހުރި މީހެއްގެ މައްޗަށް ގިނަ ބަޔަކު މި ކަހަލަ ތުހުމަތުތަކެއް ކުރާ ނަމަ، އޭގައި ކޮންމެވެސް ހަގީގަތްތަކެއް ހުރެދާނެ،" ޓްވިޓާގައި ހިޔާލުފާޅު ކުރި މީހަކު ބުންޏެވެ.
"އެހެންވެ، ވަރަށް ސީރިއަސްކަމެއްގެ ގޮތުގައި އެކަން ބަލައިދިނުން އެދެން."
ހިޝާންގެ ދިފާއުގައި ވެސް ބައެއް މީހުން ވާހަކަ ދެއްކި އެވެ.
އެމީހުން ބުނާ ގޮތުން ހިޝާންއަކީ ދިވެހި މުޖުތަމައުން ނުފެންނަ ފަދަ އޯގާތެރި، ނަމޫނާ މީހެކެވެ. އަދި މިއީ އޭނާގެ އަބުރުކަތިލުމަށް ބަޔަކު ހަދައިގެން ދައްކާ ވާހަކަތަކެއް ކަމަށް ވެސް އެމީހުން ތުހުމަތުކުރެ އެވެ.
ހިޝާނަށް ބިރު ދައްކައި އިންޒާރު ދޭ ކަމަށް ބުނެ އޭނާ މި ފަހުން އަންނަނީ ޓްވީޓްކުރަމުންނެވެ. އެ ޓްވީޓްތަކާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އެ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އިންޒާރު ދިން އިރު އޭނާ ހުރި ތަނަކާއި ބިރުދެއްކީ ކޮން ބަޔަކުކަން ވެސް ކިޔައިދީފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހަކާ ބެހުނު މީހަކު ހައްޔަރު
ހާއްސައެހީ ބޭނުންވާ މީހަކު ރޭޕްކުރި މައްސަލައެއް ބަަލަނީ
މަގުމަތީ ވެއްޓިފައި އޮތް މީހެއްގެ ފޯނު ވަގަށްނަގައިފި
ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ފޮށިން ވައްކަންކޮށްފި
ށ. ފޭދޫގައި މީހަކަށް އަނިޔާކުރި މައްސަލަ ޕޮލިހަށް
ތިމަރަފުށީގައި މާރާމާރީ ހިންގި މީހުން ހައްޔަރުކޮށްފި
ޑްރަގާއެކު ހައްޔަރުކުރުމުން ބުނީ ބައްޕަގެ އެއްޗެއްކަމަށް
ކަރުގައި އޮތް ފަށް ފޭރުނު މީހާގެ ބަންދަށް 15 ދުވަސް
ހުޅުމާލެ 3 ގައި ރާ ކައްކަމުން ދިޔަ ބަޔަކު ހައްޔަރު
ބިލިއަން ރުފިޔާގެ ޑްރަގް މައްސަލަ: ބަންދު އިތުރުކޮށްފި