07 ނޮވެމްބަރ 2019
މި ސަރުކާރު އޮތްހާ ހިނދަކު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ލިބޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް އިދިކޮޅު ކޯލިޝަނުން މިރޭ ބުނެފި އެވެ.
މި ސަރުކާރު އޮތްހާ ހިނދަކު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ލިބޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް އިދިކޮޅު ކޯލިޝަނުން މިރޭ ބުނެފި އެވެ.
ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑްރިންގެ ދައުވާގެ ހުކުމް މިދިޔަ އަންގާރަ ދުވަހު އިއްވަން ހަމަޖެހިފައި ވަނިކޮށް، އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އެކަމާ ގުޅިގެން ހައިލަމް މިރޭ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ޔާމީން ޖަލަށްލާން ސަރުކާރުގެ އެކި ފަރާތްތަކުން އޭނާއަށް ނުފޫޒު ފޯރުވި ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ޝަރުއީ ނިޒާމަށް މި ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަން ހައިލަމްގެ ބަޔާނުން ސާފުވާ ކަމަށާއި އެހެންވެ، މިހާރު ޝަރުއީ ނިޒާމަށް އިތުބާރު ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ. އަދި ކޯޓުގައި ދެން އެ މައްސަލައާ ހަވާލުވާ ފަނޑިޔާރަށް ވެސް ނުފޫޒު ފޯރުވައިގެން ޔާމީން ޖަލަށްލާން ހުކުމް ކުރާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމަ މިގޮތަށް، ހަމަ މިހާ ބިރު ދެއްކުމާއި މި ޕްރެޝަރު އޮންނާނެކަން އަޅުގަނޑުމެންނަށް ޔަގީނާ ގާތަށް ކަށަވަރުވެފައި މި އޮތީ. އެހެންވީމަ އެމަނިކުފާނަށް ވެސް ހަމައެކަނި އޮންނާނެ ގޮތް ކަމަށް އަޅުގަނޑުމެން މި ގަބޫލު ކުރަނީ ސީދާ ރައީސް ޔާމީން ޖަލަށްލުމަށް ހުކުމް ކުރުން. އެހެންވީމަ މި ޝަރީއަތެއް އަޅުގަނޑުމެން ބަލައެއް ނުގަންނާނަން. އަޅުގަނޑުމެންނަށް މި އޮތީ ހައިލަމްގެ ބަޔާނުން ވަރަށް ރަނގަޅަށް ސާފުވެފައި،" ޝުޖާއު ވިދާޅުވި އެވެ.
ޔާމީނަށް އިއްވާ ހުކުމް ލިޔަމުންދަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރެއް ކަމަށް ތުހުމަތުކުރައްވައި، ޝުޖާއު ވިދާޅުވީ ހައިލަމަށް ނުފޫޒު ފޯރުވި ސަރުކާރުގެ އިސް ފަރާތްތަކުގެ ނަންތައް ހާމަކުރުން މުހިންމު ކަމަށެވެ. އެކަމަށް ބާރު ދޭ އެއްވެސް މެސެޖެއް ނުވަތަ އޯޑިއޯއެއް ހުރި ނަމަ އެފަދަ އެއްޗެއް ވެސް ހާމަ ކުރަން ގޮވާލާ ކަމަށް ޝުޖާއު ވިދާޅުވި އެވެ. އަދި އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި އެ ފަރާތްތަކުގެ މައްސަލަ ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ތުހުމަތު ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މި އޮތީ އަތާއި ފަޔާއި ބޮލާއި ކިހިލި ފަތާއި ހުރިހާ ތަނެއް މިއަށް ބާނާފައި މިހާރު. އެހެންވީމަ އަޅުގަނޑުމެންނަށް އިންސާފު ނުލިބޭނެކަން މިރޭ އަޅުގަނޑުމެންނަށް މި އޮތީ ކަށަވަރު، ޔަގީންވެފައި،" ޝުޖާއު ވިދާޅުވި އެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޔާމީން ޖަލަށްލާން މި ސަރުކާރުން ބޭނުންވަނީ ޔާމީން މިނިވަންކޮށް ހުންނަވައިގެން ބާއްވާ އިންތިޚާބެއް ކާމިޔާބު ނުވާނެތީ އެކަމަށް ސަރުކާރުން ޖެހިލުންވާތީ ކަމަށެވެ. ކުރިން ވެސް އެމްޑީޕީގެ ވެރިކަމުގައި ސިފައިން ފޮނުވައިގެން ޔާމީން ހައްޔަރުކުރިކަން ފާހަގަ ކުރައްވައި، އަބްދުއްރަހީމް ވިދާޅުވީ ޔާމީން ޖަލަށްލާން މި ސަރުކާރުން އެކި އެކި ނުފޫޒުތައް ފޯރުވަމުންދާނެ ކަމަށެވެ.
