11 މެއި 2019
ވޮޝިންޓަން (މެއި 11) - އީރާނާއި އެމެރިކާގެ މަޝްރަހް ހޫނުވަމުންދާ އިރު ގަލްފަށް އެމެރިކާގެ މަނަވަރަކާއި ޕެޓްރިއޮޓް މިސައިލް ފޮނުވަން އެމެރިކާ އިން ނިންމައިފި އެވެ.
ވޮޝިންޓަން (މެއި 11) - އީރާނާއި އެމެރިކާގެ މަޝްރަހް ހޫނުވަމުންދާ އިރު ގަލްފަށް އެމެރިކާގެ މަނަވަރަކާއި ޕެޓްރިއޮޓް މިސައިލް ފޮނުވަން އެމެރިކާ އިން ނިންމައިފި އެވެ.
ޔޫއެސްއެސް އާލިންޓަން ގަލްފަށް ފޮނުވާ އިރު މަތިންދާ ބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް އަބްރަހަމް ލިންކޮން މިހާރު ވަނީ ގަލްފަށް ދިއުމުގެ މަގުމަތީގަ އެވެ. އެ މަނަވަރު ބުރާސްފަތި ދުވަހު ވަނީ މިސްރުގެ ސުއޭޒް ކެނަލް ހުރަސްކޮށްފަ އެވެ. މިހާރު ދަތުރު ކުރަމުން ދަނީ ރަތް ކަނޑުން ކަމަށް ސީއެންއެން އިން ބުނެފައިވެ އެވެ.
އެމެރިކާގެ މަނަވަރު ޔޫއެސްއެސް އާލިންޓަން. --ފޮޓޯ:އޭޕީ
އެމެރިކާ އިން ބުނެފައި ވަނީ މަނަވަރާއި ބޮން އަޅާ ބޯޓާއި ބަރު ހަތިޔާރު މެދުއިރުމައްޗަށް ފޮނުވަނީ އީރާނުން ދީފާނެ ހަމަލާއަކަށް ރައްދު ދޭން ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.
ޕެޓްރިއޮޓް މިސައިލް ސިސްޓަމަކީ ޑްރޯން އާއި ހަނގުރާމަ މަތީ ބޯޓު ފަހަރާއި ކްރޫޒް މިސައިލް އަދި ބެލިސްޓިކް މިސައިލުން ދިފާއުވާ ނިޒާމެކެވެ. މިދިޔަ ހަފުތާގައި ވަނީ އެމެރިކާގެ ބޮން އަޅާ ބީ-52 ގެ ބޯޓު ފަހަރު ވެސް ގަތަރުގައި ހުންނަ އެމެރިކާގެ ވައިގެ މަރުކަޒަށް ގެންގޮސްފަ އެވެ.
އީރާނުން ބުނެފައި ވަނީ އެމެރިކާ އިން މި ހުރިހާ ކަމެއް ކުރަނީ ބިރު ދެއްކުމަށް ކަމަށެވެ.
އެމެރިކާގެ ޕެޓްރިއޮޓް މިސައިލް ޑިފެންސް ސިސްޓަމް. --ފޮޓޯ:އޭޕީ
ރަޝިޔާގެ މިސައިލް ދިފާއީ ނިޒާމު އީރާނަށް
ޑްރޯން ހަމަލާގެ އަގު އީރާނުން އަދާކުރަން ޖެހޭނެ
ހަމަލާގައި އެމެރިކާ ސިފައިންގެ ސިކުނޑިއަށް ގެއްލުން
އީރާނުގެ ހަމަލާގައި އެމެރިކާގެ 11 ސިފައިން ޒަޚަމްވި
އީރާނުގެ ބޭނުމަކީ އެމެރިކާއަށް ވުރެ ގަދަކަން ދެއްކުން
"އެމެރިކާއާ ދެކޮޅަށް އިތުރު ހަމަލާތައް ޕްލޭންކުރި"
އީރާނުން ހަމަލާ ދިނީ އެމެރިކާއަށް ގެއްލުން ކުޑަވާގޮތަށް
އެމެރިކާއިން ރައްދު ދީފިނަމަ ނަތީޖާ މާހިތިވާނެ: އީރާން
އީރާނާ ސުލްހަވާން އެމެރިކާ އޮތީ ތައްޔާރަށް: ޓްރަމްޕް
އީރާނުގެ މިސައިލް ޓެސްްޓް ގަބޫލެއް ނުކުރެވޭނެ: އެމެރިކާ