09 އެޕްރީލް 2019
ވެރިކަމުގެ ނިޒާމަށް ބަދަލު ގެންނަ ވާހަކަ ދެއްކެވުމުގެ ބަދަލުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަންވީ އެމްޑީޕީގެ ސިޔާސަތުތައް ހިމެނޭ "އެޖެންޑާ 19" ތަންފީޒު ކުރަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ވެރިކަމުގެ ނިޒާމަށް ބަދަލު ގެންނަ ވާހަކަ ދެއްކެވުމުގެ ބަދަލުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަންވީ އެމްޑީޕީގެ ސިޔާސަތުތައް ހިމެނޭ "އެޖެންޑާ 19" ތަންފީޒު ކުރަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމަށް ރޭ ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވީ، މިހާރު ވެރިކަން ކުރާ ރިޔާސީ ނިޒާމު ބަދަލުކުރަންޖެހޭ ކަމަށާއި އެކަމަކު ގޮތް ނިންމަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށެވެ. އެމަނިކުފާނަކީ ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ބަރުލަމާނީ ނިޒާމަކަށް ދިއުމާ މެދު ގޮތެއް ނިންމާނީ އެމްޑީޕީގެ ކޮންގްރެސް އާއި ޕާޓީގެ އެކި ގޮފިތަކުގެ އިތުރުން ރައްޔިތުންގެ މަޖިލިހުގައި މަޝްވަރާ ކުރުމަށް ފަހު، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކާ އެކު ކަމަށް ނަޝީދު ވިދާޅުވި އެވެ. އެމްޑީޕީގެ ފަލްސަފާ އަކީ ވެސް ބަރުލަމާނީ ނިޒާމަށް ވެރިކަން ކުރުން ކަމަށާއި ރައީސަކާއި ބޮޑުވަޒީރަކު ހުރުމަކީ ބޭނުންތެރި ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެކަމަކު އެ އިންްޓަވިއުގައި ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ނިޒާމު ބަދަލު ކުރުމަށް ވުރެ ބޮޑަށް މިހާރުން މިހާރަށް ކުރަން ހުރި މާ ގިނަ ކަންކަން އެބަހުއްޓެވެ. އޭގެ ތެރޭގައި އެޖެންޑާ 19 ގައި ހިމެނޭ ކަންކަން ވިދާޅުވި އެވެ.
It’s unnecessary & regrettable that Prez Nasheed’s first priory after election is to declare his intention to change govt system. Instead of changing the system people had chosen, he must focus on delivering Agenda19 for which our people banked their hopes on in the election. pic.twitter.com/SLJVmTo8m4
— Mohamed Jameel Ahmed (@MJameelAhmed) April 9, 2019
ޖަމީލް މިއަދު ކުރެއްވި ޓްވީޓު.
ނަމަވެސް ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުރަތަމަ ކަމަށް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ނަޝީދު ގެންގުޅުއްވާ ވިސްނުން ހާމަކުރެއްވުމުން އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ނިޒާމު ބަދަލުކުރުމުގެ ބަދަލުގައި ނަޝީދުގެ އަމާޒަކަށް ހަދަންވީ އެޖެންޑާ 19 ގައި ހިމެނޭ ވައުދުތައް ރައްޔިތުންނަށް ފުއްދުމަށް ކަމަށް ޖަމީލް ވިދާޅުވި އެވެ.
"އެމަނިކުފާނު (ނަޝީދު) މަސައްކަތް ކުރަންވީ އެޖެންޑާ 19 ގައި ހުރި ކަންކަން ރައްޔިތުންނަށް ގެނެސްދިނުމަށް. އިންތިޚާބުގައި ރައްޔިތުންގެ އުންމީދުތައް ހުރީ އެގޮތަށް،" ޖަމީލް ވިދާޅުވި އެވެ.
މަޖިލިހުގެ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ޖަމީލް ވަނީ އެމްޑީޕީގެ އެޖެންޑާ 19 ގެ ބައެއް ސިޔާސަތުތަކަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒު ކުރެއްވީ ޖުޑިޝަރީ އިސްލާހު ކުރަން އެމްޑީޕީން މަސައްކަތް ކުރަން ނިންމާފައި އޮތް ގޮތާ މެދުގަ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެ މަޖިލިހުގެ ސުޕަ މެޖޯރިޓީއެއް އެމްޑީޕީން ނަގާފައިވާއިރު، އޭގެ ބޭނުމަކީ ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކޮށް، ބޮޑުވަޒީރު ކަމަށް ނަޝީދު ވަޑައިގަތުން ކަމަށް އިދިކޮޅު ފަރާތްތަކުން އައީ ބުނަމުންނެވެ. އަދި މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ އެހެން ވިދާޅުވެފަ އެވެ.
މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން "މިހާރު" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގެއި ރައީސް ވިދާޅުވެފައި ވަނީ ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގައި ވެސް މައްސަލަތައް އެބަހުރި ކަމަށާއި އެކަމަކު ރައްޔިތުން ހަވާލުކުރި މަސައްކަތް ތެދުވެރިކަމާ އެކު ކުރަން ބޭނުން ނަމަ އެއިން ކޮންމެ ނިޒާމަކާ އެކު ވެސް ކުރިއަށް ދެވޭނެ ކަމަށެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި ކޮންމެ ނިޒާމެއްގައި ވެސް ބޭނުންވަނީ މަސައްކަތް ކުރަން ތިބޭ ބައެއްގެ އިޚުލާސްތެރިކަމެވެ.
މަޖިލީހުގައި ޖޭޕީ އަކީ އިދިކޮޅު ޕާޓީ: ނަޝީދު
ނަޝީދު އުޅެނީ ބޮޑުވަޒީރު ކަމަށް އަންނަން: ގާސިމް
ނަޝީދަށް ފެންނަ ހުވަފެން ބިލާހަކަށް ހަދާނަން: ގާސިމް
މަޖިލީހުގައި ތިބެންވީ "މިލިއަނަރުން": ގާސިމް
ގާސިމަށް ހަ ގޮނޑި ވެސް ނުނެގޭނެ: ނަޝީދު
އެދުން ބޮޑީ ބަރުލަމާނީ ގެންނަން އުޅޭ ލީޑަރު: ގާސިމް
ބަރުލަމާނީ ނިޒާމެއް ގެންނަން ހެޔޮނުވާނެ: ގާސިމް
"ނުކުތީ ތަޖުރިބާއާއެކު، ސާފުު އަޣުލަބިއްޔަތު ލިބޭނެ"
މިއީ ރިޔާސީ ނިޒާމެއް، އެކަން ދަމަހައްޓަންޖެހޭ: ޖަމީލް
އަމާޒަކީ ކޯލިޝަން ދެމެހެއްޓުން: އަދާލަތު