01 މެއި 2019
ތެހެރާން (މެއި 1) - މެދުއިރުމަތީގައި ތިބޭ އެމެރިކާ ސިފައިންނަކީ ޓެރަރިސްޓުން ކަމަށް ކަނޑައަޅައި އީރާނުގެ ޕާލަމެންޓުން ފާސްކުރި ބިލް ރައީސް ހަސަން ރޫހާނީ އިއްޔެ ތަސްދީގު ކުރައްވައިފި އެވެ.
ތެހެރާން (މެއި 1) - މެދުއިރުމަތީގައި ތިބޭ އެމެރިކާ ސިފައިންނަކީ ޓެރަރިސްޓުން ކަމަށް ކަނޑައަޅައި އީރާނުގެ ޕާލަމެންޓުން ފާސްކުރި ބިލް ރައީސް ހަސަން ރޫހާނީ އިއްޔެ ތަސްދީގު ކުރައްވައިފި އެވެ.
މެދުއިރު މައްޗާއި އަފްޣާނިސްތާނުގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތައް ހިންގާ ސެންޓްރަލް ކޮމާންޑަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑަކީ ބޭރުގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެޕްރީލް މަހު ނިންމެވުމާ ގުޅިގެންނެވެ. މިއީ ބޭރު ގައުމެއްގެ އަސްކަރީ ޔުނިޓެއް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އެމެރިކާ އިން ކަނޑައެޅި ފުރަތަމަ ފަހަރު ވެސް މެ އެވެ.
ބިލް ތަސްދީގު ކުރެއްވުމަށް ފަހު ރޫހާނީ ވަނީ އެ ބިލަށް އަމަލު ކުރުމަށް އީރާނުގެ އިންޓަލިޖެންސް މިނިސްޓްރީ އާއި ފޮރިން އެފެއާޒް މިނިސްޓްރީ އާއި ސިފައިން އަދި އީރާނުގެ ސުޕްރީމް ނޭޝަނަލް ކައުންސިލަށް އަންގަވައިފަ އެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ކޮމާންޑަރުން ބުނަމުން ދަނީ މެދުއިރުމަތީގައި އެމެރިކާގެ މަރުކަޒުތަކާއި ގަލްފްގައިވާ އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރުތައް ވަނީ އީރާނުގެ މިސައިލްތައް ފޯރާ ހިސާބުގައި ކަމަށެވެ.
ހުރިހާ ނުބައެއް ހަދަނީ ހުޅަނގުން: ރައީސީ
އީރާނުގެ ހަމަލާތަކުން މާ ބޮޑު ގެއްލުމެއް ނެތް!
އެމެރިކާގެ އިތުރު 3،500 ސިފައިން މެދުއިރުމައްޗަށް
މައްސަލަ ހޫނުވެ އެމެރިކާގެ އިތުރު ސިފައިން ގަލްފަށް
ޓެރަރިޒަމްގެ ލީޑަރަކީ އެމެރިކާ: ރޫހާނީ
އީރާނުގެ ރިވޮލިއުޝަނަރީ ގާޑަކީ ޓެރަރިސްޓް ޖަމާއަތަކަށް ހަދަނީ
އީރާނުން އިޒްރޭލަށް ދައްކާ ބިރަށް އެމެރިކާ ކަންބޮޑުވޭ
އީރާނުން ޓެރަރިސްޓް ޖަމާއަތްތަކަށް ހަތިޔާރު ވިއްކާ
މަތިންދާބޯޓަށް ލެޕްޓޮޕް އެރުވުން މަނާކޮށްފި
2017 ގައި މެދުއިރުމަތީގެ މިސްރާބަކީ ކޮބާ؟