21 އޯގަސްޓް 2019
މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުންނަށް އައްޔަން ކުރަން ހުށަހަޅާ ބޭފުޅުންނަށް ކޮމިޓީތަކުން މާކްސް ދީ އިންޓަވިއު ކުރުމުގައި ސާފު އިޖުރާއަތްތަކެއް ހިފަހައްޓަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުންނަށް އައްޔަން ކުރަން ހުށަހަޅާ ބޭފުޅުންނަށް ކޮމިޓީތަކުން މާކްސް ދީ އިންޓަވިއު ކުރުމުގައި ސާފު އިޖުރާއަތްތަކެއް ހިފަހައްޓަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
މުއައްސަސާތަކަށް މެމްބަރުން ކަނޑައެޅުމުގައި 19 ވަނަ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ގޯސްކޮށް މާކްސް ދީފައިވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރިން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ކޮމިޓީގެ މެމްބަރުން ހޮވަން ބޭނުންވާ ބަޔަކަށް މަތިން މާކްސް ދީފައިވާތީ މާކްސް ދިނުމުގެ އުސޫލުތައް ބަދަލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، އާޒިމްގެ ތުހުމަތުތައް ކޮމިޓީގެ މެމްބަރުން ދޮގު ކުރައްވަ އެވެ.
މާކްސް ދިނުމުގައި އަމަލުކުރާ ގޮތާ މެދު ބައެއް މެމްބަރުން ހިތްހަމަޖެހިވަޑައިނުގެން ނަޝީދަށް ހުށަހެޅުއްވުމުން އެންމެ ފަހުން އެމަނިކުފާނު ހުށަހެޅުއްވީ މުޅި މަޖިލިސް ޝާމިލްވާ ގޮތަށް ކޮމިޓީއެއް ހެދުމަށެވެ. އެ އިސްލާހު އައީ ކޮމިޓީގެ ޗެއާއަކަށް ނަޝީދު އިންނަވާ ގޮތަށެވެ.
ސުޕަ ކޮމިޓީގެ ގޮތުގައި މަޝްހޫރުވި އެ ކޮމިޓީގައި ނަޝީދު ބޭނުންފުޅުވީ ކޮމިޓީތަކުގެ މުގައްރިރުންނާއި މަޖިލިހުގެ މެމްބަރުންގެ ތެރެއިން ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ކޮމިޓީގައި ޝާމިލް ކުރާށެވެ. އެކަމަކު، އެ ކޮމިޓީ ހަދަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ ތާއީދު ނުލިބުމުން އެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.
ނަޝީދު ވިދާޅުވީ ކޮމިޓީތަކުގެ މުގައްރިރުންނާ މަޝްވަރާ ކުރެއްވި އިރު، އެބޭފުޅުންގެ ލަފައަކަށްވީ މިނިވަން، މުސްތަގިއްލު ކޮމިޝަންތަކަށް މެމްބަރުން އައްޔަން ކުރުމާއި ވަކިކުރުމަކީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ނިންމަން ޖެހޭ ކަމެއްގެ ގޮތުގައި ކަމަށެވެ. މަޖިލިހުގެ އެއް ކޮމިޓީއަކަށް ބަރޯސާވެފައި އޮތުމުގެ ބަދަލުގައި މުޅި މަޖިލިސް ޝާމިލްވުމަކީ ބޭނުންތެރި ކަމެއް ކަމަށް މިއަދު ވެސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮމިޓީތަކުގައި މާކްސް ދޭ އިރާއި އިންޓަވިއުގެ މާކްސް ދޭ އިރު، އެ މެމްބަރަކު އެކަން ހިނގާ ވަގުތުގައި ކޮމިޓީގައި އިންނަވަން ޖެހިވަޑައިގަންނަވާނެ އެވެ. އަދި މި ބާވަތުގެ ސާފު އިޖުރާއަތުތަކެއްގައި ހިފަހައްޓަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"މި މަޖިލިހުގެ ނަޒާހަތްތެރިކަން ބެލެހެއްޓުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުގެ މަސްއޫލިއްޔަތެއް،" މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވި އެވެ.
ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ހިންގުމަށާއި ދައުލަތް ހިންގާނީ މުސްތަގިއްލު މުއައްސަސާތައް މެދުވެރިކޮށް ކަމަށް ސާފުވެފައި އޮތް އިރު، ކޮމިޓީއެއް ހެދުމަކީ ބޭނުންތެރި ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެކަމުގައި ހުރިހާ ޕާޓީތަކެއްގެ ލީޑަރުންނާ ވެސް މަޝްވަރާ ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނަމަވެސް އެ ކޮމިޓީ ހެދުމަކީ ބުއްދިވެރި ގޮތެއް ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ގިނަ މެމްބަރުންނަށް ފެނިވަޑައިނުގެންނެވި ހިސާބުން އެ އިސްލާހު ގެނައުމަކީ މި ވަގުތަށް ކުރެވިދާނެ ކަމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ގަވައިދަށް ގެންނަން ހުރި އެހެން އިސްލާހުތައް ގެނެސް، އާ ގަވައިދަށް އަމަލު ކުރަން ފެށުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ސުޕަ ކޮމިޓީ ހަދަން ރުހުމެއް ނުލިބުނު!
މުއައްސަސާތަކަށް މެމްބަރުން ނަގަން ކޮމިޓީއެއް ހަދަނީ!
ކުއްލި "ސުޕަ ކޮމިޓީއެއް"، މިއީ ކިހިނެއް ވާ ކަމެއް؟
މެމްބަރުން ނެގުމުގައި ޖަޒުބާތު ވެގެން ނުވާނެ: ނަޝީދު
ނަޝީދުގެ އިންޒާރު: ދޮގު ހަދާ ނަމަ ފިޔަވަޅު އަޅާނަން!
ނަޝީދު ވާނީ އެންމެ ބާރުގަދަ މަޖިލިހުގެ ރައީސަކަށް!
މަޖިލިސް ދާނީ ރައްޔިތުންގެ އުންމީދާ އެއްގޮތަށް: ނަޝީދު
ލީޑަޝިޕުން ވަކި ބޭފުޅަކަށް ހާއްސަ ކަމެއް ނުދޭ: އަފީފް
މަޖިލިހުގެ ރައީސް ކަނޑައެޅުމުގައި ނަޝީދުގެ ނުފޫޒު!
އެ ބޮޑު ގޯހަށް ފަހު އެމްޑީޕީން އަނެއް ކޮޅަށް!