31 މެއި 2019
އޮގަސްޓް 15 ގައި ރިލީޒްކުރަން ނިންމި ޕްރަބާސްގެ ފިލްމު "ސާހޯ" އެ ތާރީހުގައި ރިލީޒް ނުކުރާނެ ކަމަށް ބުނާ ވާހަކަ ޑައިރެކްޓަރު ސުޖީތު ދޮގުކޮށްފި އެވެ.
އޮގަސްޓް 15 ގައި ރިލީޒްކުރަން ނިންމި ޕްރަބާސްގެ ފިލްމު "ސާހޯ" އެ ތާރީހުގައި ރިލީޒް ނުކުރާނެ ކަމަށް ބުނާ ވާހަކަ ޑައިރެކްޓަރު ސުޖީތު ދޮގުކޮށްފި އެވެ.
ބޮލީވުޑް ހަންގާމާ އަށް އޭނާ ބުނީ އޮގަސްޓް 15 ގައި ފިލްމު ރިލީޒްކުރާނެ ކަމަށާއި އެއީ މިނިވަން ދުވަހާ އެކު ބޮޑު ބަންދެއް ވެސް އަންނާތީ ގިނަ ބަޔަކު ފިލްމު ބަލަން ގަޔާވާނެ ކަމަށް ބުންޏެވެ.
"ސާހޯ" އެ ތާރީހުގައި ރިލީޒް ނުކުރާނެ ކަމަށް މީޑިއާތަކުން ބުނަން ފެށީ ފިލްމުގެ ވީއެފްއެކްސް އަށް ގިނަ ވަގުތުތަކެއް އަދިވެސް ނަގާނެތީ އާއި ފިލްމުގެ މިއުޒިކް ޑައިރެކްޓަރުން ވެސް އެ ފިލްމު ދޫކޮށްލުމުންނެވެ.
ނަމަވެސް ސުޖީތު ބުނީ ކަންބޮޑުވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އޮގަސްޓް 15 ގައި "ސާހޯ" ސިނަމާތަކަށް ގެންނަނީ ވަރަށް ވެސް ފުރިހަމަ ފިލްމެއްގެ ގޮތުގައި ކަމަށެވެ. މިއީ 300 ކްރޯޑް (42,985,500 ޑޮލަރު) ގެ ބަޖެޓަކުން ހަދާ ފިލްމެކެވެ.
Check out the new action packed poster of the biggest action entertainer of the year! ? ❤️
— Shraddha (@ShraddhaKapoor) May 27, 2019
Saaho in theatres worldwide from 15th August! #15AugWithSaaho#Prabhas @ShraddhaKapoor @sujeethsign #BhushanKumar @UV_Creations @TSeries @SaahoOfficial @itsBhushanKumar pic.twitter.com/4HrRdsh8OX
ބޮލީވުޑާއި އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީގެ ކާސްޓުންތަކެއް މަސްހުނިކޮށްގެން ގެނެސްދޭ ފިލްމުގެ ބަަތަލާއަކީ ޝްރަދާ ކަޕޫރެވެ.
މިއީ 2017 ގައި ރިލީޒް ކުރި "ބާހްބަލީ: ދަ ކޮންކްލޫޝަން" އަށް ފަހު، ރިލީޒް ކުރާ ޕްރަބާސްގެ ފުރަތަމަ ފިލްމެވެ.
ވަރުން ދަވަންއާ އެކު ހަދާ ތިން ވަނަ ފިލްމުގެ "ރަންބޫމީ" މި ވަގުތަށް ފަސްކޮށްލާފައިވާ ކަމަށާއި އެ ފިލްމު ރިލީޒް ކުރެވޭނެ ދުވަހެއް ބުނަން ދަތި ކަމަށް ޑައިރެކްޓަރު ޝަޝަންކް ކައިތާން ބުނެފި އެވެ.
#RANNBHOOMI. Diwali 2020. A warrior will rise.@karanjohar @ShashankKhaitan @DharmaMovies pic.twitter.com/sgzwzpMPj0
— Varun Dhawan (@Varun_dvn) February 19, 2018
"ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ" އާއި "ބަދުރީނާތު ކީ ދުލްހަނިޔާ" ގެނެސް ދިން ޑައިރެކްޓަރު ކަރަން ޖޯހަރުއާ ގުޅިގެން ގެނެސް ދޭން 2018 ގައި އިއުލާން ކުރި "ރަންބޫމީ" އަކީ ޕީރިއަޑް ޑްރާމާއެކެވެ. މިއީ ކުރިން އަންނަ އަހަރު ރިލީޒް ކުރަން ނިންމި ފިލްމެކެވެ.
