Roadha Mihaaru
ފޮރިން މިނިސްޓްރީގެ އިސް މަގާމަކަށް ޝެއިޚް ހުސައިން

ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމަށް ޝެއިޚް ހުސައިން ރަޝީދު

07 ސެޕްޓެމްބަރ 2019

ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމަށް ޝައިޚް ހުސައިން ރަޝީދު އަހުމަދު އައްޔަން ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމަށް ޝައިޚް ހުސައިން ރަޝީދު އަހުމަދު އައްޔަން ކުރައްވައިފި އެވެ.

އެ މަގާމަށް ހުސައިން ރަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރެއްވީ މިދިޔަ ހަފުތާގެ ތެރޭގައި ކަމަށް ވަނީ އެނގިފަ އެވެ. އޭނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިސްލާމިކް މިިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން ވެސް ކުރައްވައިފަ އެވެ.

އެޑިޝަނަލް ސެކްރެޓަރީގެ މަގާމަށް ހުސައިން ރަޝީދު އައްޔަން ކުރެއްވުމާ އެކު، ފޮރިން މިނިސްޓްރީގެ އެ މަގާމުގައި ތިން ބޭފުޅަކު ތިއްބަވާނެ އެވެ. އެއީ ހުސައިން ރަޝީދުގެ އިތުރުން އަމީން ޖާވީދު ފައިސަލް އާއި އަހުމަދު ޝިއާން އެވެ.

ޝައިޚް ހުސައިން ކުރިން ވަނީ އަދާލަތު ޕާޓީގެ ރައީސް ކަން ވެސް ކުރައްވައިފަ އެވެ.