04 ޑިސެމްބަރ 2019
ޕްރީ އޯޑާ އެމްވީގެ ނަމުގައި ހިންގި ޕޭޖަކުން އިލެކްޓްރޯނިކް ސާމާނު ގެނެސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު އެ ތަކެތި ގެނެސްނުދިން މައްސަލާގައި އެ ޕޭޖް ހިންގި މީހާ ހަތަރު އަހަރަށް ގޭގައި ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޕްރީ އޯޑާ އެމްވީގެ ނަމުގައި ހިންގި ޕޭޖަކުން އިލެކްޓްރޯނިކް ސާމާނު ގެނެސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު އެ ތަކެތި ގެނެސްނުދިން މައްސަލާގައި އެ ޕޭޖް ހިންގި މީހާ ހަތަރު އަހަރަށް ގޭގައި ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޕްރީ އޯޑާ އެމްވީގެ ނަމުގައި 2017 ވަނަ އަހަރު ހިންގި ޕޭޖަކުން އިލެކްޓްރޯނިކްސް ސާމާނު ގެނެސްދޭނެ ކަމަށް ބުނެ 75 މީހެއްގެ އަތުން ޖުމްލަ 500،000 އަށް ވުރެ ގިނަ ރުފިޔާ ނެގުމަށް ފަހު އެ ތަކެތި ގެނެސް ނުދިން މައްސަލާގައި ދައުލަތުން ދައުވާ ކުރީ އެ ޕޭޖްގެ އޭރުގެ ވެރިޔާ ވ. ކްލޭޓަން، މޫސާ ނަހްޒާން ނަސީމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރީ މަކަރާއި ހީލަތް ހެދުމުގެ ދައުވާ އެވެ.
ކޯޓުގެ ހުކުމުގައި ވަނީ އެ ދައުވާ އަށް އޭނާ އިއުތިރާފްވެފައިވާތީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާ ހަތަރު އަހަރާއި ނުވަ މަހާއި 18 ދުވަހަށް ގޭގައި ބަންދުކުރަން ހުކުމްކުރާ ކަމަށެވެ.
އެ ކުށަށް ގާނޫނުލް އުގޫބާތުގައި އޮންނަ އަދަބަކީ ދެ އަހަރާއި ހަތަރު މަހަށް ޖަލަށްލުން ކަމަށް ވިޔަސް، އޭނާގެ އަދަބު ގޭ ބަންދަށް ބަދަލުކުރީ ޖަލަށްލައިފި ނަމަ، އޭނާ އަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ފައިސާ އަނބުރާ ދައްކަން ދަތިވާނެތީ ގޭ ބަންދުގެ އަދަބަކަށް ބަދަލުކޮށްދޭން އޭނާގެ ފަރާތުން އެދުމުންނެވެ. ގޭ ބަންދުގެ އަދަބު ކަނޑައެޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ ޖަލު ހުކުމުގެ އަދަބު ގާނޫނުލް އުގޫބާތުގައި ބަޔާންކުރާ ގޮތުގެ މަތިން ގޭ ބަންދަށް ބަދަލު ކުރުމުން ހަތަރު އަހަރާއި ނުވަ މަހާއި 18 ދުވަހަށް އޭނާ ގޭ ބަންދުކުރަން ހުކުމްކުރީ ކަމަށް ކޯޓުގެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން އޭނާ އަށް ފައިސާ ދެއްކި ފަރާތްތަކަށް އެ ފައިސާ ހޯދަން ސިވިލް ކޯޓުގައި ދައުވާ ކުރުމުގެ ހައްގު އޮންނާނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
ފޭކް ސްލިޕެއް ފޮނުވައިގެން 28،000ރ. އަތުލައިފި
ސްކީމް ހިންގި އަލްހާނާއި ދެ ކޮއްކޮއަށް ދައުވާކޮށްފި
އެކައުންޓަށް ޖަމާވި ފައިސާތަކެއް ބޭނުންކުރުމުން ޖަލަށް
އޮޅުވާލައިގެން ދެ މިލިއަން ހޯދުމުން ހަ އަހަރަށް ޖަލަށް
ފޭކްސްލިޕް ފޮނުވައިގެން މުދާ ހޯދި މީހަކު ޖަލަށް
އިންނާނެ ކަމަށް ބުނެ ގެންގޮސް، ފައިސާ އަތުލައިފި
ފޭކް ސްލިޕެއް ދީފައި އައިފޯނެއް ހޯދި މީހަކު ޖަލަށް
ސައްހަ ނޫން ކާޑަކުން ބައި މިލިއަން ދެއްކުމުން ޖަލަށް
ސީ ލައިފް އައްމަޓީގެ ބަންދަށް 10 ދުވަސް
ފަރުނީޗަރު ޕޭޖަކުން މަކަރުހަދާތީ ސަމާލުވާން އެދިއްޖެ