Roadha Mihaaru
ކުޑަކުއްޖާގެ ރޭޕް: ބޮޑު ތުހުމަތު ކާފަ އަށް

ބޮޑު ތުހުމަތު ކާފަ އަށް، ބައްޕަގެ މައްސަލައަކީ ކުއްޖާ ހަވާލުނުކުރުން

18 ޖެނުއަރީ 2020

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރިކަ މުގެ ބޮޑު ތުހު މަތު ކުރެވެނީ އެ ކުއްޖާގެ ކާފައަށް ކަމަށާއި ބައްޕަގެ މައްސަލައަކީ، ކުއްޖާ އެހެން މީހަކާ ހަވާލުނުކުރުން ކަމަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރިކަ މުގެ ބޮޑު ތުހު މަތު ކުރެވެނީ އެ ކުއްޖާގެ ކާފައަށް ކަމަށާއި ބައްޕަގެ މައްސަލައަކީ، ކުއްޖާ އެހެން މީހަކާ ހަވާލުނުކުރުން ކަމަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ރޭ ބުނެފި އެވެ.

އެ ދެ އިދާރާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާކުރިކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ މިިދިޔަ ބުދަ ދުވަހުގެ ހަވީރު 4:30 ހާއިރު ކަމަށެވެ. ކަމާބެެހޭ އިދާރާތަކަށް ހުށަހަޅާފައިވަނީ ކުއްޖާގެ ބައްޕަ ފަރާތު ކާފަ ކުއްޖާ އަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަކަމަށް ބުންޏެވެ.

ބައްޕައާ ގުޅޭގޮތުން ހުށަހަޅާފައިވަނީ، އެ ކުއްޖާގެ މަންމަ ހާލު ދެރަވެގެން ޑޮކްޓަރަށް ދެއްކުމަށް ރަށުން ބޭރަށް ދިއުމުން ކުއްޖާ ދިރިއުޅުނު މާހައުލު ރައްކާތެރި ތަނަކަށް ނުވާތީ ކުއްޖާގެ މަންމަ ފަރާތުގެ އާއިލާ އިން، ކުއްޖާ މަންމައާ ހަވާލުކުރުމަށް މަސައްކަތްކުރުމުން ވެސް، ކުއްޖާގެ ބައްޕަ އެކަމަށް ހުރަސްއަޅައި، ކުއްޖާ ނުދިން މައްސަލަ އެވެ. އެކަމަކު މިއީ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ވެސް ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ އެ ދެ އިދާރާއިން މިހާތަނަށް ހާމަކުރި މައުލޫމާތެވެ.

އެ ކުއްޖާގެ މުނިކާފައަކީ ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރުމުގެ ރެކޯޑް އޮންނަ މީހެއް ކަމަށާއި ކުއްޖާގެ މައިންބަފައިންނަކީ ވެސް ކުށުގެ ރެކޯޑު އޮންނަ ބައެއް ކަމަށް ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެ ރަށުން ކުއްޖާގެ 62 އަހަރުގެ ކާފަ އާއި 82 އަހަރުގެ މުނިކާފަ ހައްޔަރުކޮށްފަ އެވެ. އިތުރަށް ސާފުކުރަންޖެހޭ މައުލޫމާތު ސާފުކުރުމަށް ކުއްޖާގެ 33 އަހަރުގެ ބައްޕަ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެއިންނެވެ.

ކާފަ އާއި މުނިކާފަ ހައްޔަރުކޮށް އެ އަތޮޅު ގެމަނަފުށީ ކޯޓަށް ގެންދިއުމުން އެ ދެ މީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ. މިއަދު ހެނދުނު އެމީހުން މާލެ ގެނެސް މިހާރު ވަނީ ދޫނިދު އަށް ގެންގޮސްފަ އެވެ.

ކުއްޖާ އަށް ޖިންސީ އަނިޔާކުރިކަމުގެ މައްސަލަ ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް އައުމާއެކު އެ މިދިޔަ ބުދަ ދުވަހުގެ ރޭ 7:30 ހާއިރު ކުއްޖާ ދިރިއުޅެމުން ދިޔަ މާހައުލަށް ކޭސް ވޯކަރުންނާއި ފުލުހުން ގޮސް މައުލޫމާތު ސާފުކުރުމަށް ފަހު މެޑިކަލް އެސެސްމަންޓެއް ހެދުމަށްޓަކައި އެ ރޭ 8:45 ހާއިރު މިނިސްޓްރީގެ ކޭސް ވޯކަރުންގެ ބެލުމުގެ ދަށަށް ގެނެސް ހަމަ އެ ރޭ 10:55 ހާއިރު ކުއްޖާ ރީޖަނަލް ހޮސްޕިޓަލަށް ގެންދެވުނު ކަމަށް ބުންޏެވެ.

ޑޮކްޓަރަށް ދައްކައި ބެލި ބެލުމުން، ކުއްޖާ އަށް ޖިންސީ އަނިޔާކޮށްފައިވާކަމަށް ބެލެވޭތީ ކުއްޖާ ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަށްޓަކައި ކުއްޖާ، އާއިލާގެ ފަރާތުން ބޮޑު ދައިތައާ ވަގުތީގޮތުން ހަވާލުކޮށްފައިވާ ކަމަށް ބުންޏެވެ. ނަމަވެސް އެ ބޮޑުދައިތަ އަށް ގިނަ ދުވަސްތަކެއް ވަންދެން ކުއްޖާ ބެލެހެއްޓުމުގެ ޒިންމާ ހަވާލުވުމުގައި ދަތިތަކެއް ހުރުމުން، އެ ކުއްޖާ ބަލަހައްޓަން މާމައާ ހަވާލުކުރަން ވަނީ ނިންމައިފަ އެވެ.

"މާމައާ ކުއްޖާ ހަވާލުކުރުމަށާއި ކުއްޖާ އަށް ޖިންސީ އަނިޔާކޮށްފައިވާކަން ފާހަގަކުރެވިފައިވާތީ ކުއްޖާ އަށް ލިބިފައިވާ ގެއްލުންތައް އިތުރަށް ވަޒަންކުރުމަށްޓަކައި ޖެނުއަރީ 17، 2020 ވަނަ ދުވަހުގެ ރޭ 8:30 ހާއިރު ކުއްޖާގެ މަންމަ ފަރާތު ބޮޑު ދައިތައެއްގެ ހަވާލުގައި ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުން ކުއްޖާ މާލެ ގެނެވި ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައިވެ އެވެ،" ބަޔާނުގައި ބުންޏެވެ.

އެ މައްސަލައާ ގުޅިގެން، މަޖިލީހުގެ ޖެންޑާ ކޮމެޓީން ރޭ ކުއްލި ބައްދަލުވުމެއް ބާއްވައި، ކަމާބެހޭ އިދާރާތައް ހާޒިރުކުރަން ވަނީ ނިންމައިފަ އެވެ.