އެ ފިލްމާ ބެހޭ ގޮތުން އޭނާ ބުނީ ފިލްމުގެ ސްކްރިޕްޓްގެ ވަރަށް ބޮޑު ބައި މިހާރު ނިންމާ އޭގެ ފަހު، ބަޔަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި ރަންބޫމީ" އަކީ ވާހަކައިގެ ގޮތުން ވަރަށް ތަފާތު އަދި ގިނަ އަދަދަކަށް ވީއެފްއެކްސް ވެސް ހިމެނޭނެ ފިލްމެއް ކަމަށް ބުންޏެވެ.
ޝަޝަންކް އެންމެ ފަހުން ގެނެސް ދިން ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި ޖާންވީ ކަޕޫރާއި އިޝާން ކައްތަރުގެ "ދަޅަކް" އެވެ. އޭނާ ޖަޖްކަން ކުރާ ކަލާޒްގެ ޑާންސް ޝޯ "ޑާންސް ދިވާނޭ" ގެ ދެވަނަ ސީޒަން އަންނަ ހަފުތާ ތެރޭގައި ފަށާނެ އެވެ.
ކަރަން ޖޯހަރު ޑައިރެކްޓް ކުރާ ހަތް ވަނަ ފިލްމު "ތަހުތު" ރިލީޒް ކުރާނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމަކީ އޭނާ ޑައިރެކްޓަރު ކުރާ ފުރަތަމަ ތާރީހީ ފިލްމު ވެސް މެ އެވެ. އިންޑިއާގައި އޮތް މުގާލް ރަސްކަމުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.
"ތަހުތު" ގެ މައިގަނޑު ރޯލްތަކުން ފެންނާނީ ރަންވީރު ސިންގް، ކަރީނާ ކަޕޫރް، ވިކީ ކޯޝަލް، އާލިއާ ބަޓް، އަނިލް ކަޕީރް، ބޫމީ ޕެޑްނޭކަރު އަދި ޖާންވީ ކަޕޫރެވެ.
ޖުލައި 5 ގައި ރިލީޒް ކުރަން ނިންމާފައިވާ ފިލްމު "މަލާލް" ގެ ފުރަތަމަ ލަވަ ބެލުންތެރިންނަށް ދައްކާލައިފި އެވެ.
#AilaRe out nowwww! ?
— TSeries (@TSeries) May 29, 2019
Shake a leg: https://t.co/2fuUk7FQOP#SLB @bhansali_produc @sharminsegal @meezaanj @VishalDadlani #ShreyasPuranik #PrashantIngole @Acharya1Ganesh @sushrii @itsBhushanKumar
ސަންޖޭ ލީލާ ބަންސާލީ އާއި ޓީ ސީރީޒް ގުޅިގެން ގެނެސްދޭ ފިލްމުގެ ލަވަތަކުގެ ތެރެއިން ބެލުންތެރިންނަށް ދައްކައިލި ފުރަތަމަ ލަވައަކީ "އައިލަ ރޭ" އެވެ.
ބަންސާލީގެ މިއުޒިކަށް ހަދާފައިލާ ފޯރި ގަދަ ލަވަ ކިޔާފައި ވަނީ ވިޝާލް ދަދުލާނީ އެވެ. އަދި ރެޕް އަޑެއްގެ ގޮތުން ޝްރެޔާ ޕުރާނިކްގެ އަޑު ވެސް އިވިގެން ދެ އެވެ.
"މަލާލް" އަކީ އާ ދެ ތަރިއަކު ތައާރަފު ކުރާ ފިލްމެކެވެ. އެއީ ބަންސާލީ އަށް ބޮޑުބޭބެ ކިޔާ ޝަރުމިން ސޭގަލް އާއި އެކްޓަރު ޖާވިދު ޖެފްރީގެ ދަރިފުޅު މީޒާން ޖެފްރީ އެވެ. މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ މަންގޭޝް ހަޑަވާލޭ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އާމިރާއި ކަރީނާގެ ފިލްމު އަނެއްކާވެސް ލަސްވެއްޖެ
"ތަޚުތު" އަކީ ޔަގީނުން ވެސް ހަދާނެ ފިލްމެއް: ކަރަން
ކަރަންގެ "ތަޚުތު" އަށް ކުރެވޭ އުންމީދު ފެނަށްވެދާނެ
ކަރަންގެ "ތަޚުތު" ގެ ކާސްޓަށް ޖާވިދު ޖެފްރީ
"ތަޚުތު" އާ ބެހޭ ވާހަކަތައް ކަރަން ދޮގުކޮށްފި
ކޮވިޑް-19އާ ހެދި "ތަޚުތު" ގެ ޝޫޓިން ފަސްކޮށްފި
ކަރަންގެ "ތަޚުތު" ބޮއިކޮޓްކުރަން ގޮވައިލަން ފަށައިފި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ކަރަންގެ "ތަޚުތު" ގެ މޯޝަން ޕޯސްޓަރެއް