Roadha Mihaaru
މައުމޫނަށް މާފުކޮށް، ޖާބިރު މައްސަލަ ނަގަން ނިންމައިފި

މައުމޫނަށް މާފުކޮށް، 29 މިލިއަން ރުފިޔާގެ މައްސަލަ ޖާބިރު ނަގަން ނިންމައިފި

26 އޮކްޓޯބަރ 2019

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަނބުރާ ދައްކަވާ ގޮތަށް ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ މާފުކޮށް، ފުލުހުންނަށް ހުށަހެޅުއްވި މައްސަލަ އަނބުރާ ނެންގެވުމަށް ޑީއާރުޕީގެ ލީޑަރު، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ނިންމަވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަނބުރާ ދައްކަވާ ގޮތަށް ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ މާފުކޮށް، ފުލުހުންނަށް ހުށަހެޅުއްވި މައްސަލަ އަނބުރާ ނެންގެވުމަށް ޑީއާރުޕީގެ ލީޑަރު، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ނިންމަވައިފި އެވެ.

މައުމޫނާ ދެކޮޅަށް ޖާބިރު ފުލުސް އޮފީހަށް މައްސަލައެއް ހުށަހެޅުއްވީ އަނބުރާ ދައްކަވާ ގޮތަށް މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި 29 މިލިއަން ރުފިޔާ އޭނާގެ އަތުން ނަންގަވައި އެ ފައިސާ ނުދެއްވި ކަމަށް ވިދާޅުވެ އެވެ. އެކަމަކު މި ތުހުމަތު މައުމޫން އުފައްދަވާ ޕާޓީ، އެމްއާރުއެމް އިން ވަނީ ދޮގުކޮށްފަ އެވެ.

ޖާބިރު "މިހާރު" އަށް ވިދާޅުވީ މައުމޫނާ ދެކޮޅަށް ފުލުސް އޮފީހަށް ހުށަހެޅުއްވި މައްސަލަ އަނބުރާ ނެންގެވީ ޖާބިރުގެ މަންމަ މަރިޔަމް މަނިކުގެ އެދިވަޑައިގަތުމަކަށް ކަމަށެވެ. އަދި މަންމަގެ އެދިވަޑައިގަތުމަށް ފުރަގަސް ދެއްވަން ބޭނުން ނުވާތީ، މައުމޫނަށް މާފުކޮށްފައިވާ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

"މައުމޫން ވިދާޅުވީ އަޅުގަނޑުގެ ގާތުގައި އެ ފައިސާ ބޭނުން ކުރެއްވީ ޑިމޮކްރަސީ ގެނައުމަށޭ. އެހެންވީމަ އެ ފައިސާ ބޭނުން ކުރެއްވީ ރައްޔިތުންނަށް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ޖާބިރު ވިދާޅުވި އެވެ.

ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ކުރަން ރާވާފައި ހުރި ކަންކަން ހިމެނޭ އެކްޝަން ޕްލޭން އިފްތިތާހްކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ސަލާމް ކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

ޖާބިރު ވިދާޅުވި ގޮތުގައި އޭނާގެ މަންމަ ގުޅުއްވާފައި، މައުމޫނާ އިދިކޮޅު ނުވުމަށް ވެސް ވިދާޅުވި އެވެ. އެހެންވެ، މިއަދުން ފެށިގެން މައުމޫން ދައްކަވަން ޖެހޭ ލޯނެއް ނޯންނާނެ ކަމަށް ޖާބިރު ވިދާޅުވި އެވެ.

"އަޅުގަނޑުގެ މަންމައަކީ ގއ. ކޮލަމާފުށި މީހެއް. މައުމޫނަކީ ވިލިނގިލި ބޭފުޅެއް. އެހެންވީމަ ތިމާގެވެފައި އެއޮތީ. ހުވަދޫ އަތޮޅު މީހުން އެއީ،" މައުމޫން ކުރިން އުފެއްދެވި ޕާޓީގެ މިހާރުގެ ވެރިޔާ ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ފުލުހުންނަށް ހުށަހެޅުއްވި މައްސަލައިގައި އޭނާ ފުލުސް އޮފީހަށް ވެސް ހާޒިރު ކުރި އެވެ. އެކަމަކު، މައުމޫން ފުލުސް އޮފީހަށް ހާޒިރުވެވަޑައިނުގަތުމުން ތަހުގީގަށް އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ.

މައުމޫނާ ދެކޮޅަށް ޖާބިރު ފުރަތަމަ މައްސަލަ ހުށަހެޅުއްވުމުން ފުލުހުން ނުބެލި އެވެ. އެއީ، އެ މައްސަލައިގައި އެއްވެސް ހެއްކެއް ހުށަަހަޅާފައި ނެތުމުންނެވެ. ދެ ވަނަ ފަހަރަށް މައްސަލަ ހުށަހަޅާފައި ވަނީ ހެއްކާ އެކުގައި ކަމަށް ޖާބިރު ވިދާޅުވި އެވެ.

އޭނާ ކުރިން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ތެރޭގައި 29 މިލިއަން ރުފިޔާ މައުމޫނަށް ދެއްވީ ލޯނެއްގެ ގޮތުގައި އަނބުރާ ދައްކަވާ ގޮތަށް އިންޓަރެސްޓް އަރާ ގޮތަށް ކަމަށެވެ. ފައިސާ ދިނުމާ ގުޅޭ މަޝްވަރާތައް ބޭއްވީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ހުންނަ ހޮޓަލެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ އެ ފައިސާ ނެންގެވީ މައުމޫންގެ އަމިއްލަ ގެކޮޅު މ. ކިނބިގަސްދޮށުގެ މޯގޭޖް ކުރައްވާފައި ކަމަށެވެ.