"ހުކުމަކާ ހަމައަށް ދާންވީމަ ކީއްވެގެންތޯ މި އުޅެނީ. އިންސާފު ގާއިމްކޮށްދެއްވަން ވަޑައިގެންނެވި ބޭފުޅުން ކަމަށް ވަންޏާ ތިއްބަވަންވީނުތޯ ޝަރުއީ ގޮތުން ހުކުމެއް އަންނަންދެން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ މިހާތަނަށް ކަން ހިނގި ގޮތުން ޔާމީންގެ މައްސަލާގައި އެންމެ ފަނޑިޔާރަކު އިންނަވައިގެން ދެން އިންސާފުވެރި ހުކުމެއް އިއްވާނެ ކަމަށް ގަބޫލު ނުކުރެވޭނެ ކަމަށެވެ. އެހެންވެ، ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިގެން އެ މައްސަލަ ނިންމަން ގޮވާލާ ކަމަށާއި އަދި ހައިލަމަށް ނުފޫޒު ފޯރުވި މައްސަލަ ފުލުހުން ބަލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމުގައި ގާނޫނީ ގޮތުން ސުޕްރީމް ކޯޓަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދޭން ގޮވާލާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެއީ ރައީސް ޔާމީނަށްޓަކައި ކޮށްދޭން ޖެހޭ ކަމެއް ނޫން. އެއީ ދިވެހި ގައުމަށްޓަކައި، ދިވެހި ރައްޔިތުންނަށްޓަކައި ކޮށްދޭން ޖެހޭ ކަމެއް. ގާނޫނު އަސާސީ ނަގަހައްޓައި، ދެމެހެއްޓުމަށްޓަކައި ކޮށްދޭން ޖެހޭ ކަމެއް އެއީ." އޭނާ ވިދާޅުވި އެވެ.
އިސް ގާޒީ ހައިލަމް ސަސްޕެންޑް ކުރުމާ އެކު، ކްރިމިނަލް ކޯޓު ހިންގުން ގާޒީ އަލީ ރަޝީދު ހުސައިނާ ހަވާލު ކުރުމަށް ފަހު ޔާމީންގެ މައްސަލާގެ އަޑުއެހުމެއް މިމަހުގެ 17 ވަނަ ދުވަހު ބާއްވަން ވަނީ ތާވަލްކޮށްފަ އެވެ.
ޔާމީންގެ ޝަރީއަތުގެ ކަންބޮޑުވުންތައް ބޭރުގެ މީޑިއާއަށް
ގާޒީ އަލީ ރަޝީދަށް ބެންޗުގައި ނީނދެވޭނެ: ޖަމީލް
އަލީ ރަޝީދުގެ މައްސަލަ ބަލަން އިދިކޮޅުން ގޮވާލައިފި
އަޅުގަނޑު ގައިގައި އަތްލެވޭނެ ގޮތެއް ނޯންނާނެ: ޔާމީން
ޔާމީންގެ މައްސަލަ ބެންޗަކުން ބަލަން އަނެއްކާވެސް އެދެފި
ހައިލަމްގެ ތުހުމަތު ނުބަލާ ދޫކޮށްލާ ވަރެއް ނޫން!
ޔާމީން ޖަލަށްލުމުގެ ކަށަވަރުކަން ދޭން އެދުނު: ހައިލަމް
ޔާމީންގެ ޝަރީއަތް މި މަހު 17 އަށް ތާވަލުކޮށްފި
ކަންކަން ދާގޮތުން އިންސާފުވެރި ޝަރީއަތް ނުލިބޭނެ:ޖަމީލް
ޔާމީންގެ ޝަރީއަތަށް ދެން ވާނީ ކިހިނެއް؟