Roadha Mihaaru
ރޭޕުގެ މައްސަލާގައި ކޯޓަށްދަނިކޮށް ގައިގައި ރޯކޮށްލައިފި

ރޭޕުގެ މައްސަލާގައި ކޯޓަށް ދަނިކޮށް ގައިގައި ރޯކޮށްލައިފި

05 ޑިސެމްބަރ 2019

އުއްތަރަ ޕްރަދޭޝް (ޑިސެމްބަރު 5) - ރޭޕުގެ ޝިކާރައަކަށްވި އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ 23 އަހަރުގެ އަންހެނަކު ކޯޓަށް ދަނިކޮށް އޭނާގެ ގައިގައި ބަޔަކު ރޯކޮށްލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އުއްތަރަ ޕްރަދޭޝް (ޑިސެމްބަރު 5) - ރޭޕުގެ ޝިކާރައަކަށްވި އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ 23 އަހަރުގެ އަންހެނަކު ކޯޓަށް ދަނިކޮށް އޭނާގެ ގައިގައި ބަޔަކު ރޯކޮށްލައިފި އެވެ.

އަންހެން މީހާ އުއްތަރަ ޕްރަދޭޝްގެ ކޯޓަށް ދިޔައީ މާޗު މަހު އޭނާ ހުށަހެޅި މައްސަލައިގެ އަޑުއެހުމަކަށެވެ. ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ އަންހެން މީހާގެ ހާލު ސީރިއަސް ކަމަށްވެ އެވެ.

އަންހެން މީހާގެ ގައިގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އަންހެން މީހާ ރޭޕްކުރިކަމުގެ ތުހުމަތު ކުރެވޭ މީހަކު ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ގްރޫޕަކުން ހަމަލާ ދީ އަންހެން މީހާގެ ގައިގައި ރޯކޮށްލި އޭނާ ކޯޓަށް ދިއުމަށްޓަކައި ރޭލް ސްޓޭޝަނަށް ދަނިކޮށެވެ. ފަސް މީހުން ވަނީ އަންހެން މީހާ ދަމާފައި ދަނޑަކަށް ގެންގޮސް ރޯކޮށްލައިފަ އެވެ.

ނޮވެމްބަރު 27 ވަނަ ދުވަހު ވަނީ ހައިދަރުއާބާދުގައި އުމުރުން 27 އަހަރުގެ އަންހެނަކު ރޭޕްކޮށް އޭނާގެ ގައިގައި ރޯކޮށްލައިފަ އެވެ.